Roadha Mihaaru
ދިރާގު ޓީވީ އާއި ދިރާގު ޕްލޭއިން އޮލިމްޕިކްސް ބެލޭނެ

ދިރާގު ޓީވީ އާއި ދިރާގު ޕްލޭއިން އޮލިމްޕިކްސް ބެލޭނެ

25 ޖުލައި 2021

މިހާރު ކުރިއަށް ގެންދާ ޓޯކިޔޯ އޮލިމްޕިކްސް 2020ގެ ހަރަކާތްތައް ދިރާގު ޓީވީ އާއި ދިރާގު ޕްލޭއިން އެޗްޑީ ކޮލިޓީގައި ބަލައިލެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މިހާރު ކުރިއަށް ގެންދާ ޓޯކިޔޯ އޮލިމްޕިކްސް 2020ގެ ހަރަކާތްތައް ދިރާގު ޓީވީ އާއި ދިރާގު ޕްލޭއިން އެޗްޑީ ކޮލިޓީގައި ބަލައިލެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދިރާގުން އޮލިމްޕިކްސްގެ ކުޅިވަރުތައް ދައްކާނީ ސޮނީ ސިކްސް އާއި ސޮނީ ޓެން 2 އެޗް.ޑީ އަދި ޔޭސް ޓީވީ މެދުވެރިކޮށެވެ.

މި އަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭގެ ހަތަރު އެތްލީޓަކު ވާދަކުރާއިރު އޭގެ ތެރޭގައި ދިރާގުގެ ބްރޭންޑް އެމްބެސެޑަރު އަދި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ވެސް ހިމެނެ އެވެ.

ދިރާގުން ވަނީ ސާއިދާއި އެހެން އެތުލީޓުންނަށް ކާމިޔާބީއަށް އެދި ހިތްވަރު ދީފަ އެވެ.

އޮލިމްޕިކްގައި ބައިވެރިވާ ރާއްޖޭގެ އެތުލީޓުންނަށް މަރުހަބާ ކިޔައި ދިރާގުން ކުރި ޓްވީޓް--

މުނިފޫހިފުލުވުމުގެ އެތައް ޗެނަލެއް ހިމޭނޭ ދިރާގު ޓީވީ މެދުވެރިކޮށް އެޗްޑީ ކޮލިޓީގައި އެއް ޑިވައިސް އަށް ވުރެ ގިނަ ޑިވައިސް އިން އެއްފަހަރާ، އެއް ޔޫސާ ނޭމް އަދި ޕާސްވޯޑެއް ބޭނުންކޮށްގެން ޓީވީ ބަލައިލެވޭނެ އެވެ. އެހެންކަމުން ދިރާގު ޓީވީގެ ކަސްޓަމަރުންގެ ތެރެއިން ބޭސިކް ޕެކޭޖުން ފެށިގެން މަތީގެ ޕެކޭޖްތައް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ހުރެގެން ވެސް އޮލިމްޕިކް ގޭމްތައް ބަލައިލެވޭނެ އެވެ.

ދިރާގު ޕްލޭ އެޕް މެދުވެރިކޮށް، ޖީއެސްޓީ ނުލައި މަހަކު އެންމެ 65ރ. ދައްކައިގެން މެޗުތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ޗެނަލްތައް ފޯނު ފަދަ ޑިވައިސްތަކުން ކޮންމެ ތަނެއްގައި ހުރެ ވެސް ބަލައިލެވޭނެ އެވެ. ދިރާގު ވައިފައި ނެޓްވޯކެއްގައި ދިރާގު ޕްލޭ ބޭނުން ކުރަން އިތުރު ޑޭޓާ ހަރަދެއް ނުދާނެ އެވެ.

ދިރާގުން ބުނިގޮތުގައި، އެ ކުންފުނިން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ ކޮންޓެންޓާއި އޮފާތައް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށެވެ.