19 އޯގަސްޓް 2021
ލާމަރުކަޒީ ގާނޫނު ތަންފީޒުކުރުމަށް ސަރުކާރުން އެއްބާރުލުން ނުދޭތީ، އެމްޑީޕީގެ ކައުންސިލް މެމްބަރެއްގެ ހައިސިއްޔަތުން ލަދުވެތިވާ ކަމަށް މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެެ.
ލާމަރުކަޒީ ގާނޫނު ތަންފީޒުކުރުމަށް ސަރުކާރުން އެއްބާރުލުން ނުދޭތީ، އެމްޑީޕީގެ ކައުންސިލް މެމްބަރެއްގެ ހައިސިއްޔަތުން ލަދުވެތިވާ ކަމަށް މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެެ.
މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ކުރެއްވި ޓްވީޓަކާ ގުޅިގެން ޒަމީރު ވިދާޅުވީ، މި ސަރުކާރުން ލާމަރުކަޒީ ގާނޫނު ތަންފީޒު ކުރުމަށް އެއްބާރުލުން ނުދޭތީ، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުން އަދި ދެ ވަނަ ދައުރަށް ކައުންސިލަށް ހޮވިވަޑައިގެންނެވި މެމްބަރެއްގެ ހައިސިއްޔަތުން ވެސް ލަދުވެތިވާ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމަށް، ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސް ކައުންސިލްތަކަށް ގާނޫނީ ބާރުވެރިކަން ދިނުމަކީ ސަރުކާރުގެ ވައުދެކެވެ. މައި ސަރުކާރުން ހުރިހާ ކަމެއްގެ ތެރޭގައި ތާށިވުމުގެ ބަދަލުގައި ލޯކަލް ކައުންސިލްތައް ބާރުވެރިކޮށް، ކައުންސިލަރުން މެދުވެރިކޮށް ރައްޔިތުންނާ ގުޅުން ހުރި ކަންކަން ކުރުމަށް އަބަދުވެސް ބާރު އަޅުއްވާ ކަމަށް ރައީސް ވިދާޅުވެ އެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރު ނަރީޝް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިންތިހާބުގެ ދުވަސްވަރު ސަރުކާރުން ވިސްނައިދިނީ ލާމަރުކަޒީ ނިޒާމަކީ އެ ފަރާތުގެ "ދަރިއެއް" ކަމަށެވެ. ނަމަވެސް އަމަލީ މައިދާނުގައި، ގާނޫނު ތަންފީޒުކުރަން ޖެހުމުން އަދި ސަރުކާރުގެ ޕާޓީ އަށް މާލޭގެ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ނުލިބުމުން މިހާރު ފެންނަނީ ނިޒާމު އޮޅާލައި ކައުންސިލްގެ އިހުތިސޯސަށް އަރައިގަންނަ މަންޒަރު އޭނާ ވިދާޅުވި އެވެ.
އެ ޓްވީޓާ ގުޅިގެން ޒަމީރު "މިހާރު" އަށް ވިދާޅުވީ ގާނޫނުން މަތިކޮށްފައިވާ ގޮތަށް ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކައުންސިލުން މަސައްކަތްކުރާ ކަމަށެވެ. އަވަށްތަކުގެ ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުންތަކުގައި ހާމަކުރާ މައުލޫމާތަށް ބެލުމުން ސަރުކާރުގެ އެއްބާރުލުން ނުލިބޭ ކަން އެނގޭބެ ކަމަށް ޒަމީރު ވިދާޅުވި އެވެ.
ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ކައުންސިލްގެ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
މާލޭގެ މަގުތައް ޒަމަނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ހެންވޭރު އުތުރު ސެގްމަންޓު ފެށުމަށް މިދިޔަ އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ ސިޓީ ކައުންސިލަށް މިވީ ތިން މަސް ދުވަހުގެ ތެރޭގައި ސަރުކާރުން އެދުނު ކަންކަން ފުރިހަމަ ކޮށްދީފައިވާނެ ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ފެންނަނީ ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ކައުންސިލަށް ޖެއްސުން ކުރާ ތަން ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުގެ ކިބައިން މި ފެނިގެން ދަނީ ޖުމުލަ ގޮތެއްގައި އެއްބާރުލުން ކައުންސިލަށް ނުދޭ ތަން. ކައުންސިލަށް ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް، ހާއްސަ ގޮތެއްގައި ޖެއްސުން ކުރާ ތަން. ވަރަށް ހިތާމަކުރަން،" މޭޔަރު ވިދާޅުވި އެވެ.
ސިޓީ ކައުންސިލަށް 1 އަހަރު، އެއްބާރުލުމެއް ނުލިބޭ!
މާލޭ ސިޓީ ކައުންސިލް ބާކީވެ ހަތަރުއަނގޮޅިއަކަށް!
ހުޅުމާލޭގެ ބިމާގުޅޭ ނިންމުމަށް އަމަލުކުރުން ހުއްޓުވައިފި
މާލޭ ސިޓީގެ ކައުންސިލްގެ ދަތިތައް އެލްޖީއޭއިން ބަލައިފި
އެލްޖީއޭގެ ސީއީއޯއަށް އެމްޑީޕީ ޑެޕިއުޓީ އެސްޖީ އަފްޝަން
"ދޫކޮށްލި ބާރުތައް ޖަމާކުރުމަކީ ބިރުވެރި ވާހަކައެއް"
"ކެންޑިޑޭޓުންނަށް ހަމަހަމަ އުސޫލުން ބިން ދޫކުރާނަން"
ރެޑްވޭވަށް ބިމެއް ދިނީ އުސޫލުގެ ތެރެއިން:ސިޓީކައުންސިލް
ސިޓީ ކައުންސިލުން އަމަލުކުރާގޮތުން ނަހުލާގެ ކަންބޮޑުވުން
ގަހުގެ ވިޔަފާރިކުރާތީ ސިޓީ ކައުންސިލް ޖޫރިމަނާކޮށްފި