04 މާޗް 2023
ވިލިމާލެއިން ރެޑްވޭވް ކުންފުންޏަށް ބިމެއް ދޭން ނިންމާފައިވަނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
ވިލިމާލެއިން ރެޑްވޭވް ކުންފުންޏަށް ބިމެއް ދޭން ނިންމާފައިވަނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
ވިލިމާލެއިން ރެޑްވޭވަށް ބިމެއް ދޭން ނިންމީ އެ ކައުންސިލްގެ ވިލިމާލޭ ދާއިރާގެ މެމްބަރު ނަހުލާ އަލީގެ ބައިވެރިވުމެއް ނެތި ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އަދި އެއްބަސްވުން ހެދީ ކޮން ޝަރުތުތަކެއްގެ މައްޗަށް ބިނާކޮށްގެން ކަން ނޭނގޭ ކަމަށް ވެސް އޭނާ ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.
އެކަމާ ގުޅިގެން ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ ރެޑްވޭވަށް ބިމެއް ދޭން ނިންމީ ވިލިމާލޭ ރައްޔިތުންނަށް ފަސޭހައިން ވިޔަފާރީގެ ހިދުމަތް ލިބޭނެ ގޮތް ހެދުމަށް އެތަނުގައި ކޮމާޝަލް އިމާރާތެއް އަޅަން މިދިޔަ އަހަރު އިއުލާންކޮށް، ބިޑް ހުށަހެޅުމުން ކަމަށެވެ.
އެ ބަޔާނުގައި ވަނީ ކޮމާޝަލް ބިލްޑިން އެޅުމަށް ދޭނެ ބިން ކަނޑައަޅާފައި ވަނީ ވެސް ކައުންސިލް ޖަލްސާގައި އެކިފަހަރު މަތިން މަޝްވަރާ ކުރުމަށްފަހު ކައުންސިލްގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ކަމަށެވެ. އަދި އެ ބައްދަލުވުންތަކުގައި ނަހުލާ ވެސް އެގޮތަށް ވޯޓު ދެއްވި ކަމަށް އެ ބަޔާނުގައިވެ އެވެ.
ސިޓީ ކައުންސިލުން އެގޮތަށް ބުނިއިރު، ކައުންސިލް ވިލިމާލޭ ކޮމެޓީގެ މުގައްރިރު ކަމުން ނަހުލާ ވަކިކުރުމަށްފަހު އުސޫލުން ބޭރުން ކައުންސިލުން ކަންކަން ނިންމާ ކަމަށް ވެސް ނަހުލާ ވިދާޅުވެފައިވެ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އޭނާ މުގައްރިރުކަމުން ވަކިކުރީ ޕީޕީއެމްގެ މެމްބަރުކަމުން ވަކިކުރި ފަހުންނެވެ.
ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ކައުންސިލުން ރެޑްވޭވަށް ބިމެއް ދޭން ނިންމި އިރު، ރެޑްވޭވަކީ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމްގެ ކުންފުންޏެކެވެ.
ސިޓީ ކައުންސިލުން އަމަލުކުރާގޮތުން ނަހުލާގެ ކަންބޮޑުވުން
މަސްދުވަހުން ވިލިމާލޭގައި ބަގީތަކުގެ 24000 ދަތުރު
ވިލިމާލޭގައި ސިޓީ ކައުންސިލްގެ އޮފީސް އިމާރާތެއް ހަދަނީ
މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް ރޯދައަށް ނިމޭނެ
މި މަހު 16 ގައި ވިލިމާލޭގައި ބަގީ ދަތުރުތައް ފަށަނީ
ވިލިމާލޭ މާރުކޭޓްގެ ކުލި މައާފް، މާލޭގައި ކުލި ކުޑަ
މާލެތެރެއިން ކުނި ނެގުން ހަރުދަނާ ކުރަން އޮފީހެއް
ވިލިމާލެއަށް ބަސްތައް ގެންދިއުމުން ކައުންސިލުން ޕޮލިހަށް
ވިލިމާލެ އަށް ކައުންސިލުން ބަގީ، އެމްޓީސީސީން ބަސް!
ވެމްކޯއަށް ހަރުކަށި ފިޔަވަޅު އަޅާނަން: މުއިއްޒު