15 އޯގަސްޓް 2021
އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް އީގަލްސް މިރޭ ކުޅޭ މެޗުގައި މުޅި ރާއްޖެ އީގަލްސްއާ އެކުގައި ވުމަށް، އެ ޓީމުގެ ކެޕްޓަން ހުސައިން ޝިފާއު ޔޫސުފް (ކުރޯ) އެދިއްޖެ އެވެ.
އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް އީގަލްސް މިރޭ ކުޅޭ މެޗުގައި މުޅި ރާއްޖެ އީގަލްސްއާ އެކުގައި ވުމަށް، އެ ޓީމުގެ ކެޕްޓަން ހުސައިން ޝިފާއު ޔޫސުފް (ކުރޯ) އެދިއްޖެ އެވެ.
އޭއެފްސީ ކަޕް ޕްލޭއޮފް ބެންގަލޫރާއި އީގަލްސް ބައްދަލު ކުރާ މެޗު ފަށާނީ މިރޭ 8 ޖަހާއިރު އެވެ. މިރޭގެ މެޗަށް ސަޕޯޓަރުން ވައްދަން ހަމަޖެހިފައި ނުވިއަސް އީގަލްސްއާ އެކު ދިވެހިން ވާކަން ހާމަކުރުމަށް ކުރޯ އެދެ އެވެ.
"އީގަލްސްގެ ނަމުގައި ނުކުތަސް ހަގީގަތުގައި މިއީ ގައުމީ ކަމެއް،" ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ޕްރީ ޕްރެސްގައި އޭނާ ބުންޏެވެ. "އީގަލްސް މި ތަމްސީލު ކުރަނީ ދިވެހި ރާއްޖެ. އެންމެން ވެސް އީގަލްސް އަށް ސަޕޯޓްކޮށް ދިނުން އެންމެ ބޮޑަށް އެދެނީ."
އެ ޓީމުގެ ކޯޗް މުހައްމަދު ޝާޒްލީ (ޝާޒް) ބުނިގޮތުގައި ބެންގަލޫރުގެ ހޯމް މެޗުގެ ގޮތުގައި ކުޅެން އޮތް މެޗު ރާއްޖޭގައި ކުޅެން ފުރުސަތު ލިބުމަކީ އީގަލްސް ޓީމަށް މެދުވެރިވި ވަރަށް ބޮޑު ރަނގަޅެކެވެ. އޭނާ ބުނީ ދިވެހި ގައުމީ ޓީމަށް ދޭ ސަޕޯޓް އީގަލްސް އަށް ދޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
"ވަރަށް ބޮޑަށް ޔަގީން ކުރެވޭ ދިވެހިންގެ ފަރާތުން އެ ސަޕޯޓް ލިބޭނެ ކަމަށް."
ކްރޯ އާއި ކޯޗް ޝާޒް: އިއްޔެގެ ޕްރެސްގައި --- ފޮޓޯ: ނިޝާން އަލީ | މިހާރު
ކުރިން މެއި މަހު ކުޅެން އޮތް މެޗު ފަސް ކުރުމުން އީގަލްސްގެ ޓީމަށް ވެސް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. އެ ޓީމުގައި ތިބި ބިދޭސީ ފޯވަޑުން ދޫކޮށްލުމަށް ފަހު ތަޖުރިބާކާރު ތިން ފޯވަޑުން ކަމަށްވާ، އަލީ އަޝްފާގް (ދަގަނޑޭ)، އަލީ ފާސިރު ސެންޓޭ އަދި އަހްމަދު ރަޝީދު (އަންމަޑޭ) ލައްވައި އީގަލްސް އިން ވަނީ އޭއެފްސީ ކަޕަށް ހާއްސަކޮށް ސޮއިކުރުވައިފަ އެވެ. ތަޖުރިބާކާރު ދެ މިޑްފީލްޑަރުން ކަމަށްވާ މުހައްމަދު އާރިފް (ބަކާ) އަދި އިސްމާއީލް އީސާގެ އިތުރުން ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ އާއި ގައުމީ ކީޕަރު މުހައްމަދު ފައިސަލް ވެސް ވަނޫ އޭއެފްސީ ކަޕަށް އީގަލްސްގެ ޓީމަށް ސޮއިކޮށްފަ އެވެ.
ޝާޒް ބުނީ، އެ ޓީމުން ދޫކޮށްލި ބިދޭސީ ކުޅުންތެރިންނަށް ވުރެ އީގަލްސް އަށް ސޮއިކުރި ދިވެހި ކުޅުންތެރިންގެ ފެންވަރު ރަނގަޅު ވާނެ ކަމަށެވެ. އޭނާ ބުނީ ބޮޑު ސްކޮޑަކާ އެކު ބޮޑު މެޗަކަށް ނުކުތުމަކީ އޭނާ އަށް އޮތް ޕްރެޝަރު ކުޑަ ވާނެ ކަމެއް ކަމަށެވެ.
"ހަގީގަތުގައި ޕްރެޝާ ކުޑައީ. އެއީ ރަނގަޅު ކުޅުންތެރިން ތިބި ވަރަކަށް ހިތްހަމަޖެހުން ބޮޑުވާނެ،" ޝާޒް ބުންޏެވެ.
"ދިވެހި ކުޅުންތެރިން ވީމަ އެ ކޮމްބިނޭޝަން ބޮޑު. އީގަލްސް އަކީ ވެސް ނެޝަނަލް ޕްލޭއަރުން ގިނަ ޓީމެއް. ހަމަ އޭގެ ތެރެއަށް ނެޝަނަލް ޕްލޭޔަރުން އައީ. އީގަލްސްގެ ޖޯޒީގައި އެގޮތަށް ކުޅެފައި ނެތަސް އެއްކޮށް ކުޅެފައި ތިބި ކުޅުންތެރިން މިތިބީ."
ކްރޯ ބުނީ، ޓީމަށް އިތުރުވި ސީނިއާ ކުޅުންތެރިންނާ އެކު އީގަލްސްގެ ޓީމަށް އިތުބާރު ބޮޑު ވެއްޖެ ކަމަށެވެ. އަދި އެ ކުޅުންތެރިންގެ ތަޖުރިބާ ޓީމަށް ހިއްސާ ކުރުމުގައި ރަނގަޅު މިސާލެއް ދައްކަމުންދާ ކަމަށް ބުންޏެވެ.
"އެކްސްޕީރިއަންސް ކުޅުންތެރިންތަކެއް އީގަލްސްއާ ގުޅީނަމަ އެކްސްޕީރިއަންސް ނެތް ޒުވާން ކުޅުންތެރިންނަށް ވެސް ލިބުނު އެޑްވާންޓެޖެއް،" ކްރޯ ބުންޏެވެ.
"އެކީގައި ކުޅެލަން ލިބުމާއި އެ ކުޅުންތެރިން ބުނާގޮތް ހަދައިގެން ކުޅުނީމަ ވަރަށް ފަސޭހަ. ނޭނގޭ އެއްޗިހި ވަރަށް ބޮޑަށް ކިޔައިދޭ. އިންޓަނޭޝަނަލް ތަޖުރިބާ ނެތް ކުޅުންތެރިންނަށް ސީނިއާ ކުޅުންތެރިން ކިޔައިދީނަމަ ވަރަށް ފަސޭހަ އިން އެކަން ނަގައިގަނެވޭ."
އީގަލްސް އަށް އޭއެފްސީ ކަޕްގެ ދޮރު ބަންދުވެއްޖެ
އީގަލްސް އޮތީ ރަނގަޅަށް ތައްޔާރު ވެފަ: މޯހަން
ދަތުރަށް ތައްޔާރުވާން އީގަލްސް އަށް މެޗު ފަސްކޮށް ދީފި
އީގަލްސް ބަލިކޮށް ބެންގަލޫރު ގުރޫޕް ސްޓޭޖަށް
ބެންގަލޫރުގެ ތަފާތަކީ މާލީގޮތުން ވަރުގަދަވުން: ޝާޒް
މާޒިޔާ އަތުން ބަލިވުމުން ޓީމަށް އަސަރު ކުރި: ޗެތުރީ
އީގަލްސްގެ މެޗަށް ބެންގަލޫރު ދެވަނަ ފަހަރަށް މާލެއަށް
އާ ކުޅުންތެރިންނާ އެކު ގްރޫޕް ސްޓޭޖުގެ އުއްމީދު ބޮޑު
ގައުމީ ކެޕްޓަން އަކޫ އާއި ފައިސަލް ވެސް އީގަލްސްއަށް
އޭއެފްސީ ކަޕަށް ދަގަނޑޭ އީގަލްސްއާ ގުޅިއްޖެ