22 މެއި 2018
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފުރުސަތު ދީފި ނަމަ، އެ ޕްރައިމަރީ ބާތިލްކޮށް، ޕާޓީ އުވާލާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އެމްޑީޕީ އަށް ދީފި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފުރުސަތު ދީފި ނަމަ، އެ ޕްރައިމަރީ ބާތިލްކޮށް، ޕާޓީ އުވާލާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އެމްޑީޕީ އަށް ދީފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ސޮއިކުރައްވައި އެމްޑީޕީ އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ޕާޓީގެ އެކްޓިވިސްޓުން މެދުވެރިކޮށް މާލެ އާއި އަތޮޅުތަކުގައި ހަބަރު ފަތުރަމުންދާ ކަމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބެމުންދާ ކަމަށެވެ. ނަޝިދަކީ ކުށެއް ސާބިތުވެ، ހުކުމެއްގައި ހުންނެވި ބޭފުޅެއް ކަމަށާއި އެހެންވެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން އެމަނިކުފާނުގެ ޝަރުތު ހަމަނުވާ ކަމަށް އެ ސިޓީގައިވެ އެވެ.
ނަޝީދަށް ފުރުސަތުދީގެން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވައިފި ނަމަ، ބަލައިނުގަންނާނެ ކަމަށް އިލެކްޝަންސުން ބުންޏެވެ.
އެ ކޮމިޝަނުން ބުނިގޮތުގައި ނަޝީދުގެ ޝަރުތު ހަމަނުވާއިރު އެމަނިކުފާނު ބައިވެރިކޮށްގެން ޕްރައިމަރީ ކުރިއަށް ގެންދިއުމަކީ ގާނޫނާ ޚިލާފު އަމަލެކެވެ. އެފަދަ އަމަލެއް ހިންގައިފި ނަމަ ސިޔާސީ ޕާޓީގެ ގާނޫނުގެ 31 ވަނަ މާއްދާ އާއި 49 ވަނަ މާއްދާގެ ދަށުން އެމްޑީޕީއާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 31 ވަނަ މާއްދާގައި ބުނެފައި ވަނީ، ހައި ކޯޓަށް ހުށަހަޅައިގެން ޕާޓީ އުވާލެވޭނެ ހާލަތްތަކެވެ. އޭގެއިތުރުން ދެން ހަވާލާދީފައިވާ މާއްދާގައި ވަނީ ޕާޓީ ޖޫރިމަނާ ކުރުމެވެ.
ނަޝީދުގެ ޝަރުތު ހަމަނުވާ ސަބަބުތައް ވެސް ސިޓީގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ތަފްސީލުކޮށްދީފަ އެވެ.
އެ ސިޓީގައި ބުނީ ނަޝީދަކީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ބޭފުޅެއް ކަމަށާއި އެ ހުކުމް ސައްހަ ކަމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ކަނޑައަޅާފައިވާ ކަމަށެވެ. މި ހުކުމާ ހެދި، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިހާބުކުރާ މީހެއްގެ ގައިގައި ހުންނަން ޖެހޭ ޝަރުތެއް ނަޝީދުގެ އުނިވެފައިވާ ކަމަށް އިލެކްޝަންސުން ބުންޏެވެ.
ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިތުރުކޮށްފައިވާ އިސްލާހަށް ބަލާއިރު ވެސް ނަޝީދުގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސުން ބުންޏެވެ. އެ ގާނޫނަށް އިތުރުކޮށްފައިވާ 63 ވަނަ މާއްދާގައި ބުނެފައި ވަނީ ސިޔާސީ ޕާޓީ އާއި ޖަމިއްޔާތަަކަށް އާއްމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލުވެރި ފަރާތެއްގެ ގޮތުގައި ހުރުމާއި އެތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއްގައި ހުރި މީހަކަށް ލިބިގެން ނުވާ ކަމަށެވެ.
"މުހައްމަދު ނަޝީދަކީ ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމުގައިވާތީ އެ މުއްދަތުގައި އެމަނިކުފާނަކީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމުގެ ހައްގު ގެއްލިފައިވާ ބޭފުޅެކެވެ. މިފަދަ ފަރާތެއް ބައިވެރިކޮށްގެން ބާއްވާ ރިޔާސީ ޕްރައިމަރީއެއް މި ކޮމިޝަނުން ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ." އީސީގެ ސިޓީގައިވެ އެވެ.
ގާނޫނީ މި މާއްދާތަކަށް ބަލައި، ނަޝީދަށް ފުރުސަތު ނުދޭން އިލެކްޝަންސުން ވަނީ އަންގައިފަ އެވެ.
ނަޝީދަށް ފުރުސަތު ނުދޭން އެންގުމުގެ ކުރިން، އިލެކްޝަންސުން ވަނީ ޕްރައިމަރީ ބޭއްވުމާ ގުޅޭ ގޮތުން އުސޫލެއް އާއްމުކޮށް، އެ ޕާޓީގެ އަސާސީ ގަވާއިދު ވެސް އިސްލާހުކުރަން ވެސް އަންގައިފަ އެވެ.
ޕާޓީއެއް އުވާލަން ބޭނުމެއް ނޫން: އިލެކްޝަންސް
ހައްޔަރުކުރި މީހުން ދޫކޮށްލަން އެމްޑީޕީން ގޮވާލައިފި
ނަޝީދަށް އީސީން ހުރަސްއަޅަނީ ގާނޫނާ ޚިލާފަށް: އެމްޑީޕީ
އެމްޑީޕީ އުވާލެވޭނެ ކަމަށް ގަބޫލެއް ނުކުރަން: ހަސަން
ކެންޑިޑޭޓުންގެ ޝަރުތުތަކާ މެދު ގޮތެއް ނިންމާނީ ކޯޓުން
"ރިޔާސީ ޕްރައިމަރީގައި ކުށްވެރިންނަށް ވާދަ ނުކުރެވޭނެ"
ވެރިން ނަޝީދު ފަހަތުން، އާންމުންނަށް އެހެން މަންޒަރެއް
އަސާސީ ގަވާއިދަށް އެމްޑީޕީން އަމަލުކުރުމަށް އަންގައިފި
"ނަޝީދާއި އިމްރާނަކީ ޕާޓީގެ ރައީސުންނެއް ނޫން"
އެމްޑީޕީ ގައުމީ މަޖިލިސް އިންތިހާބުގެ ވޯޓުލުން ފަށައިފި