21 ޖުލައި 2021
މެޑްރިޑް (ޖުލައި 21) - ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ދައްކަވާފައިވާ ވާހަކަތަކުގެ އޯޑިއޯ ލިކުވި މައްސަލައިގައި ޕެރޭޒް މާފަށް އެދިފައިވާ ކަމަށް ރެއާލަށް ކުރިން ކުޅުނު ލުއިސް ފީގޯ ބުނެފި އެވެ.
މެޑްރިޑް (ޖުލައި 21) - ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ދައްކަވާފައިވާ ވާހަކަތަކުގެ އޯޑިއޯ ލިކުވި މައްސަލައިގައި ޕެރޭޒް މާފަށް އެދިފައިވާ ކަމަށް ރެއާލަށް ކުރިން ކުޅުނު ލުއިސް ފީގޯ ބުނެފި އެވެ.
ސްޕެއިންގެ "އެލް ކޮންފިޑެންޝަލް" ނޫހުން ލީކު ކޮށްލި ޕެރޭޒްގެ އޯޑިއޯތަކުގައި އޭނާ ވަނީ ފީގޯ ހިމެނޭ ގޮތަށް ރެއާލްގެ ކުރީގެ ކުޅުންތެރިންނަށް ރައްދުވާ ގޮތަށް ދަށު ދަރަޖައިގެ ވާހަކަ ދައްކަވައިފަ އެވެ.
އިޒްރޭލުގެ ތެލް އަވީވްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ކުރީގެ ކުޅުންތެރިން ކުޅުނު ވެޓްރަންސް އެލް ކްލެސިކޯ މެޗަށް ފަހު، ބާސާ އަށް ވެސް ކުރިން ކުޅުނު ފީގޯ ބުނީ ޕެރޭޒްގެ އެ ވާހަކަތަކަކީ މީހަކާ ޕްރައިވެޓްކޮށް ދެއްކި ވާހަކައެއް ކަމަށާއި އޯޑިއޯތަކުގައިވާ ވާހަކަތަކަކީ ވަކިވަކި ތަންތަން ކޮޅުން ނަގައިގެން ދައްކާފައިވާ ވާހަކަތަކަކަށް ވުން ވެސް އެކަށީގެންވާ ކަމަށެވެ.
"އަހަރެން ބުނިހެން އެއީ ޕްރައިވެޓްކޮށް ދައްކާފައިވާ ވާހަކަތަކެއް އަދި އެ ވާހަކަތަކާ ގުޅިގެން ޕެރޭޒް މާފަށް އެދުނު. އެހެންވީމަ އަހަންނަށް އެ މައްސަލަ ވަނީ ނިމިފައި."
ޕެރޭޒްގެ އޯޑިއޯތަކުގައި އެންމެ ބޮޑަށް ފާޑު ކިޔުން އަމާޒުވީ ކުރީގެ ދެ ކެޕްޓަނުން ކަމަށްވާ، ރައުލް ގޮންޒާލޭޒް އާއި ގޯލް ކީޕަރު އިކާ ކަސިއަސް އަށެވެ. އެ ދެ މީހުން ވެސް މިހާރު ދަނީ ރެއާލްގައި މަސައްކަތް ކުރަމުންނެވެ. ރައުލް އަކީ ރެއާލްގެ ބީ ޓީމުގެ ކޯޗެވެ. ކަސިއަސް މަސައްކަތް ކުރަމުން ގެންދަނީ ރެއާލް މެޑްރިޑް ފައުންޑޭޝަންގަ އެވެ. ތެލް އަވީވްގައި ކުޅުނު މެޗުގައި ކަސިއަސް ވަނީ ބައިވެރިވެފަ އެވެ.
ވަރުގަދަ ނުފޫޒެއް ޕެރޭޒް ބޭނުންކުރާކަމުގެ ތުހުމަތު
ޕެރޭޒް މެންޗެސްޓާއަށް ދަނީ އެއްދޮނުގައި ދެ ބުޅި ޖަހަން
ވިނީޝިއުސްއާ ދިމާކުރުމުން ޕެރޭޒްގެ ދަތުރު ކެންސަލްކޮށްފި
މިހާރު އެއީ ރެއާލް ބޭނުންވި އެމްބާޕޭއެއް ނޫން
ސުޕަ ލީގު ކްލަބްތަކަށް ޔޫއެފާއިން މާފުދީފި
"ޕެރޭޒަށް ޔޫއެފާ އިން ފާޑުކިޔުން ގަބޫލެއް ނުކުުރެވޭނެ"
އަބުރު ނަގާލި ކަމަށް ބުނެ ޕެރޭޒް ކޯޓަށް
މީޑިއާ އިން ޕެރޭޒް ފަޅާއަރުވައިލައިފި
ފުޓުބޯޅައިގެ މަގުބޫލުކަން ދަނީ ގެއްލެމުން: ޕެރޭޒް
ކުލަބުތައް ހަތިޔާރު ބަހައްޓައިފި، ޕެރޭޒް އަމާން ނުދޭނެ