08 އޯގަސްޓް 2021
ބާސެލޯނާ (އޯގަސްޓް 8) - ފްރާންސްގެ ގަދަ ބާރު ޕީއެސްޖީ އަށް ސޮއިކުރުމަކީ ވެދާނެ ކަމެއް ކަމަށް ބާސެލޯނާގެ ކުރީގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފި އެވެ.
ބާސެލޯނާ (އޯގަސްޓް 8) - ފްރާންސްގެ ގަދަ ބާރު ޕީއެސްޖީ އަށް ސޮއިކުރުމަކީ ވެދާނެ ކަމެއް ކަމަށް ބާސެލޯނާގެ ކުރީގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފި އެވެ.
ބާސާގައި 21 އަހަރު ހޭދަ ކުރުމަށް ފަހު މިއަދު މެސީ ވަނީ ރަސްމީކޮށް އެ ޓީމު ދޫކޮށްލައިފަ އެވެ. ފައިސާގެ ގޮތުން ތަނަވަސް ޕީއެސްޖީ އަކީ މެސީ ސޮއިކުރުވުމުގެ ގާބިލުކަން ހުރި މަދު ކްލަބުތަކުގެ ތެރެއިން އެއް ކްލަބެވެ.
މެސީ ކްލަބު ބަދަލު ވާނެ ކަން އިއުލާން ކުރުމުގެ ކުރިން ސޯޝަލް މީޑިއާގައި ފޮޓޯ އެއް ދައުރުވި އެވެ. ޕީއެސްޖީގެ ނޭމާ އާއި އޭންހަލް ޑީ މާރިއާއާ އެކު ޗުއްޓީ ހޭދަކުރަނިކޮށް ނަގާފައިވާ ފޮޓޯއެކެވެ.
މެސީ (ވ) އާއި ޖެހިގެން ނޭމާ، އަދި ޑީ މާރިއާ (ކ2). ސޯޝަލް މީޑިއާގައި ދައުރު ކުރި ފޮޓޯ އަކީ މީ
"އަހަރެން ކްލަބު ދޫކޮށްލާ ވާހަކަ އިއުލާން ކުރުމުން އަހަންނަށް ވަރަށް ގނަ ކޯލްތަކެއް ލިބުނު. ވަރަށް ގިނަ ކްލަބުތަކުން ޝައުގުވެރިކަން ފާޅުކުރި،" މެސީ ބުންޏެވެ.
މެސީ އާއި ނާމޭ އަދި އޭންހަލް ޑީ މާރިއާގެ ފޮޓޯ އާ ގުޅިގެން ސުވާލު ކުރުމުން މެސީ ބުނީ އެއީ އެއްވެސް ކަމަކާ ގުޅުން ހުރި ފޮޓޯއެއް ނޫން ކަމަށެވެ.
"އަހަރެން އެ މީހުންނާ ވަކިވުމުގެ އެއް ދުވަސް ކުރިން އަހަރެން އެކުގައި އުޅުނިން. އަހަރެމެން އެއްބަސްވިން ނޭމާގެ ގެއަށް ބާބިކިއު އަށް ދިއުމަށް. ފޮޓޯ އަކީ އެ ވަގުތު ނެގި ފޮޓޯއެއް،" މެސީ ބުންޏެވެ.
"އެމީހުން މަޖަލަކަށް އަހަރެން ކައިރީގައި ބުނި ޕީއެސްޖީއަށް އަންނާށޭ. އެއީ އާ ކަމެއް ވެސް ނޫން. އެކުވެރިންނާއެކު ފޮޓޯއެއް ނެގުމަކީ ވެސް ހަމަ ފުރުސަތެއް."
"އެވެސް ހަމަ ވެދާނެ ކަމެއް. ޕީއެސްޖީ އަށް ބަދަލު ވުމަކީ ވެސް ވެދާނެ ކަމެއް. އެކަމަކު މި ވަގުތު އެއްވެސް މީހަކާ އެކު އެއްވެސް ކަމަކަށް އެއްބަސްވެފައެއް ނުވާނެ."
ޕްރެސް އަށް ހާޒިރުވި ނޫސްވެރިންނާއި ބާސާގެ ކޮންފަރެންސް ރޫމުގައި ތިބި މީހުން ވަނީ މެސީ އަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ކޮޅަށް ތެދުވެ އޭނާ އަށް ތަރުހީބު ދީފަ އެވެ.
މެސީ ގެންދަން ބާސާއާ އެކު އިތުރު ދެ ޓީމެއް
ޕީއެސްޖީގައި މެސީ މަޑުކުރުމުގެ ފުރުސަތު ބޮޑު
މެސީގެ ވާހަކަ ދެއްކުން ޕީއެސްޖީ ކުޅުންތެރިންނަށް މަނާ
ޕީއެސްޖީން މެސީ އަށް ޝައުގުވެރިވާ ކަމަށް ބުނެފި
ޕީއެސްޖީން މެސީ ހޯދުމުގެ މަސައްކަތް ވަރުގަދަކުރަނީ
"އަންނަ އަހަރު މެސީއާ އެއް ޓީމަކަށް ކުޅެން ބޭނުން"
މެސީ ޕީއެސްޖީއާ މަޝްވަރާ ނުކުރާކަމަށް ބުނެފި
ނޭމާ ރެއާލަށް ބަދަލުވެދާނެކަމުގެ ބިރު އޮތް: މެސީ
މެސީގެ ހިޔަނީގައި ކުޅެން ނޭމާ ބޭނުމެއްނުވޭ: ރިޕޯޓް
ޔަމާލަށް ޕީއެސްޖީން 260 މިލިއަނުގެ ހުށަހެޅުމެއް