Roadha Mihaaru
ނެޓްފްލިކްސް އިން ވީޑިއޯ ގޭމް އުފައްދަނީ

ނެޓްފްލިކްސް އިން ވީޑިއޯ ގޭމް އުފައްދަނީ

16 ޖުލައި 2021

ދުނިޔޭގެ އެންމެ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމް، ނެޓްފްލިކްސް އިން ވީޑިއޯ ގޭމް އުފައްދަން އުޅޭކަމުގެ އިޝާރާތެއް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔޭގެ އެންމެ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމް، ނެޓްފްލިކްސް އިން ވީޑިއޯ ގޭމް އުފައްދަން އުޅޭކަމުގެ އިޝާރާތެއް ދީފި އެވެ.

މި ވާހަކަ ދެކެވެން ފަށާފައި މި ވަނީ ކުންފުނީގެ އެކްޒެކެޓިވް ލެވެލްގެ މަގާމަކަށް، މަޝްހޫރު ވީޑިއޯ ގޭމް ޑިނައިނަރު މައިކް ވާޑޫ ހަމަޖެއްސުމާ ގުޅިންގެނެވެ. ބްލޫމްބާގް އިން ބުނި ގޮތުގައި އޭނާ ނެޓްފްލިކްސްގައި މަސައްކަތްކުރާނީ ކުންފުނީ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގްރެގް ޕީޓާޒްގެ ބެލުމުގެ ދަށުން ނެޓްފްލިކްސްގެ ގޭމް ޑިވެލޮޕްމަންޓްގެ ވައިސް ޕްރެޒިންޑެންޓެއްގަ ގޮތުގަ އެވެ.

މައިކް އަކީ ފޭސްބުކްގެ އޮކިއުލަސް ސްޓޫޑިއޯސް އާއި އެތަނުގެ ރިއަލިޓީ ލެބްސް އާއި އީއޭ (އިލެކްޓްރޯނިކް އާޓްސް) ގޭމް ފަދަ ތަންތަނުގައި މަސައްކަތްކޮށްފައިވާ ވީޑިއޯ ގޭމާއި ޓެކްނޮލޮޖީ ދާއިރާގެ ތަޖުރިބާކާރެކެވެ. މައިކް ހިއްސާވި ގައުމުތަކުގެ ތެރޭގައި "ސިމްސިޓީ ބިލްޑްއިޓް"، "ޕްލާންޓްސް ވާސަސް ޒޮމްބީޒް 2"، "ދަ ސިމްސް ފްރީޕްލޭ"، "ދަ ސިމްޕްސަންސް: ޓެޕްޑް އައުޓް" އަދި "ސްޓާ ވޯސް: ގެލެކްސީ އޮފް ހީރޯސް" ފަދަ އެތައް ގޭމެއް ހިމެނެ އެވެ.

މައިކް.

މައިކް.

ބްލޫމްބާގް އިން ބުނެފައިވާ ގޮތުގައި އޭ ނާއާ އެކު ނެޓްފްލިކްސް ވީޑިއޯ ގޭމްގެ ތެރެއަށް ރަސްމީކޮށް ވަންނާނީ އަންނަ އަހަރުގެ ތެރޭގަ އެވެ. މިއާ އެކު އެ ޕްލެޓްފޯމްގެ ކޮންޓެންޓްތައް ސްޓްރީމްކޮށްގެން ބެލޭ ގޮތަށް ވީޑިއޯ ގޭމް ކުޅުމުގެ ފުރުސަތު ވަރަށް އަވަސް މުސްތަގުބަލެއްގެ ތެރޭގައި ހަމަޖެހިގެން ދާނެ އެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން ނެޓްފްލިކްސްއިން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.