ގަވައިދާ ހިލާފަށް މީހުން ރެކްރޫޓް ކުރުމާއި ހުއްދަ ނެތި ރާއްޖޭގައި ވިޔަފާރި ކުރުމުގައި އުޅުނު ދެ ބިދޭސީއަކު ޑީޕޯޓު ކުރި މައްސަލައިގައި މޯލްޑިވްސް އިމިގްރޭޝަންގެ ވެރިން ރައްޔިތުންގެ މަޖިލިހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ހާޒިރު ކުރަން މިއަދު ފާސްކޮށްފަ އެވެ.
06 އޮކްޓޯބަރ 2019
ގަވައިދާ ހިލާފަށް މީހުން ރެކްރޫޓް ކުރުމާއި ހުއްދަ ނެތި ރާއްޖޭގައި ވިޔަފާރި ކުރުމުގައި އުޅުނު ދެ ބިދޭސީއަކު ޑީޕޯޓު ކުރި މައްސަލައިގައި މޯލްޑިވްސް އިމިގްރޭޝަންގެ ވެރިން ރައްޔިތުންގެ މަޖިލިހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ހާޒިރު ކުރަން މިއަދު ފާސްކޮށްފަ އެވެ.
އިމިގްރޭޝަނުން ޑީޕޯޓްކުރީ ބަންގްލަދޭޝްގެ ޝަފީގުލް އިސްލާމް ނަމަކަށް ކިޔާ މީހަކާއި އެ ގައުމުގެ އަބޫ ހަނީފް ނަމަކަށް ކިޔާ މީހެކެވެ. ދެ މީހުން އެނބުރި ގައުމަށް ފޮނުވާލީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން މަދުކުރަން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.
މަޖިލިހުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ އިމިގްރޭޝަނުން ދެ ބިދޭސީއަކު ޑިޕޯޓު ކުރި މައްސަލަ ކޮމިޓީން ބަލަން ޖެހޭ ކަމަށެވެ. އަދި އިމިގްރޭޝަންގެ ވެރިން ހާޒިރުކޮށް އެކަން ހިނގާފައި އޮތް ގޮތް ބަލަން ޖެހޭ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ދެ ބިދޭސީންނަކީ ޖިނާއީ އެތައް ތުހުމަތެއް ކުރެވޭ ދެ މީހުންނެވެ.
އިމިގްރޭޝަންގެ ވެރިން ހާޒިރު ކުރަން ހުށަހެޅުއްވި އުޝާމް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން އެއްވެސް ފިޔަވަޅެއް އަޅަން ޖެހިއްޖެ ނަމަ، ކޮމިޓީން އެޅުމަށް ވެސް އެދިވަޑައިގަންނަވާ ކަމަށެވެ.
އުޝާމްގެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވައި ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސަ ވިދާޅުވީ، އެއީ ގައުމީ ސަލާމަތާ ވަރަށް ބޮޑަށް ގުޅުން ހުރި މައްސަލައެއް ކަމަށެވެ. ތަހުގީގު ނުކޮށް، އެމީހުން ޑީޕޯޓު ކުރި މައްސަލަ ބަލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖޭގައި ކުށެއް ކުރި ކަން ތުހުމަތު ކުރެވޭ އެއްވެސް އިދާރާއަކުން އެ މައްސަލަ ތަހުގީގު ކުރަން ފަރާތަކާ ހަވާލު ކުރުމެއް ނެތި ރާއްޖެ އިން ބޭރަށް ފޮނުވާލެވިގެން ވާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެހެންވީމާ، ކުރިއަށް އޮތް ތަނުގައި އެކަހަލަ ކަމެއް ވިޔަ ނުދިނުމަށް އަޅުގަނޑުމެން ބަލަން ޖެހޭ މައްސަލައެއް އެއީ،" އީސަ ވިދާޅުވި އެވެ.
އިނގުރައިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓެ) ވިދާޅުވީ އިމިގްރޭޝަންގެ ވެރިންނަށް ސިޓީ ފޮނުވައިގެން އެކަން ހިނގި ގޮތް އޮޅުން ފިލުވުމުގެ ބަދަލުގައި އެބޭފުޅުން ކޮމިޓީ އަށް ހާޒިރު ކުރަން ޖެހޭ ކަމަށެވެ. އަދި ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން އެގޮތަށް ވަނީ ފާސްކޮށްފަ އެވެ.
ސައްހަ ލިޔެކިއުންތައް ނެތި ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން އުޅޭ އިރު ރާއްޖެ އަށް މީހުން ރެކްރޫޓްކުރުމުގެ ތެރެއިން ހިއުމަން ޓްރެފިކިން އަށް މަގުފަހިވާ އެތައް ކަމެއް ހިނގަ އެވެ. އެހެންވެ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ހިއުމަން ޓްރެފިކިން ވޮޗްލިސްޓްގައި ރާއްޖެ އިން ހިމެނޭތާ އަހަރުތަކެއް ވެއްޖެ އެވެ.
ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި، ޑީޕޯޓް ކުރި ދެ ބިދޭސީންގެ ތެރެއިން ހަނީފަކީ ރާއްޖެ އިން އެންމެ ގިނަ އަދަދަކަށް ޑޮލަރު ބޭރުކުރާ އެކެކެވެ. ގިނަ ވިޔަފާރިތަކެއް ހިންގާ އިރު، އޭނާ ރާއްޖެ އެތެރެވީ ވަޑިއަކަށެވެ. އެކަމަކު ފުރަން އެއާޕޯޓުގައި ހުއްޓައި އަތުލައިގަނެ، ޑީޕޯޓް ކޮށްލީ މަނީ ލޯންޑަރިން އާއި އެ ނޫން ވެސް ބޮޑެތި ކުށްތަކުގެ ތުހުމަތުގަ އެވެ.
ބިދޭސީންގެ މައްސަލަ ހައްލުކޮށް ދިނުމަށް އެދި ޕެޓިޝަނެއް
ބިދޭސީން ބޮޑެތި އަދަދުން ޖޫރިމަނާ ކުރެވޭ ގޮތް ހަދަނީ
ބަންގްލަދޭޝް މީހުންނަށް ވިސާގެ މައްސަލަ ކުރިމަތިވެއްޖެ
އިހުތިޖާޖުކުރި 55 ބިދޭސީން އިމިގްރޭޝަނަށް
4 މަސްތެރޭ އިމިގްރޭޝަން ވޮޗްއަށް 1،017 މައްސަލަ
ގަވާއިދާ ހިލާފްވި 30 ބިދޭސީއަކު ޑީޕޯޓްކޮށްފި
ބިދޭސީންގެ ލިމިޓް ކަނޑައަޅާނީ ހާލަތަށް ބަލާފައި
ބިދޭސީންނަށް މުސާރަ ނުދޭނަމަ ބައި ލައްކައިން ޖޫރިމަނާ
ބިދޭސީންގެ ފިހާރަތައް ފާސްކޮށް ހަ މީހަކު ހިފަހައްޓައިފި
ޑިޓެންޝަންސެންޓަރު ހުޅުވައި، ލިޔުން ނެތް މީހުން ނަގަނީ