24 މެއި 2023
މާލޭގައި ދިރިއުޅޭ ކޮންމެ މީހެއްގެ ބޮލަކަށް ދުވާލަކު 1.7 ކިލޯގެ ކުނި އުފައްދާ ކަމަށާއި މިއީ ނިސްބަތުން ބަލާއިރު ވަރަށް ބޮޑު އަދަދެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފި އެވެ.
މާލޭގައި ދިރިއުޅޭ ކޮންމެ މީހެއްގެ ބޮލަކަށް ދުވާލަކު 1.7 ކިލޯގެ ކުނި އުފައްދާ ކަމަށާއި މިއީ ނިސްބަތުން ބަލާއިރު ވަރަށް ބޮޑު އަދަދެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފި އެވެ.
މާލޭގައި އުފައްދާ ކުނި އިތުރުވަމުންދާއިރު، މިދިޔަ އަހަރުގެ ބޯހިމެނުގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ އާބާދީގެ 41 ޕަސެންޓް ދިރިއުޅެނީ މާލޭގަ އެވެ. އެއީ، 212،138 މީހުންނެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ދިރާސާއަކާ ހަވާލާދެއްވައި އެތަނުގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސަރު ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ކުނި އުފައްދާ މިންވަރު މާލެއާ އަޅާބަލާއިރު މަދު ކަމަށެވެ. ރަށްރަށުގައި އުފައްދަނީ ބޮލަކަށް ދުވާލަކު ގާތްގަނޑަކަށް 0.8 ކިލޯގެ ކުނި ކަމަށް އެކި ޕްރޮޖެކްޓްތަކުން މައުލޫމާތު ނަގައިގެން ހެދި ދިރާސާ އިން އެނގޭ ކަމަށެވެ.
އެ ދިރާސާ އިން ދައްކާ ގޮތުގައި، ރިސޯޓުތަކުގައި ބޮލަކަށް ދުވާލަަކަށް ގާތްގަނޑަކަށް 3.5 ކިލޯގެ ކުނި އުފައްދަ އެވެ.
މިނިސްޓްރީން ބުނީ ރާއްޖެ އަންނަ ތަރައްގީ އާއި ދިރިއުޅުމުގެ ހާލަތަަށް އަންނަ ބަދަލުތަކާ އެކު ކުނި އުފައްދާ މިންވަރު އެއް ދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުން ކަމަށެވެ. ރަށްރަށުގައި ވެސް ކުނިތައް އެކި ތަންތަނަށް ޖަމާކުރެވި އޭގެ ސަބަބުން ސިއްހަތަށާއި ތިމާވެއްޓަށް ބޮޑެތި ނުރައްކާ ވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނި ގޮތުގައި ކުނި އުފައްދާ މިންވަރު އިތުރުވަމުންދާ މައްސަލައަކީ ރާއްޖެ ކަހަލަ ކުދި ޖަޒީރާ ގައުމަކަށް ބަލާއިރު ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. އެހެންވެ ކުނި މެނޭޖްކޮށް އޭގެއިން ފައިދާ ހޯދިދާނެ ގޮތްތަކަށް ވިސްނަން މިނިސްޓްރީން އަންނަނީ ބާރު އަޅަމުންނެވެ.
މާލެ މަގުމަތީގައި ބަހައްޓާފައި ހުރި ކުނިތަކެއް: ކުނި މަދުކުރެވިދާނެ ގޮތްތައް ބަލައި އެގޮތަށް އަމަލު ކުރުމަށް މިނިސްޓްރީން އެދޭ.
- އެއްޗެހި މަރާމާތުކޮށްގެން އަލުން ބޭނުންކުރުން
- ކޮންމެހެން ބޭނުންވެގެން ނޫނީ އެއްޗެހި ނުގަތުން
- އެއްޗެހި ގަންނައިރު ގިނަ މުއްދަތަކަށް ބޭނުންކުރެވޭ އެއްޗެހި ބަލާ ޗެކްކުރުމަށްފަހު ގަތުން
- އެއްޗެއް ބޭނުން ނެތިގެން އެއްލާލުމުގެ ކުރިން އެހެން މީހަކު އެއްޗެއް ބޭނުންތޯ ބަލާ އެ މީހަކަށް އެއެއްޗެހި ދިނުން.
މާލެ އިން ކުނި ސާފުކުރަން ވެމްކޯއިން ނުކުމެއްޖެ
މާލެ އާއި ވިލިމާލެ ސާފުކުރުން ވެމްކޯއަށް
މާލެ އާއި ވިލިމާލޭގެ މަގުތަކުގެ ކުނިކެހުން ވެމްކޯ އަށް
ވެމްކޯއިން ބޮޑެތި ކުނި ހިލޭ އުކައިދޭން ފަށައިފި
"ސިޓީއަކަށް މުހިންމުވާ އަސާސީ ހިދުމަތްތައް ހަމަވެެއްޖެ"
މާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި
ވޭސްޓް ޓްރާންސްފާ ސްޓޭޝަން ޖުލައި މަހަށް ނިންމަނީ
ކުނި ނެގުމުގެ ފީ ކަރަންޓް ބިލުގައި ހިމަނަން ފަށަނީ
ކުނި ނަގަން ވަދެ ބޮޑުކަމުދިޔަ މުވައްޒަފު ސަސްޕެންޑް
ވެމްކޯއިން އެ ފެށީ އެ މީހުންގެ ޒިންމާއަދާކުރަން:މޭޔަރު