28 ޑިސެމްބަރ 2022
މާލޭގެ ގޭބީސީތަކުން ވެމްކޯ އިން ނަގަން ޖެހޭ ކުނި މަގުމައްޗަށް ނެގުން ހުއްޓާލަން މިއަދު އެ ކުންފުންޏަށް ރަސްމީކޮށް އަންގާނެ ކަމަށާއި އެކަމާ ގުޅިގެން ވެމްކޯ އަށް އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އަޅާނެ ކަމުގެ އިންޒާރު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިި އެވެ.
މާލޭގެ ގޭބީސީތަކުން ވެމްކޯ އިން ނަގަން ޖެހޭ ކުނި މަގުމައްޗަށް ނެގުން ހުއްޓާލަން މިއަދު އެ ކުންފުންޏަށް ރަސްމީކޮށް އަންގާނެ ކަމަށާއި އެކަމާ ގުޅިގެން ވެމްކޯ އަށް އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އަޅާނެ ކަމުގެ އިންޒާރު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިި އެވެ.
މާލެ އާއި ވިލިމާލޭގެ އާންމު ތަންތަނުން ކުނި ނަގަން ސިޓީ ކައުންސިލުން ފެށީ، ކުރިން ވެމްކޯއާ ހަވާލުކޮށްގެން އެ މަސައްކަތް ކުރުމަށް ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުންނެވެ. ވެމްކޯއާއެކު ހެދި އެއްބަސްވުން އާ ނުކުރަން އެ ކައުންސިލުން ވަނީ ނިންމައިފަ އެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ މާލެ އާއި ވިލިމާލޭގެ އާންމު ސަރަހައްދުތަކުން ކުނި ނަގަން ވެމްކޯ އަށް ކޮންމެ މަހަކު ސިޓީ ކައުންސިލުން ބޮޑު ބަޖެޓެއް ދިން ނަމަވެސް އެ ކުންފުނިން ގަވާއިދުން އެ ކަން ކުރަމުން ނުދިއުމެވެ. އަދި ދެ ފަރާތުން ވާހަކަ ދައްކައިގެން ވެސް އެ މައްސަލަ އަށް ހައްލު ނައުމުން ސިޓީ ކައުންސިލުން ނިންމީ އެއްބަސްވުން އާ ނުކޮށް، އެ ކައުންސިލުން އަމިއްލަ އަށް މާލެ އާއި ވިލިމާލޭގެ ޕާކުތަކާއި މައިޒާންތަކާއި މަގުތައް ސާފުކުރާށެވެ.
މާލޭގެ އާންމު ތަންތަނުން ކުނި ނެގުމުގެ މަސައްކަތާ ސިޓީ ކައުންސިލުން ހަވާލުމުން ވެމްކޯ އިން ދެން ހަމައެކަނި ނަގާނީ ގޭބިސީތަކުން ބޭރުކުރާ ކުނި އެކަންޏެވެ.
ސިޓީ ކައުންސިލުން ކުނި ނެގުމާ ހަވާލުވެ، އެ މަސައްކަތް އިއްޔެ ފަށާފައިވާރު، އެކަމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު ވިދާޅުވީ، ވެމްކޯ އިން މަސައްކަތް ކުރަނީ ސިޔާސީ ގޮތުން ކަމަށާއި އެ ކުންފުނިން ޖެއްސުން ވެސް ކުރާ ކަމަށެވެ. އެހެން ދުވަސް ދުވަހާ ހިލާފަށް ރޭ ވެމްކޯގެ ކަލެކްޝަން ޕޮއިންޓުތަކުން ކުނި ނުވެސް ނަގާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެން ދުވަސް ދުވަހާ ހިލާފަށް ރޭގައި އެކަނި ވެސް ވަރަށް ގިނަ ގޭގެއިން ވެސް، އެހެންޏާ ކަލެކްޝަން ޕޮއިންޓުތަކުގައި އެ ޖަމާކުރާ ތަންތަނުން ވެސް ކުނި ނުނަގާ. އެ ބޭފުޅުންގެ ކަލެކްޝަން ޓީމުތައް ރޭ ނުވެސް އުޅެނީ އެއްގޮތަކަށް ވެސް،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ މިއަދު އެދިވަޑައިގަތީ ވެމްކޯ އިން އެދިގެން އާންމުން މަގުމައްޗަށް ކުނި ނެރުން ހުއްޓާލުމަށެވެ. މޭޔަރު ފާހަގަކުރެއްވި ގޮތުގައި ގޭބިސީތަކުން ކުނި ނެގުމަކީ ވެމްކޯއިން ކުރަން ޖެހޭ ކަމެކެވެ. އަދި އާންމުން ފައިސާ ދައްކަނީ ވެސް އެ ހިދުމަތަށްކަން ފާހަގަކުރެއްވި އެވެ.
ވެމްކޯއިން ގޭބިސީތަކުން ނަގަން ޖެހޭ ކުނި ކުނި މަގުމައްޗަށް ނެރުން ހުއްޓާލަން ކައުންސިލުން މިއަދު ރަސްމީކޮށް އެދޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. ކުނި މެނޭޖު ކުރުމާ ބެހޭ ގާނޫނާއި ތިމާވެއްޓާ ބެހޭ ގާނޫނާއި އާންމު ސިއްހަތާ ބެހޭ ގާނޫނު އޮންނަކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، ކައުންސިލުން އެ ކުންފުންޏާ މެދު "ހަރުކަށި" ފިޔަވަޅު އަޅާނެ ކަމަށެވެ.
"އަޅުގަނޑުމެން އެކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް ވެސް ހަމަ ހަރުކަށި ގޮތުގައި ވެމްކޯއާ ދޭތެރޭގައި އަޅާނަން،" މުއިއްޒު ވިދާޅުވި އެވެ.
މަގުމަތީގައި ބަހައްޓާފައި ހުންނަ ކުނި ނެގުމުގެ މަސައްކަތްބ ވެމްކޯގެ މުވައްޒަފުންތަކެއް ކުރަނީ -- ފޮޓޯ: މިހާރު
ގޭބިސީތަކުން ކުނި ނަގަން ވެމްކޯއާ ހަވާލުކޮށް އެ ކުންފުންޏަށް އާންމުން ފައިސާ ދައްކާ އިރު، އެ ކުންފުނިން އެދިގެން އާންމުން މަގުތަކަށް ކުނި ނެރެފައި ބެހެއްޓުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވިގޮތުގައި، ކުނިތައް މަގުމަތީގައި ބަހައްޓާ ނަމަ ސިޓީ ކައުންސިލުން ޖެހޭނީ ކުނިތައް ހިފައިގެން ވެމްކޯގެ ސައިޓަށް ގެންދާށެވެ. ވެމްކޯގެ ސައިޓަށް ކުނި ވައްދަން ގޭޓު ފީއެއް ދައްކަން ޖެހޭތީ އާންމުން ދައްކަން ޖެހޭ ފީގެ އިތުރުން ގޭޓު ފީ ވެސް އެ ކުންފުންޏަށް ލިބޭޏެ ކަމަށް ވިދާޅުވި އެވެ. އެހެންވެ، އެއީ އެއްވެސް މަސައްކަތެއް ކުރުމަކާ ނުލައި އެ ކުންފުންޏަށް ލިބޭ ފައިސާ ކަމަށާއި އެކަމުން ރައްޔިތުންނަށް ލިބޭ ފައިދާއެއް ނެތް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެ ކުނި މަގުމަތީ ހުރި ކަމުގައި ވިޔަސް ނަގާނަން. އެކަމަކު، އެއީ ދެކޮޅު ޖެހޭ ކަމަކަށް ނުވާނެ ދެއްތޯ؟،" މުއިއްޒު ވިދާޅުވި އެވެ.
މޭޔަރު އެދިވަޑައިގަތީ ކުނި ނުނެރުމުގައި އާންމުން އެއްބާރުލުން ދިނުމަށެވެ. އެގޮތުން ފަރުދީ ޒިންމާއެއްގެ ގޮތުން ކުނި މަގުމައްޗަށް ނެރުން ހުއްޓާލަން އޭނާ އާންމުންގެ ކިބައިން އެދިވަޑައިގަތެވެ. ރައްޔިތުންގެ އެއްބާރުލުން އެކަމުގައި ލިބޭ ނަމަ މާލެ ރީތި ތަނަކަށް ހެދޭނެ ކަމަށް ވިދާޅުވި އެވެ.
އިތުރު ގޮތެއް ނެތިގެން ނޫނީ ކުނި ނުނެރުމަށް އެދިވަޑައިގެންނެވި ނަމަވެސް، މުއިއްޒު ވިދާޅުވީ، މަގުމައްޗަށް ނެރެފައި ހުންނަ ކުނި ވެސް ކައުންސިލުން ނަގާނެ ކަމަށެވެ. މިހާރު ވެސް ކުނި އުފުލުމަށް 10 ޕިކަޕު ގެންގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން މިހާރު ވަނީ މާލެ އާއި ވިލިމާލޭގެ ތަންތަން ކުނި ކަހައި ސާފުކުރުމުގެ ވަޒީފާއަށް ގިނަ ބަޔަކު ނަގައިފަ އެވެ. މިހާރު ވެސް މާލެއަށް އެކަނި 80 އަށް ވުރެ ގިނަ މީހުން ނަގާފައިވާއިރު، މާލެއަށް ޖުމްލަ 120 މީހުން ނަގަން ހަމަޖެހިފައިވާ ކަމަށް މިއަދު ކައުންސިލުން ބުންޏެވެ.
މަހަކު 2.5 މިލިއަން، އެކަމަކު ވެމްކޯ ޒިންމާ ނުނަގާ
މާލެ އާއި ވިލިމާލެ ސާފުކުރުން ވެމްކޯއަށް
ވެމްކޯއިން ބޮޑެތި ކުނި ހިލޭ އުކައިދޭން ފަށައިފި
މާލެތެރެއިން ކުނި ނެގުން ހަރުދަނާ ކުރަން އޮފީހެއް
ވެމްކޯއިން އެ ފެށީ އެ މީހުންގެ ޒިންމާއަދާކުރަން:މޭޔަރު
މާލެ އިން ކުނި ސާފުކުރަން ވެމްކޯއިން ނުކުމެއްޖެ
މަސައްކަތް ހަވާލުނުކުރާނަމަ މަގުން ކުނި ނުނެގޭނެ:ވެމްކޯ
ކުނި ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި
މަގުތައް، ޕާކުތަކުގެ ކުނިނެގުމާ ކައުންސިލުން ހަވާލުވަނީ
މާލެ އާއި ވިލިމާލޭގެ މަގުތަކުގެ ކުނިކެހުން ވެމްކޯ އަށް