Roadha Mihaaru
ޖާބިރުގެ ޕާސްޕޯޓު ހިފަހައްޓައިފި

ޖާބިރުގެ ޕާސްޕޯޓު ހިފަހައްޓައިފި

03 އޯގަސްޓް 2021

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

އަހުމަދު އިޔާދު އަހުމަދު އިޔާދު

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

ޑީއާރުޕީގެ ލީޑަރު ޖާބިރުގެ ޕާސްޕޯޓް ކޯޓު އަމުރަކާ ގުޅިގެން ހިފަހައްޓާފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ކަށަވަރު ކޮށްދެއްވި ނަމަވެސް އޭގެ ތަފުސީލެއް ނުދެއްވަ އެވެ.

ޖާބިރުގެ ޕާސްޕޯޓު މިދިޔަ ޖުލައި މަހުން ފެށިގެން ހިފަހައްޓާފައިވާ ކަން މީޑިއާ އަށް މި ތިލަވީ، މަޖިލީހުގެ އިދާރާގެ ކައިރިއަށް މިއަދު ހެނދުނު ވަޑައިގެން އަޑުގަދަކުރައްވައި، އެ އިދާރާގެ ދޮރުމަތީގައި އޮށޯވެ ވަޑައިގެން އިހުތިޖާޖު ކުރައްވާފައި ވަނިކޮށެވެ.

ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ޖާބިރު ވަނީ މަޖިލީހުގެ އިދާރާގެ މައި ދޮރާށީގެ ކައިރީގައި އިށީނދެވަޑައިގެން އަޑުގަދަ ކުރައްވައިފަ އެވެ. ނަމަވެސް އޭނާ ވިދާޅުވަމުން ގެންދެވި ގިނަ ވާހަކަތައް ސާފެއް ނުވެ އެވެ.

ޖާބިރު މަޖިލީހުގެ އިދާރާގެ ކައިރިއަށް ވަޑައިގެން، އަޑުގަދަ ކުރެއްވީ ކީއްވެ ކަމެއް ނޭނގެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ދަނިކޮށް ވެސް، އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ޖާބިރު އަމަލުކުރައްވައިގެން ޖަލްސާ ދޫކުރައްވައި ވަޑައިގަންނަވަން މީގެ ކުރިން އެތައް ފަހަރަކު އަންގާފައި ވެ އެވެ.