Roadha Mihaaru
ސްޕެއިން ބަލިކޮށް އޮލިމްޕިކް ގޯލްޑް ބްރެޒިލަށް

ސްޕެއިން ބަލިކޮށް އޮލިމްޕިކުގެ ރަން މެޑަލް ބްރެޒިލުން ދިފާއުކޮށްފި

07 އޯގަސްޓް 2021

ޓޯކިޔޯ (އޯގަސްޓް 7) - ފިރިހެނުންގެ ފުޓްބޯޅައިގެ ފައިނަލުގައި ސްޕެއިންގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި އޮލިމްޕިކް ފުޓްބޯޅަ މުބާރާތުގެ ރަން މެޑަލް ބްރެޒިލްއިން ދިފާއުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޓޯކިޔޯ (އޯގަސްޓް 7) - ފިރިހެނުންގެ ފުޓްބޯޅައިގެ ފައިނަލުގައި ސްޕެއިންގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި އޮލިމްޕިކް ފުޓްބޯޅަ މުބާރާތުގެ ރަން މެޑަލް ބްރެޒިލްއިން ދިފާއުކޮށްފި އެވެ.

މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރު ވެގެން ނިމުމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ދެ ވަނަ ހާފު ފަށައިގެން ދެ މިނިޓް ތެރޭ ބްރެޒިލުން ލީޑް ނެގި އެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ މެލްކޮމް އެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖެހީ ވެސް ބްރެޒިލް އިންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ދެ ވަނަ މިނިޓުގައި ބްރެޒިލްގެ ލަނޑު މެޓިއުސް ކުންޔާ ކާމިޔާބު ކުރީ ވެޓްރަން ޑިފެންޑަރު ޑެނީ އަލްވޭސް ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ. ދެ ވަނަ ހާފުގައި، ސްޕެއިން އަށް ނަތީޖާ ހަމަހަމަކޮށް ދިނީ މިކެލް އޮޔާޒަބަލް އެވެ.

ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދި ބްރެޒިލުން އޮލިމްޕިކް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރި، މިއީ ދެ ވަނަ ފަހަރެވެ. އަމިއްލަ ގައުމުގައި 2016 ގައި ބޭއްވި މުބާރާތަކީ އެ ޓީމު ފުޓްބޯޅައިން ކާމިޔާބު ކުރި ފުރަތަމަ އޮލިމްޕިކް ރަން މެޑަލް އެވެ. ތިން ވަނަ ހޯދައިގެން ބްރޯންޒް މެޑަލް ހޯދީ މެކްސިކޯ އެވެ.

އަންހެނުންގެ ފުޓްބޯޅައިގެ ރަން މެޑަލް ކެނެޑާއިން ހޯދީ ސްވިޑެން ބަލި ކުރުމަށް ފަހު އެވެ. އޮލިމްޕިކްސް އަންހެން ފުޓްބޯޅައިގެ އެންމެ ކާމިޔާބު ގައުމު އެމެރިކާ އަށް މިފަހަރު ލިބުނީ ބްރޯންޒް މެޑަލް އެެވެ.