22 ޖުލައި 2021
ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިން ހިދުމަތް، ނެޓްފްލިކްސް އިން ވީޑިއޯ ގޭމް އުފައްދަން އުޅޭކަން ކަށަވަރުކޮށް ދީފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިން ހިދުމަތް، ނެޓްފްލިކްސް އިން ވީޑިއޯ ގޭމް އުފައްދަން އުޅޭކަން ކަށަވަރުކޮށް ދީފި އެވެ.
މި ވާހަކަ މިދިޔަ ހަފުތާގެ ތެރޭގައި މީޑިއާތަކުގައި ދެކެވެން ފެށީ ވީޑިއޯ ގޭމްގެ ތަޖުރިބާކާރެއް ކަމަށްވާ މައިކް ވާޑޫ ކުންފުންޏާ ގުޅުމާ އެކީގަ އެވެ. އޭނާ މަސައްކަތްކުރައްވާނީ ނެޓްފްލިކްސްގެ ގޭމް ޑިވެލޮޕްމަންޓްގެ ވައިސް ޕްރެޒިންޑެންޓެއްގަ ގޮތުގަ އެވެ.
ކުންފުނިން އާންމުކުރި މި އަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓްގައި ވީޑިއޯ ގޭމް އުފައްދާ ވާހަކަ ހިއްސާކޮށް ބުނެފައި ވަނީ އެކަން އަދި އޮތީ ވަރަށް ކުރީކޮޅުގެ މަރުހަލާއެއްގައި ކަމަށެވެ. އެކަމަކު ވީޑިއޯ ގޭމް އުފައްދަން ކުރާ މަސައްކަތުގެ ތެރޭގައި އެންމެ ފުރަތަމަ ފޯކަސްކުރާނީ މޮބައިލް ޑިވައިސްތަކަށް ވީޑިއޯ ގޭމް އުފައްދަން ކަމަށް ބުންޏެވެ.
އޭގެ ފަހުން ނެޓްފްލިކްސް ޕްލެޓްފޯމްގައި ގޭމް ކުޅެވޭނެ ގޮތް ހަދާނެ ކަމަށެވެ. އެކަމަކު ގޭމް ކުޅެން ސަބްސްކްރިޕްޝަނަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށް ބުންޏެވެ.
އެހެންވެ ނެޓްފްލިކްސްގެ ސަބްސްކްރައިބްކޮށްފައިވާ މީހުންނަށް ލިބޭ އިތުރު ކޮންޓެއްގެ ގޮތުގައި ވީޑިއޯ ގޭމް ކެޓަރީއެއްގެ ހިމެނޭނެ އެވެ. ނަމަވެސް މިކަން ކުރާނެ ގޮތުގެ އިތުރު ތަފުސީލެއް ވެސް ނުދެ އެވެ.
"ފުރަތަމަ މައިގަނޑު ގޮތަކަށް އިސްކަންދޭނީ މޮބައިލް ޑިވައިސްތަކަށް ވީޑިއޯ ގޭމް ގެނައުން. އޭގެ ފަހުން މިކަން އިތުރަށް ފުޅާކުރެވިގެން ދާނެ،" ނެޓްފްލިކްސް އިން ބުންޏެވެ. "އެހެންވެ ކުރިއަށް އޮތް ތަނުގައި މެމްބަރުންގެ ސަބްސްކްރިޕްޝަންގެ ތެރެއަށް އިތުރު ފީއަކާ ނުލައި ވީޑިއޯ ގޭމް ކޮންޓެންޓް ހިމެނޭނެ.
ވީޑިއޯ ގޭމް އުދައްދަން ނިންމިކަން ކަށަވަރުކޮށް ދިން ނަމަވެސް، އުފައްދާނެ ގޭމްތަކާ ބެހޭ އެއްވެސް ތަފުސީލެއް އަދި ނެޓްފްލިކްސްގެ ތެރެއިން ވީޑިއޯ ކުޅެން ލިބޭނެ އިރެއް ވެސް ހާމައެއް ނުކުރެ އެވެ.
އެ ކުންފުންޏާ ގުޅުނު މައިކް އަކީ ފޭސްބުކްގެ އޮކިއުލަސް ސްޓޫޑިއޯސް އާއި އެތަނުގެ ރިއަލިޓީ ލެބްސް އާއި އީއޭ (އިލެކްޓްރޯނިކް އާޓްސް) ގޭމް ފަދަ ތަންތަނުގައި މަސައްކަތްކޮށްފައިވާ ވީޑިއޯ ގޭމާއި ޓެކްނޮލޮޖީ ދާއިރާގެ ތަޖުރިބާކާރެކެވެ. މައިކް ހިއްސާވި ގައުމުތަކުގެ ތެރޭގައި "ސިމްސިޓީ ބިލްޑްއިޓް"، "ޕްލާންޓްސް ވާސަސް ޒޮމްބީޒް 2"، "ދަ ސިމްސް ފްރީޕްލޭ"، "ދަ ސިމްޕްސަންސް: ޓެޕްޑް އައުޓް" އަދި "ސްޓާ ވޯސް: ގެލެކްސީ އޮފް ހީރޯސް" ފަދަ އެތައް ގޭމެއް ހިމެނެ އެވެ.
ނެޓްފްލިކްސް އިން ވީޑިއޯ ގޭމްތަކެއް ލޯންޗްކޮށްފި
ނެޓްފްލިކްސް އިން ވީޑިއޯ ގޭމް އުފައްދަނީ
"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ އަޕްޑޭޓެއް
ބޮލީވުޑްގެ ވަރުގަދަ ކާސްޓަކާ އެކު "ދަ ރޯޔަލްސް"
ނެޓްފްލިކްސްގެ "ކާލާ ޕާނީ"ގެ ދެވަނަ ސީޒަނެއް
ނެޓްފްލިކްސްއަށް ހަ މިލިއަނެއްހާ އާ ސަބްސްކްރައިބަރުން
ނެޓްފްލިކްސްގެ ކޯ-ސީއީއޯ ރީޑް މަގާމުން ވަކިވެއްޖެ
ނެޓްފްލިކްސްގެ ބޮޑެތި ޝޯތަކެއްގެ ގޭމް ނެރެނީ
ނެޓްފްލިކްސް އިން ލައިވް ސްޓްރީމިން ފަށަނީ
ނެޓްފްލިކްސް އިން ގިނަ މުވައްޒަފުންތަކެއް ވަކިކޮށްފި