ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވާން ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ އެންމެ ފަހުން އެއްބަސްވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވާން ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ އެންމެ ފަހުން އެއްބަސްވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރެއާލާ އެކު އަންޗެލޮޓީ ހަދާފައިވާ ކޮންޓްރެކްޓުގައި ބާކީ އެއް އަހަރު އޮތް ނަމަވެސް، ޗެމްޕިއަންސް ލީގާއި، ސްޕެނިޝް ކަޕުން އެ ޓީމު ކަޓާފައިވާތީވެ އަންޗެލޮޓީ މި ސީޒަން ނިމުމުން މަގާމުން ވަކިވާނެ އެވެ. ޖޫން މަހު އޮންނަ ފީފާ ކްލަބް ވޯލްޑް ކަޕުގެ ކުރިން ރެއާލުން އާ ކޯޗެއް ގެންނާނެ އެވެ.
އަންޗެލޮޓީ ގެންނަން ބްރެޒިލުން މަސައްކަތްކުރާތާ އަހަރުތަކެއް ވަނީ ވެފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އަންޗެލޮޓީ ބްރެޒިލާ ހަވާލުވާނީ ޖޫން މަހު އޮންނަ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކާ ހަމައިންނެވެ. އަދި އޭނާ ހަވާލުވަނީ އަންނަ އަހަރު އުތުރު އެމެރިކާގައި އޮންނަ ވޯލްޑް ކަޕުގެ ނިޔަލަށް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ބްރެޒިލުން ވަނީ ކޮލިފައިންގައި މާޗު މަހު އާޖެންޓީނާ އަތުން 4-1 އިން ބަލިވުމުން ކޯޗު ޑޮރިވަލް ޖޫނިއާ މަގާމުން ވަކިކޮށްފަ އެވެ. އެ ޓީމު އޮތީ ކޮލިފައިންގައި ހަތަރު ވަނައިގަ އެވެ.
އަންޗެލޮޓީ އަކީ ކްލަބް ލެވެލްގައި ދުނިޔޭގެ އެންމެ ކާމިޔާބު އެއް ކޯޗެވެ. އޭނާ ވަނީ ކުރިން އޭސީ މިލާނާއި، ބެޔާން މިއުނިކާއި، ޗެލްސީ، އަދި ޕީއެސްޖީއާ އެކު ވެސް ކާމިޔާބީ ހޯދައިފަ އެވެ. ގައުމީ ޓީމެއްގައި އޭނާގެ ހަމައެކަނި ތަޖުރިބާއަކީ 1994 ގެ ވޯލްޑް ކަޕުގައި ފައިނަލުން ބްރެޒިލް އަތުން ބަލިވި އިޓަލީގެ އެސިސްޓަންޓް ކޯޗުކަމެވެ.
ބްރެޒިލްގެ އެޓޭކުގެ އެންމެ މުހިއްމު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ވިނީޝީއަސް ޖޫނިއާ އާއި، ރޮޑްރީގޯ އަކީ އަންޗެލޮޓީގެ ކޯޗުކަމުގައި ރެއާލުގައި ވިދާލި ކުޅުންތެރިންނެވެ.
އަންޗެލޮޓީގެ ފުރަތަމަ މޮޅާއެކު ބްރެޒިލް ވޯލްޑް ކަޕަށް
ބްރެޒިލަށް ކޯޗުކޮށްދިނުމަކީ ޝަރަފެއް: އަންޗެލޮޓީ
އަންޗެލޮޓީ؛ 100 އަހަރަށްފަހު ބްރެޒިލަށް ބޭރު ކޯޗެއް
ބްރެޒިލަށް އަންޗެލޮޓީ ދޫކޮށްލަން ރެއާލުން އެއްބަސް
ބްރެޒިލުން އަނެއްކާ ވެސް އަންޗެލޮޓީ ގެނެވޭތޯ ބަލަނީ
ބްރެޒިލްގެ ކޯޗުކަމާ އަންނަ އަހަރު އަންޗެލޮޓީ ހަވާލުވަނީ
ބްރެޒިލް ފެޑެރޭޝަންގެ ރައީސް، އަންޗެލޮޓީގެ އުންމީދުގައި
އަންޗެލޮއްޓީގެ ޝައުގެއް ބްރެޒިލް ޓީމަކަށް ނެތް
ރެއާލް ކްލަބް ވޯލްޑް ކަޕަށް ދާނީ އޮލޮންސޯއާ އެކު
ރެއާލްއާ ހަވާލުވާ އަލޮންސޯއަށް އަންޗެލޮޓީގެ ތައުަރީފު