05 އޯގަސްޓް 2021
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޕާސްޕޯޓު އެއް މަސްދުވަހުގެ މުއްދަތަކަށް މިއަދު ދޫކޮށްލާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޕާސްޕޯޓު އެއް މަސްދުވަހުގެ މުއްދަތަކަށް މިއަދު ދޫކޮށްލާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) "މިހާރު" އަށް ވިދާޅުވީ މިދިޔަ ޖުލައި މަހުން ފެށިގެން ހިފަހައްޓާފައިވާ އެ ޕާސްޕޯޓް ދޫކުރީ ކޯޓު އަމުރެއް ލިބުމުން ކަމަށެވެ.
ޑީއާރުޕީގެ ލީޑަރު ޖާބިރުގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަން މީޑިއާ އަށް ތިލަވީ، މަޖިލީހުގެ އިދާރާގެ ކައިރިއަށް މިދިޔަ އަންގާރަ ދުވަހު ވަޑައިގެން އަޑުގަދަކުރައްވައި، އެ އިދާރާގެ ދޮރުމަތީގައި އޮށޯވެ ވަޑައިގެން އިހުތިޖާޖު ކުރައްވާފައި ވަނިކޮށެވެ. ނަމަވެސް އޭނާގެ ޕާސްޕޯޓް ހިފެހެއްޓީ ކީއްވެ ކަމެއް އަދި ވަކި މުއްދަތަކަށް ޕާސްޕޯޓް ދޫކުރީ ކޮން ސަބަބަކާ ހެދި ކަމެއް ނޭނގެ އެވެ.
ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ޖާބިރު ވަނީ މަޖިލީހުގެ އިދާރާގެ މައި ދޮރާށީގެ ކައިރީގައި އިށީނދެވަޑައިގެން މިދިޔަ އަންގާރަ ދުވަހު އަޑުގަދަ ކުރައްވައިފަ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ ކިނބިގަސްދޮށުގެ ކައިރިއަށް އިއްޔެ މެންދުރު ވެސް ވަޑައިގެން އެތަނުގައި ހުރި ބައެއް ތަކެއްޗަށް ޖާބިރު ގެއްލުންދިން މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.
ޖާބިރުގެ ޕާސްޕޯޓު ހިފަހައްޓައިފި
ޖާބިރުގެ ޕާސްޕޯޓް ކެންސަލްކުރީ ގާނޫނާ ޚިލާފަށް: ކޯޓު
ޖާބިރު އެންމެ ފަހުން ލަންޑަނަށް އެތެރެވެއްޖެ
ޖާބިރުގެ ޕާސްޕޯޓް ކެންސަލްކޮށްފި
ވަގު ޕާސްޕޯޓެއްގައި އައި ތިން މީހަކު ހިފަހައްޓައިފި
ސަރަހައްދުގެ އެއް ވަަނައިގައި އަދިވެސް ދިވެހި ޕާސްޕޯޓް
އޮޅުވާލައިގެން ރާއްޖެ އައި ބިދޭސީންތަކެއް ހުއްޓުވައިފި
ކޮންމެ އަތޮޅަކުން ޕާސްޕޯޓް ހެއްދޭނެ ގޮތް ހަދަނީ
ޕާސްޕޯޓާއި އައިޑީއަށް މެނުއަލްކޮށް ހުށަހެޅޭގޮތް ހަދަނީ
ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓައިފި