29 ޖުލައި 2017
މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 29) - ބާސެލޯނާ ދޫކޮށްލަން ބްރެޒިލްގެ ތަރި ނޭމާ ބޭނުންވަނީ ލިއޮނަލް މެސީގެ ހިޔަނީގައި ހުރެގެން އިތުރަށް ކުރިއަށް ނުދެވޭނެތީ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 29) - ބާސެލޯނާ ދޫކޮށްލަން ބްރެޒިލްގެ ތަރި ނޭމާ ބޭނުންވަނީ ލިއޮނަލް މެސީގެ ހިޔަނީގައި ހުރެގެން އިތުރަށް ކުރިއަށް ނުދެވޭނެތީ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މަޝްހޫރު ކުޅިވަރު މީޑިއާ ސްކައިސްޕޯޓްސް އިން ރިޕޯޓްކުރާ ގޮތުގައި ނޭމާ މިހާރު ވަނީ ބާސެލޯނާ ދޫކޮށްލަން ނިންމައި އެކަން ބާސެލޯނާގެ ބޯޑަށް ވެސް އަންގައިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޕީއެސްޖީ އޮތީ ނޭމާގެ ކޮންޓްރެކްޓް އުވާލަން ދައްކަން ޖެހޭ 222 މިލިއަން ޔޫރޯ ދީގެން އޭނާ ގެންދަން ތައްޔާރަށެވެ. އަދި ނޭމާ ވެސް ޕީއެސްޖީއާ އެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށް ބާސެލޯނާއިން އެންމެ ފަހުން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން ނޭމާ އާއި އެ ޓީމާ އަލަށް ގުޅުނު ޕޯޗުގަލްގެ ފުލްބެކް ނެލްސަން ސެމޭޑޯއާ ވަނީ ވަނީ ހަމަނުޖެހުމެއް ހިނގައިފަ އެވެ.
ސްކައި ސްޕޯޓްސް އިން ނޭމާގެ ގާތް ފަރާތަކާ ހަވާލާދީ ރިޕޯޓްކުރާ ގޮތުގައި ނޭމާ ބޭނުންވަނީ ޕީއެސްޖީއާ ގުޅި ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދުމަށެވެ. އަދި ބާސެލޯނާގައި ހުރެ ނޭމާ އަށް އެކަން ކާމިޔާބު ނުވާނެ ކަމަށް އޭނާ ބުނެފައިވާ ކަމަށްވެ އެވެ.
"90 ޕަސެންޓް ފުރުސަތެއް އެބައޮތް ނޭމާ ހުރީ ބާސެލޯނާ ދޫކޮށްލަން ނިންމައިގެންކަމުގެ. އޭނާ ބޭނުންވަނީ ޕީއެސްޖީ އަށް ބަދަލުވެ އެ ޓީމުގެ ސްޓާރަކަށް ވާން. ބާސެލޯނާގައި ހުރެ މެސީގެ ހިޔަނީގައި ނޭމާ އަށް ކުރި އެރުމެއް ނެތް،" ސްކައި ސްޕޯޓްސްގެ ރިޕޯޓްގައިވެ އެވެ.
ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވިދާޅުވީ އެ ޓީމުން ނޭމާ މަޑުކުރުވަން ވަރަށް ބޭނުން ކަމަށާއި އެހެން ނަމަވެސް ފަހު ގޮތް ނިންމާނީ ނޭމާ ކަމަށެވެ.
މިހާރު އެމެރިކާގައި ކުރިއަށްދާ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕް ނިންމާލުމަށް ފަހު ނޭމާ އޮތީ ޗައިނާގެ ޓްރެވަލް އެޖެންސީއެއްގެ އިސްތިހާރު އިވެންޓެއްގައި ބައިވެރިވާ ގޮތަށް ޗައިނާ އަށް ދިއުމަށް ހަމަޖެހިފަ އެވެ. އެކަމަކު ޓްރާންސްފާގެ މަސައްކަތަކެއް އޮތުމުން ޗައިނާ އަށް ނުދާ ގޮތަށް ނިންމާފައިވާ ކަމަށްވެ އެވެ.
"އަންނަ އަހަރު މެސީއާ އެއް ޓީމަކަށް ކުޅެން ބޭނުން"
ނޭމާ ރެއާލަށް ބަދަލުވެދާނެކަމުގެ ބިރު އޮތް: މެސީ
މެސީ ގެންދަން ބާސާއާ އެކު އިތުރު ދެ ޓީމެއް
މެސީ އާއި ނޭމާއާ ދެކޮޅަށް މަގުމައްޗަށް ނުކުމެއްޖެ
ހިލޭޖެހުމަކުން ފަހުވަގުތު ޕީއެސްޖީ މޮޅުކޮށްދިނީ މެސީ
މެސީ އާއި ނޭމާއަށް ބަޔާން ކައިރީ ގަދައެއް ނުވެވުނު
މެސީ އާއި އެމްބާޕޭ ނެތި ނޭމާ އަށް ނުވި
ތިން ތަރިންނާ އެކު ވެސް ޕީއެސްޖީ އަށް މޮޅެއް ނުވެވުނު
ޕީއެސްޖީގައި މެސީ މަޑުކުރުމުގެ ފުރުސަތު ބޮޑު
ބަލިނުވެ މެސީ، ނޭމާ އަދި އެމްބާޕޭ ވޯލްޑް ކަޕަށް