12 ނޮވެމްބަރ 2020
މެޑްރިޑް (ނޮވެމްބަރު 12) - ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ފްރާންސްގެ ޕީއެސްޖީއާ މަޝްވަރާކުރާ ކަމަށް ދެކެވޭ ވާހަަކައިގައި ހަގީގަތެއް ނެތް ކަމަށް މެސީގެ އޭޖެންޓް އަދި އޭނާގެ ބައްޕަ ޖޯޖް މެސީ ބުނެފި އެވެ.
މެޑްރިޑް (ނޮވެމްބަރު 12) - ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ފްރާންސްގެ ޕީއެސްޖީއާ މަޝްވަރާކުރާ ކަމަށް ދެކެވޭ ވާހަަކައިގައި ހަގީގަތެއް ނެތް ކަމަށް މެސީގެ އޭޖެންޓް އަދި އޭނާގެ ބައްޕަ ޖޯޖް މެސީ ބުނެފި އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މެސީ ބާސެލޯނާ ދޫކޮށްލަން މަސައްކަތްކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ. އޭނާ ހޯދަން އެންމެ މަސައްކަތްކުރީ މެންޗެސްޓާ ސިޓީ އާއި އިންޓަ މިލާން އެވެ. މި ސީޒަނުގެ ނިޔަލަށް މެސީ ބާސެލޯނާއާ އެކު ކޮންޓްރެކްޓްގައި ހުރިއިރު، ޖެނުއަރީ މަހު އޭނާ ބޭނުންނަމަ އިހުތިޔާރުކުރާ ޓީމަކާ އެކު ޕްރީ އެގްރީމެންޓެއްގައި ސޮއިކުރެވޭނެ އެވެ.
އީއެސްޕީއެން އިން ދާދި ފަހުން ރިޕޯޓްކުރި ގޮތުގައި މެސީ އަންނަނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ ގުޅެން އެ ޓީމުގެ ޑިރެކްޓަރު ލިއޮނާޑޯއާ މަޝްވަރާކުރަމުންނެވެ. އެކަމަކު އެ ވާހަކަތައް ރަނގަޅަށް ވައިގައި ނުހިފަނިސް ޖޯޖް މެސީ ވަނީ އެއީ ދޮގު ހަބަރެއް ކަމަށް ބުނެފަ އެވެ.
"ދޮގު ވާހަކަ ފެތުރުން ހުއްޓާލަން ޖެހޭ. މިއީ ފޭކް ހަބަރެއް،" މެސީ އާއި ޕީއެސްޖީ މަޝްވަރާކުރަމުން އަންނަ ކަމަށް ބުނެ ލިޔެފައިވާ ހަބަރެއްގެ ލިންކް ހިމަނާފައި ޖޯޖް މެސީ ކުރި ޓްވީޓެއްގައިވެ އެވެ.
ބާސެލޯނާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މިހާރު އެންމެ ފުރުސަތު ބޮޑީ މެސީ އެ ކްލަބްގައި މަޑުކުރުމުގެ އެވެ. މެސީ ކްލަބް ދޫކޮށްލަން ބޭނުންވި އެންމެ ބޮޑު ސަބަބަކީ އެ ކްލަބްގެ ހިންގުމުގައި ހުރި މައްސަލަތަކާއި ކުރީގެ ރައީސް ޖޯސެފް ބާޓޮމެއުގެ ލީޑަޝިޕުން ކުޅުންތެރިންނާ މެދު ގެންގުޅޭ އުސޫލުތައް ރަނގަޅުނުވުމެވެ. ބާޓޮމެއު ބާސެލޯނާގެ ރައީސް ކަމުން އިސްތިއުފާ ދީފައިވާއިރު، އަންނަ އަހަރު ފެށުމުގެ ކުރިން އާ ރައީސަކު ހޮވާ އިންތިހާބު ބާއްވަން އަންނަނީ މަސައްކަތްކުރަމުންނެވެ. އިންތިހާބުގައި ވާދަކުރާ ގިނަ ކެންޑިޑޭޓުން ވަނީ މެސީ އެ ޓީމުގައި މަޑުކުރުވަން ބޭނުންވާ ކަމަށް ބުނެފަ އެވެ.
މެސީ ގެންދަން ބާސާއާ އެކު އިތުރު ދެ ޓީމެއް
ޕީއެސްޖީގައި މެސީ މަޑުކުރުމުގެ ފުރުސަތު ބޮޑު
ޕީއެސްޖީއަށް ސޮއިކުރުމަކީ ވެދާނެ ކަމެއް: މެސީ
މެސީގެ ވާހަކަ ދެއްކުން ޕީއެސްޖީ ކުޅުންތެރިންނަށް މަނާ
ޕީއެސްޖީން މެސީ އަށް ޝައުގުވެރިވާ ކަމަށް ބުނެފި
ޕީއެސްޖީން މެސީ ހޯދުމުގެ މަސައްކަތް ވަރުގަދަކުރަނީ
"އަންނަ އަހަރު މެސީއާ އެއް ޓީމަކަށް ކުޅެން ބޭނުން"
ނޭމާ ރެއާލަށް ބަދަލުވެދާނެކަމުގެ ބިރު އޮތް: މެސީ
މެސީގެ ހިޔަނީގައި ކުޅެން ނޭމާ ބޭނުމެއްނުވޭ: ރިޕޯޓް
ޔަމާލަށް ޕީއެސްޖީން 260 މިލިއަނުގެ ހުށަހެޅުމެއް