07 ޑިސެމްބަރ 2022
މާލެ އާއި ވިލިމާލޭގެ މަގުތަކާއި ޕާކުތަކާއި މައިޒާން ފަދަ ތަންތަނުގެ ކުނި ކަހައި ސާފުކުރުމަށް ވެމްކޯއާ އެކު ވެފައިވާ އެއްބަސްވުން އާ ނުކޮށް ސިޓީ ކައުންސިލުން އެކަން ކުރިއަށް ގެންދާ ގޮތަށް ފާސްކޮށްފި އެވެ.
މާލެ އާއި ވިލިމާލޭގެ މަގުތަކާއި ޕާކުތަކާއި މައިޒާން ފަދަ ތަންތަނުގެ ކުނި ކަހައި ސާފުކުރުމަށް ވެމްކޯއާ އެކު ވެފައިވާ އެއްބަސްވުން އާ ނުކޮށް ސިޓީ ކައުންސިލުން އެކަން ކުރިއަށް ގެންދާ ގޮތަށް ފާސްކޮށްފި އެވެ.
ނަމަވެސް މާލެ ސަރަހައްދުގެ ގެތަކުގެ ކުނި އުކާލުމުގެ ކަންކަން މިހާރެކޭ އެއްގޮތަށް ކުރާނީ ވެމްކޯ އިންނެވެ. ގޭގެއިން ކުނި އުކާލުމުގެ ކަންކަމާ އެއްވެސް އިރެއްގައި ސިޓީ ކައުންސިލަކުން ނުބެހެ އެވެ.
މާލެ އާއި ވިލިމާލޭގެ އާންމު ތަންތަނާއި ޕާކުތަކުން ކުނި ނަގަން ވެމްކޯއާ އެކު އެންްމެ ފަހުން އެއްބަސްވީ ތިން އަހަރުގެ މުއްދަތަކަށެވެ. ޑިސެމްބަރު 26، 2019 ގައި ކުރީގެ ކައުންސިލުން އާ ކުރި އެ އެއްބަސްވުން މި މަހުގެ 26 އަށް ހަމަވާނެ އެވެ.
ކައުންސިލުން މިދިޔަ ހަފުތާގައި ބޭއްވި 78 ވަނަ ޖަލްސާގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލެ އާއި ވިލިމާލެ އާއި ޕާކުތަކާއި މައިޒާންތަކުގެ ކުނި ކަހައި، އެ ކުނިތައް އުކާލާނީ މި މަހުގެ 26 އިން ފެށިގެން ކައުންސިލުން ކަމަށެވެ. އެއީ މާލެ 16 ޒޯނަކަށް، ވިލިމާލެ ހަތަރު ޒޯނަކަށް ބަހައިލަައިގެން ކަމަށް ވެސް ވިދާޅުވި އެވެ.
ކުނި ނެގުމުގެ މަސައްކަތުގައި މާލޭގައި 15 ވެހިކަލެއް، ވިލިމާލޭގައި ހަތަރު ވެހިކަލެއް ބޭނުން ކުރާއިރު، ހަނި ގޯޅިތަކަށް ވަދެވޭ ވަރުގެ ވެހިކަލް ވެސް ބޭނުން ކުރާނެ ކަަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނިގޮތުގައި މަގުތަކާއި ޕާކުތަކާއި މައިޒާންތަކުން ނަގާ ކުނިތައް ވެސް ހަވާލުކުރާނީ ވެމްކޯއާ އެވެ. އަދި އެ ކުނިތައް އުކާލަން ހަރަދުވާ ގޭޓް ފައިސާ ނުވަތަ އަގު ދައްކާނީ ކައުންސިލުންނެވެ.
"އެ ކުނި އުކާލާނީ ވެމްކޯގެ ބާޖުގައި ވެމްކޯ އިން،" ސިޓީ ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނެފައި ވަނީ ވެމްކޯއާ ހަވާލުކޮށްގެން މާލެ އާއި ވިލިމާލޭގެ މަގުތަކާއި ޕާކުތަކާއި މައިޒާންތައް ސާފުކުރުމަށް މިހާރު މަހެއްގެ މައްޗަށް 2.5 މިލިއަން ރުފިޔާ ހަރަދުވާ ކަމަށެވެ. ނަމަވެސް ސިޓީ ކައުންސިލުގެ ޝަކުވާއަކީ އެއްބަސްވުމާ އެއްގޮތަށް ވެމްކޯ އިން އެ ކަން ނުކުރުމެވެ.
"ވެމްކޯއާ އެކު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރަން އެދި ތަކުރާރުކޮށް އެތައް ފަހަރަކު މަޝްވަރާކޮށް، ސިޓީ ފޮނުވި. އެކަމަކު އެއްވެސް އިސްލާހެއް ނައި،" ސިޓީ ކައުންސިލުން ބުންޏެވެ.
މަގުތަކުގައި ބަހައްޓާފައި ހުންނަ ކުނިތައް ގިނަވެ، މަގުތަކުގައި ހިނގައިބިނގާވެ އުޅޭ މީހުންނާއި ދުއްވާ ވެހިކަލްތަކަށް އެކަމުގެ އުނދަގޫފޯރާ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. އަދި ކުނިތައް މަގުމަތިން ނެގުން ލަސްވުމުގެ ޝަކުވާ ވެސް އެ ކައުންސިލަށް ލިބޭ ކަމަށް ބުންޏެވެ.
ކައުންސިލުން އެގޮތަށް ނިންމުމުން ވެމްކޯއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭރު ވެމްކޯއިން ބުނީ ކައުންސިލުން އަމިއްލަ އަށް އެ ކަން ކުރާ ނަމަ ކުރަންޖެހޭ ހަރަދުތައް މިހާރަށް ވުރެ ތިން ގުނަ ބޮޑުވާނެ ކަމަށެވެ.
ވެމްކޯއަށް ހަރުކަށި ފިޔަވަޅު އަޅާނަން: މުއިއްޒު
މަހަކު 2.5 މިލިއަން، އެކަމަކު ވެމްކޯ ޒިންމާ ނުނަގާ
ވެމްކޯއިން ބޮޑެތި ކުނި ހިލޭ އުކައިދޭން ފަށައިފި
މާލެތެރެއިން ކުނި ނެގުން ހަރުދަނާ ކުރަން އޮފީހެއް
ވެމްކޯއިން އެ ފެށީ އެ މީހުންގެ ޒިންމާއަދާކުރަން:މޭޔަރު
މާލެ އިން ކުނި ސާފުކުރަން ވެމްކޯއިން ނުކުމެއްޖެ
މަސައްކަތް ހަވާލުނުކުރާނަމަ މަގުން ކުނި ނުނެގޭނެ:ވެމްކޯ
ކުނި ގިނަވާތީ އީޕީއޭގެ އިލްތިމާސް ސިޓީ ކައުންސިލަށް!
ކުނި ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި
މާލެ އާއި ވިލިމާލެ ސާފުކުރުން ވެމްކޯއަށް