27 ޑިސެމްބަރ 2022
މާލެ އާއި ވިލިމާލޭގެ އާންމު ތަންތަނުން ކުނި ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން މިއަދު ފަށައިފި އެވެ.
މާލެ އާއި ވިލިމާލޭގެ އާންމު ތަންތަނުން ކުނި ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން މިއަދު ފަށައިފި އެވެ.
ކައުންސިލުގެ އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން މާލެ އާއި ވިލިމާލޭގެ މަގުތަކާއި ހުސްބިންތަކާއި ޕާކުތަކާއި މައިޒާންތައް ސާފުކޮށް ބަލަހައްޓާނީ އެ ކައުންސިލުން ކަމަށެވެ.
މާލޭގެ އާންމު ތަންތަނުން ކުނި ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ، ކުރިން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އާ ހަވާލުކޮށްގެން އެ މަސައްކަތްކުރުމަށް ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ. އެ އެއްބަސްވުން އާކުރަން ސިޓީ ކައުންސިލުން ބޭނުމެއް ނުވި އެވެ. ސަބަބަކީ ސިޓީ ކައުންސިލުން އެ މަސައްކަތަށް ބޮޑު ބަޖެޓެއް ވެމްކޯ އަށް ދިން ނަމަވެސް ގަވާއިދު ކުނި ނަގަމުން ނުދާތީ އެވެ. އަދި ވެމްކޯއާ ވާހަކަ ދައްކައިގެން މައްސަލަ ހައްލު ނުވުމަކީ ވެސް ކައުންސިލުން އެ މަސައްކަތާ ހަވާލުވި ސަބަބެއް ކަމަށް ކައުންސިލުން ބުނެފައި ވެ އެވެ.
ކުނި މެނޭޖުކުރުމުގެ ގަވާއިދަށް އަމަލުކުރުމަށާއި މަގުމައްޗަށް ކުނި ނެރުމުގެ ބަދަލުގައި ހިދުމަތްދޭ ފަރާތްތައް މެދުވެރިކޮށް ކުނި އުކާލެވެންދެން ރައްކާތެރިކަމާ އެކު ބެހެއްޓުމަށް ސިޓީ ކައުންސިލުގެ އިއުލާނުގައި އިލްތިމާސްކުރި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ސިޓީ ކައުންސިލުން މިހާރު ވަނީ މާލެ އާއި ވިލިމާލޭގެ ތަންތަން ކުނި ކަހައި ސާފުކުރުމުގެ ވަޒީފާއަށް ގިނަ ބަޔަކު ނަގައިފަ އެވެ. މުސާރައިގެ ގޮތުގައި 9،600ރ. ދޭ އެ ވަޒީފާއަށް ނަގާފައި ވަނީ؛
• މާލެއިން 80 މީހުން.
• ވިލިމާލެއިން 28 މީހުން.
އެ މަސައްކަތަށް ޑްރައިވަރުންނާއި ހެލްޕަރުންނާއި ސުޕަވައިޒަރުން ނަގަން ވެސް ސިޓީ ކައުންސިލުން އިއުލާންކުރި އެވެ. އަދި އެކަމަށް ބޭނުންވާ ވެހިކަލް ކުއްޔަށް ނަގާފައިވާ ކަމަށް ވެސް ވަނީ އެނގިފަ އެވެ.
މާލޭގެ އާންމު ތަންތަނުން ކުނި ނެގުމުގެ މަސައްކަތާ ސިޓީ ކައުންސިލުން ހަވާލުމުން ވެމްކޯއިން ދެން ހަމައެކަނި ނަގާނީ ގޭބިސީތަކުން ބޭރުކުރާ ކުނި އެކަންޏެވެ.
ވެމްކޯއަށް ހަރުކަށި ފިޔަވަޅު އަޅާނަން: މުއިއްޒު
މާލޭގެ މަގުތަކަށް ކުނި އުކައިގެން 6،000 މައްސަލަ
ވެމްކޯއިން ބޮޑެތި ކުނި ހިލޭ އުކައިދޭން ފަށައިފި
އެންމެ ބޮޑުވެފައި ވަނީ މަގުތަކުގައި ކުނި ބެހެއްޓުން!
ފިންލެންޑްސްކޫލް ކައިރިއަށް ކޮންމެ ދުވަހަކު ކުނި އަޅަނީ
މާލެތެރެއިން ކުނި ނެގުން ހަރުދަނާ ކުރަން އޮފީހެއް
މަސައްކަތް ހަވާލުނުކުރާނަމަ މަގުން ކުނި ނުނެގޭނެ:ވެމްކޯ
މަގުތައް، ޕާކުތަކުގެ ކުނިނެގުމާ ކައުންސިލުން ހަވާލުވަނީ
މަހަކު 2.5 މިލިއަން، އެކަމަކު ވެމްކޯ ޒިންމާ ނުނަގާ
މާލެ އާއި ވިލިމާލެ ސާފުކުރުން ވެމްކޯއަށް