28 ނޮވެމްބަރ 2016
އައިޖީއެމްއެޗްގައި މިހާރު ގާއިމުކޮށްފައިވާ އޮޓޮމޭޓެޑް ލެބޯޓްރީ ސިސްޓަމާ އެކު، އާންމުކޮށް ހަދާ ޓެސްޓްތަކުގެ ނަތީޖާ ދެ ގަޑިއިރެއްހާއިރުގެ ތެރޭގައި ދޫކުރަން ފެށޭނެ ކަމަށާއި ރިޕޯޓް ދޫކުރުން އަވަސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
އައިޖީއެމްއެޗްގައި މިހާރު ގާއިމުކޮށްފައިވާ އޮޓޮމޭޓެޑް ލެބޯޓްރީ ސިސްޓަމާ އެކު، އާންމުކޮށް ހަދާ ޓެސްޓްތަކުގެ ނަތީޖާ ދެ ގަޑިއިރެއްހާއިރުގެ ތެރޭގައި ދޫކުރަން ފެށޭނެ ކަމަށާއި ރިޕޯޓް ދޫކުރުން އަވަސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޔުނިޓްގެ ޑިރެކްޓަރު އަހުމަދު މައުސޫމް "މިހާރު" އަށް ވިދާޅުވި ގޮތުގައި މިހާރު އޮންނަ ގޮތުން، ލޭ ނެގުމަށް ފަހު، މީހަކު އެ ސާމްޕަލް ހިފައިގެން ގޮސް ސެންޓްރިފިއުޖްކޮށް އަދި އެ ޓެސްޓެއްގެ މެޝިނަށް ލޯޑްކުރަންޖެހެ އެވެ. ޓެސްޓް ހެދުމާއި ނަތީޖާ ނެގުމާއި އެ ނޫން ކަންކަން ކުރުމުގައި ވެސް މީހުން ހަރަކާތްތެރިވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު ގާއިމްކޮށްފައިވާ އޮޓޮމޭޓެޑް ލެބޯޓްރީ ސިސްޓަމްގެ އެންމެ ބޮޑު ފައިދާއަކީ ޓެސްޓްތައް ހެދުމުގައި ހަރަކާތްތެރިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވުން ކަމަށް މައުސޫމް ވިދާޅުވި އެވެ. އެގޮތުން މި ސިސްޓަމްގައި، ލޭ ނެގުމަށް ފަހު ސާމްޕަލް މެޝިނަށް ލޯޑްކުރުމުން، މެޝިނުން އެ ސާމްޕަލް ބެލުމަށް ފަހު ސެންޓްރިފިއުޖްކޮށް އަދި ހަދަންޖެހޭ ޓެސްޓަކާ ގުޅޭ މެޝިނަކަށް އޮޓޮމެޓިކުން ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރަށް ވުރެ މާ އަވަހަށް ރިޒަލްޓް ދެވޭނެ،" މައުސޫމް ވިދާޅުވި އެވެ.
އައިޖީއެމްއެޗުގައި އަލަށް ގާއިމްކުރި އޮޓޮމޭޓެޑް ލެބޯޓްރީ ނިޒާމު.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
އޭނާ ވިދާޅުވީ މި ސިސްޓަމް މުޅިން ފުރިހަމަވެ ބޭނުންކުރަން ފެށުމުން، އާއްމުކޮށް ހަދާ ރޫޓިން ޓެސްޓްތަކުގެ ނަތީޖާ ގާތްގަނޑަކަށް ދެ ގަޑިއިރުގެ ތެރޭގައި ހަވާލުކުރެވޭނެ ކަމަށެވެ. ނަމަވެސް، ކަލްޗާ ނަގައިގެން ހަދަންޖެހޭ ޓެސްޓްތައް ފަދަ ވަކި މުއްދަތުތަކެއް ކަނޑައަޅާފައިވާ ޓެސްޓްތަކަށް އެ މުއްދަތުތައް ހޭދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އައިޖީއެމްއެޗުން ހަދާ އާންމު ޓެސްޓްތަކުގެ ނަތީޖާ ލިބެން މިހާރު ގާތްގަނޑަކަށް ހަ ގަޑިއިރު ހޭދަވެ އެވެ. އެގޮތުން، ހެނދުނު ހަދާ ޓެސްޓެއްގެ ނަތީޖާ ލިބެނީ ހަވީރު އެވެ.
އައިޖީއެމްއެޗުގައި އަލަށް ގާއިމްކުރި އޮޓޮމޭޓެޑް ލެބޯޓްރީ ނިޒާމު.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
މައުސޫމް ވިދާޅުވީ ކުރިން ކޮންމެ ދުވަހެއްގެ ވެސް ވަކި ގަޑިތަކެއްގައި ލެބޯޓްރީގެ ކައުންޓަރުން އެކަނި ޓެސްޓްތަކުގެ ނަތީޖާ ދޫކުރި ނަމަވެސް މިހާރު އައިޖީއެމްއެޗްގެ މައި ކައުންޓަރުން 24 ގަޑިއިރު ނަތީޖާ ދޫކުރާނެ ކަމަށެވެ. އަދި އެއަށް ވުރެ ވެސް ފަސޭހަކުރުމަށް، ހޮސްޕިޓަލަށް ދާން ނުޖެހި، އީމެއިލް މެދުވެރިކޮށް ނަތީޖާ ލިބޭނެ ގޮތް ހެދުމަށް ވެސް ވިސްނަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެން ނަމަވެސް، އައިޖީއެމްއެޗްގެ ލެބޯޓްރީ އަކީ ވަރަށް ބާރު ބޮޑު ލެބޯޓްރީއެއް. ބޭރުން މި އަންނަ ކްލިނިކްތަކާއި ބޭރުގެ ހޮސްޕިޓަލުތަކާއި ހުރިހާ ޕްރައިވެޓް އިންސްޓިޓިއުޓްތަކުން ހަދަން ބުނާ ހުރިހާ ޓެސްޓެއް ހަދަންހެން އައިޖީއެމްއެޗް ލެބޯޓްރީ މި ބޭނުން ކުރަނީ އަޅުގަނޑުމެންގެ ހުރިހާ ރައްޔިތުން. އެހެންވީމަ، ގާތްގަނޑަކަށް ދުވާލަކު އަޅުގަނޑުމެން ދެ ދަންފަޅި އަށް ބަހާލައިގެން ހިދުމަތް ދޭ އިރު ވެސް ދުވާލަކު ހާހަކަށް ވުރެ ގިނަ މީހުން ހިދުމަތް ހޯދާ ލެބޯޓްރީއެއް،" މައުސޫމް ވިދާޅުވި އެވެ.
ދައުލަތުގެ ބަޖެޓުން 35 މިލިއަން ރުފިޔާ ހަރަދުކޮށްގެން އައިޖީއެމްޗްގެ ލެބޯޓްރީ އޮޓޮމޭޓްކުރި އިރު، އެ ހޮސްޕިޓަލްގައި އިއްޔެ ވަނީ އާ ހިދުމަތްތަކެއް ވެސް ފަށައިފަ އެވެ. އެއީ ދަރިމައިވުމުގައި ދިމާވާ މައްސަލަތަކާއި ކިޑްނީގެ ބަލިތަކާއި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ބަލިތަކަށް ފަރުވާ ދޭ ސެންޓަރަކާއި އާ އޮޕަރޭޝަން ތިއޭޓަ ކޮމްޕްލެކްސަކާއި ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުންނަށް ހާއްސަ ސެންޓަރެއްގެ އިތުރުން، އާ އައިސީޔޫއެކެވެ.
އައިޖީއެމްއެޗުގެ ލެބޯޓްރީ އަށް ޒަމާނީ މެޝިނެއް
ދަރުމަވަންތަ ހޮސްޕިޓަލުގެ ހާލަތު ބަދަލުކޮށްފި:ހަލީމް
އައިޖީއެމްއެޗްގައި އަހަރަކު 2 މިލިއަން ލެބް ޓެސްޓް
ވިލިމާލޭގައި ހޮސްޕިޓަލްގެ ޑިޒައިންގެ މަސައްކަތް ފަށަނީ
ދަރުމަވަންތައިގެ ހައިބްރިޑްތިއޭޓަރު ބޭނުންކުރަން ފަށައިފި
ހޮސްޕިޓަލުގެ ކިއު ކުޑަކުރަން ވަގުތު އިތުރުކުރަނީ
ސަރުކާރުގެ މައި ހޮސްޕިޓަލަކަށް ދަރުމަވަންތަ!
ދަރުމަވަންތަ ކައިރީ ހޮސްޕިޓަލްގެ އާ އިމާރާތެއް އަޅަނީ
ސަރުކާރުގެ ރައްދު: ސިއްހީ ހިދުމަތްތައް ނުހުއްޓޭނެ
"ސިއްހީ ހިދުމަތްތައް ހުއްޓިދާނެ ކަމުގެ ބިރު އެބައޮތް"