01 މާޗް 2018
މާލެ އާއި ވިލިމާލޭގެ މަގުތަކާއި އިޖުތިމާއީ ސަރަހައްދުތަކުގެ ކުނި ނަގައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވެމްކޯއާ މިއަދު ހަވާލުކޮށްފި އެވެ.
މާލެ އާއި ވިލިމާލޭގެ މަގުތަކާއި އިޖުތިމާއީ ސަރަހައްދުތަކުގެ ކުނި ނަގައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވެމްކޯއާ މިއަދު ހަވާލުކޮށްފި އެވެ.
އެންވަޔަރުމެންޓް މިނިސްޓްރީން ބުނީ ކުރިން ހައުސިން މިނިސްޓްރީން ކުރަމުން އައި އެ މަސައްކަތް ވެމްކޯއާ ހަވާލުކުރީ ރައީސް އަބްދުﷲ ޔާމީން އެގޮތަށް ކަނޑައެޅުއްވުމާ ގުޅިގެން ކަމަށެވެ.
އެކަމާ ގުޅޭ އެއްބަސްވުމުގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރުގެ ނައިބު އަލީ އާމިރެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު އިބްރާހީމެވެ. އަދި ވެމްކޯ އިން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއު އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ، އެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން، މާލެ އާއި ވިލިމާލޭގެ މަގުތަކުން ކުނި ނެގުމުގެ މަސައްކަތް ވެމްކޯ އިން މިއަދު ފަށާނެ ކަމަށެވެ. އަދި ކުރިއަށް އޮތް އެއް މަސް ދުވަހު ވެމްކޯއާއެކު ފުރިހަމަ އެއްބަސްވުމަކަށް އައިސް، މަގުތައް ކަހައި ސާފުކޮށް ބެލެހެއްތުން ވެމްކޯ އިން ފަށާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
"ވެމްކޯ އިން މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އާންމު ގޮތެއްގައި ދިވެހި މުވައްޒަފުން ލައިގެން ކޮންމެ ދުވަހަކު މި ހުރިހާ ސަރަޙައްދުތަކެއް ކުނިކަހާ ސާފުކުރާ ގޮތަށެވެ. އަދި އަންހެނުންގެ ތެރެއިން މިކަމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކަށް، އެ މީހަކު ދިރިއުޅޭ ސަރަޙަދެއްގެ މަގުތަކާއި އިޖްތިމާއީ ސަރަޙައްދުތައް ސާފުކޮށް ބެލެހެއްޓުމުގެ ވަޒީފާގެ ފުރުސަތު ލިބިގެންދާ ގޮތަށެވެ." ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުންޏެވެ.
މާލެ އާއި ވިލިމާލެ ސާފުކުރުން ވެމްކޯއަށް
ވެމްކޯއިން ބޮޑެތި ކުނި ހިލޭ އުކައިދޭން ފަށައިފި
ވެމްކޯއަށް ހަރުކަށި ފިޔަވަޅު އަޅާނަން: މުއިއްޒު
"މާ ސާފު މާލެ" ޕްރޮގްރާމް ފަށައިފި
"ސިޓީއަކަށް މުހިންމުވާ އަސާސީ ހިދުމަތްތައް ހަމަވެެއްޖެ"
މާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި
މާލޭގައި ބޮލަކަށް ދުވާލަކު 1.7 ކިލޯގެ ކުނި އުފައްދާ
ވޭސްޓް ޓްރާންސްފާ ސްޓޭޝަން ޖުލައި މަހަށް ނިންމަނީ
ކުނި ނެގުމުގެ ފީ ކަރަންޓް ބިލުގައި ހިމަނަން ފަށަނީ
ކުނި ނަގަން ވަދެ ބޮޑުކަމުދިޔަ މުވައްޒަފު ސަސްޕެންޑް