ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ އެންމެ ފަހުގެ މައުލޫމާތާއި ކުރިން އާންމު ނުކުރާ ބައެއް ކަންކަން ހާމަކުރަން މިރޭ މީޑިއާ ބްރީފިންއެއް ބާއްވަން ފުލުހުން ނިންމައިފި އެވެ.
24 ޖުލައި 2021
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ އެންމެ ފަހުގެ މައުލޫމާތާއި ކުރިން އާންމު ނުކުރާ ބައެއް ކަންކަން ހާމަކުރަން މިރޭ މީޑިއާ ބްރީފިންއެއް ބާއްވަން ފުލުހުން ނިންމައިފި އެވެ.
މިރޭ ނުވައެއް ޖަހާއިރު ބާއްވާ މި ބްރީފިންގައި މައުލޫމާތުތައް ހާމަކުރައްވާނީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އަދި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ނަޝީދަށް ދިން ހަމަލައާ ގުޅިގެން ހިންގި ތަހުގީގުން ސާފުވި ވަރަށް ގިނަ ކަންކަން ފުލުހުން މިރޭ މީޑިއާ އަށް ދޫކޮށްލާނެ އެވެ.
ހަމަލާގެ ތަހުގީގުގެ ކުރީކޮޅު ވެސް ސީޕީ ހަމީދާއި ޕީޖީ ޝަމީމް އަދި އޭސީޕީ ރިޔާޒް އެކުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މައުލޫމާތު ހިއްސާކުރެއްވި އެވެ. އެކަމަކު، އެއީ ތަހުގީގުގެ ކުރީކޮޅު ވުމުން ނޫސްވެރިންގެ ގިނަ ސުވާލުތަކަށް އޭރު ޖަވާބެއް ނުދެއްވަ އެވެ.
ނަޝީދަށް ދިން ހަމަލައިގެ ތަހުގީގަށް ފާހަގަވި މުހިންމު ބައެއް މައުލޫމާތުތައް މިރޭ ހާމަކުރާއިރު، އެ މައްސަލައިގައި ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.
އެއީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހު އެވެ.
އެ ހަތަރު މީހުންގެ މައްސަލަ ޕީޖީ އޮފީހަށް ލިބުމާ ގުޅިގެން ޕީޖީ ޝަމީމް މި މަހުގެ 21 ގައި ވިދާޅުވީ، އެ މީހުންގެ މައްޗަށް ދައުވާ ކުރުމާ މެދު 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.
މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ނަޝީދު ކާރުކޮޅަށް އަރުއްވަން ވަޑައިގަންނަވަނިކޮށް، ނީލޯފަރު ހިނގުމާއި މަޖީދީ މަގާ ގުޅޭ ކަންމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް، އެ ގޮއްވާލައި އެ މަނިކުފާނު ޒަހަމްކޮށްލި މައްސަލައިގައި ހަމަލާއާ ގުޅުންހުރި ހަތް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
މި ހަތް މީހުންގެ ތެރެއިން ތިން މީހަކު މިހާރު ވަނީ ޝަރިއާތް ނިމެންދެން ބަންދުކޮށްފަ އެވެ. އެއީ އަދުހަމާއި މުޖާޒާއި ތަހުމީނެވެ.
މި ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ ނ. މަނަދޫ ނޫރީގެ، އަލީ ހައިޝަމް 30 ދުވަހަށް ބަންދު ކުރަން ވެސް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ހަމަލާއާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން ފުލުހުން ވަނަވަރު ހާމަކޮށްފައި ވަނީ، އަދުހަމް، މުޖާޒް، ތަހުމީން، ހައިޝަމްގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ އެވެ. ހަތް މީހުންގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފައި ވަނީ މި ހަމަލަ އަށް ފަހު ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި ހަރުކަށި ފިކުރާ ދެކޮޅު އޮޕަރޭޝަންގެ ތެރެއިންނެވެ.
ހައިޝަމް ހައްޔަރު ކުރީ ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އެ އޮޕަރޭޝަންގެ ތެރެއިންނެވެ.
މި ހަމަލާއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ބޮޑު އިންކުއަރީއެއް ކޮށް، އެ އިންކުއަރީގެ ރިޕޯޓް ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ.
ހަމަލާދިން މީހުންނަށް ދައުވާކުރުމާ ގުޅޭ ތަފުސީލް މާދަމާ
ބޮން "ހަރުކުރި" ހައިޝަމަށް ދައުވާކުރަން ފޮނުވައިފި
ނަޝީދަށް ދިން ހަމަލައާ ގުޅިގެން ދައުވާކުރަން ފޮނުވައިފި
ނަޝީދަށް ދިން ހަމަލައާ ސިޔާސީ ގުޅުމެއް ނެތް: އައްބާސް
"ފަހުން ލިބޭ ހެކިން އިތުރު ބަޔަކަށް ދައުވާކުރެވިދާނެ"
މެއި 6 ގެ ހަމަލާ: އިތުރު ތިން މީހަކަށް ދައުވާކޮށްފި
އަދުހަމް ފިލުވަން ސިފަ ބަދަލުކުރަން އުޅުނު
ހަމަލާއަކީ އިސްލާމްދީނާ ގުޅޭ ކަމެއް ނޫން: ޕީޖީ ޝަމީމް
ފާތިހަށް މިވަގުތު ދައުވާ ނުކުރަން ނިންމައިފި
ހަމަލައަށް ހޭދަކުރިތޯބަލަނީ ވަކި މައްސަލައެއްގެ ގޮތުގައި