03 ޑިސެމްބަރ 2020
ޕެރިސް (ޑިސެމްބަރު 3) - އަންނަ އަހަރު ބާސެލޯނާގެ ތަރި ލިއޮނަލް މެސީއާ އެއް ޓީމެއްގައި ކުޅެން ބޭނުންވާ ކަމަށް ޕީއެސްޖީގެ ނޭމާ ބުނެފި އެވެ.
ޕެރިސް (ޑިސެމްބަރު 3) - އަންނަ އަހަރު ބާސެލޯނާގެ ތަރި ލިއޮނަލް މެސީއާ އެއް ޓީމެއްގައި ކުޅެން ބޭނުންވާ ކަމަށް ޕީއެސްޖީގެ ނޭމާ ބުނެފި އެވެ.
ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 245 މިލިއަން ޑޮލަރަށް 2017 ވަނަ އަހަރު ބާސެލޯނާ އިން، ޕީއެސްޖީއާ ގުޅުނު ފޯވާޑް އަލުން ގެނައުމަށް މިދިޔަ ސީޒަނުގައި ބާސެލޯނާ އިން މަސައްކަތްކުރި އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި އޭރު ޕީއެސްޖީން ކީ އަގު ކަމަށްވާ 210 މިލިއަން ޑޮލަރު ދޭން ބާސެލޯނާ އެއްބަސްނުވީ އެވެ.
ބާސެލޯނާ އަށް ކުޅުނުއިރު ނޭމާ ވަނީ މެސީއާ އެކު އެ ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި ނޭމާގެ ދެ ގޯލާ އެކު ޕީއެސްޖީން ވަނީ މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފަ އެވެ. އެ މެޗަށް ފަހު އީއެސްޕީއެން އަށް ދިން އިންޓަވިއުއެއްގައި ނޭމާ ބުނީ މެސީއާ އެއް ޓީމެއްގައި ކުޅެން ވަރަށް ބޮޑަށް ބޭނުންވެފައި ހުރި ކަމަށެވެ.
"އެއީ އަހަރެން މިހާރު އެންމެ ބޭނުންވާ ކަންތައް (މެސީއާ އެއް ޓީމަކަށް ކުޅުން). މެސީއާ އެއް ޓީމެއްގައި ދަނޑުމަތީގައި ހުރުން. އަހަރެން އެކަމަށް މަސައްކަތް ކުރާނަން. އުއްމީދަކީ އަންނަ އަހަރު އެކަން ހާސިލްކުރެވުން،" ނޭމާ ބުންޏެވެ.
ބާސެލޯނާގެ މެޗެއްގެ ތެރެއިން ނޭމާ (ކ) އާއި މެސީ.-- ފޮޓޯ: އޭއެފްޕީ
އުމުރުން 28 އަހަރުގެ ނޭމާ ޕީއެސްޖީގެ ކޮންޓްރެކްޓްގަައި ހުރީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އަންނަ އަހަރު ޕީއެސްޖީ އަށް 50 އަހަރު ފުރުން ފާހަގަކުރާއިރު ނޭމާ އެ ޓީމުގައި ހުންނާނެ ކަމަށް ނޭމާއާ ހަވާލާދީ ބްރެޒިލްގެ މީޑިއާތަކުން މީގެ ކުރިން ވަނީ ރިޕޯޓްކޮށްފަ އެވެ.
ނޭމާގެ ވާހަކައިގައި އޭނާ އަލުން ބާސެލޯނާ އަށް ދާން ބޭނުންވާ ވާހަކައެއް ފާހަގައެއް ނުކުރެ އެވެ. އެހެން ނަމަވެސް ބާސެލޯނާގެ ރައީސަކު ހޮވަން އަންނަ މަހު ބާއްވާ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ގިނަ ކެންޑިޑޭޓުން ވަނީ އަލުން ނޭމާ އެ ޓީމަށް ގެނައުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފަ އެވެ. ނޭމާ ބާސެލޯނާ ދޫކޮށްލީ ކުރިން އޮތް ޖޯސެފް ބާޓޮމެއުގެ ލީޑަޝިޕާ މެދު ބޮޑެތި މައްސަލަތަކެއް ޖެހުމަށް ފަހު އެވެ.
މިދިޔަ ސީޒަނަށް ފަހު މެސީ ވެސް ވަނީ ބާސެލޯނާ ދޫކޮށްލަން މަސައްކަތް ކޮށްފަ އެވެ. އެކަމަކު މެސީ ބޭނުންވާ ގޮތަށް އޭނާ ހިލޭ އެހެން ޓީމަކަށް ދޫކޮށްލަން ބާސެލޯނާ އިން ބޭނުންނުވާތީ އެންމެ ފަހުން އޭނާ ޓީމުގައި މަޑުކުރީ އެވެ. ބާސެލޯނާއާ އެކު މެސީ ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަަމަވާނެ އެވެ. މެސީ ހޯދަން މަސައްކަތްކުރާ ކްލަބްތަކުގެ ތެރޭގައި ޕީއެސްޖީ ހިމެނޭ ކަމަށް ފްރާންސްގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ނޭމާ ރެއާލަށް ބަދަލުވެދާނެކަމުގެ ބިރު އޮތް: މެސީ
މެސީގެ ހިޔަނީގައި ކުޅެން ނޭމާ ބޭނުމެއްނުވޭ: ރިޕޯޓް
މެސީ ގެންދަން ބާސާއާ އެކު އިތުރު ދެ ޓީމެއް
މެސީ އާއި ނޭމާއާ ދެކޮޅަށް މަގުމައްޗަށް ނުކުމެއްޖެ
ހިލޭޖެހުމަކުން ފަހުވަގުތު ޕީއެސްޖީ މޮޅުކޮށްދިނީ މެސީ
މެސީ އާއި ނޭމާއަށް ބަޔާން ކައިރީ ގަދައެއް ނުވެވުނު
މެސީ އާއި އެމްބާޕޭ ނެތި ނޭމާ އަށް ނުވި
ތިން ތަރިންނާ އެކު ވެސް ޕީއެސްޖީ އަށް މޮޅެއް ނުވެވުނު
ޕީއެސްޖީގައި މެސީ މަޑުކުރުމުގެ ފުރުސަތު ބޮޑު
ބަލިނުވެ މެސީ، ނޭމާ އަދި އެމްބާޕޭ ވޯލްޑް ކަޕަށް