21 ޖުލައި 2021
ޖޯޑަންގެ ރަސްގެފާނު އަބްދުﷲ، އެމެރިކާ އަށް ވަޑައިގެން ރައީސް ޖޯ ބައިޑެން އާއި ނައިބު ރައީސް ކަމަލާ ހެރިސްއާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.
ޖޯޑަންގެ ރަސްގެފާނު އަބްދުﷲ، އެމެރިކާ އަށް ވަޑައިގެން ރައީސް ޖޯ ބައިޑެން އާއި ނައިބު ރައީސް ކަމަލާ ހެރިސްއާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.
ވައިޓް ހައުސްގައި އަބްދުﷲ ރަސްގެފާނާ އެކު މަޝްވަރާ ކުރެއްވުމަށް ފަހު، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ ޖޯޑްން އާއި އެމެރިކާއާ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށެވެ.
އަބްދުﷲ ރަސްގެފާނުގެ މި ދަތުރުފުޅަކީ، މިދިޔަ ޖެނުއަރީ މަހު އެމެރިކާގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ޖޯ ބައިޑެންގެ އަރިހަށް އަރަބި ގައުމެއްގެ ވެރިއަކު ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. އަދި މިއީ އަބްދުﷲ ރަސްގެފާނުގެ ވެރިކަން ވައްޓައިލުމަށް އެއްބަފާ ކޮއްކޯފުޅު، އަމީރު ހަމްޒާ އަޑީގައި ހުންނަވައިގެން ރޭވި ރޭވުންތަކާ، އެމެރިކާ އިން ދެކޮޅު ހަދާ ކަން ރަމްޒު ކޮށްދިން ބައްދަލުވުމެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
"އަހަރެމެން ދެ ގައުމުގެ ދެމެދުގައިވާ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމުގައި އަހަރެމެން ދެމިތިބޭނަން،" ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ރަސްގެފާނު އަބްދުﷲގެ އަރިހުގައި އިންނަވައި، ބައިޑެން ވިދާޅުވި އެވެ.
އަބްދުﷲ ރަސްގެފާނުގެ ވެރިކަމުގައި އެމެރިކާއާ އެކު ޖޯޑްން ސަރުކާރުން ބަހައްޓާ ގާތް ގުޅުމަށްޓަކައި، ބައިޑެން ޝުކުރު އަދާކުރެއްވި އެވެ. ބައިޑެން ވިދާޅުވި ގޮތުގައި އަބްދުﷲ ރަސްގެފާނަކީ އޭނާގެ ވަރަށް ގާތް ޒަމާންވީ ރަހްމަތްތެރިއެކެވެ.
ބައިޑެން ވިދާޅުވި ގޮތުގައި ޖޯޑްން އަކީ ވަރަށް "އުނދަގޫ ބޮޑު" އަވައްޓެރިންތަކެއްގެ ތެރޭގައި އޮތް ގައުމެއް ކަމަށެވެ. ނަމަވެސް، ޖޯޑްން އިން އަބަދުވެސް އެމެރިކާ އަށް އެހީތެރިވެދޭ ކަމަށާއި އެމެރިކާ އަބަދުވެސް ޖޯޑްން އަށް އެހީތެރިވެދޭނެ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.
އަބްދުﷲ ރަސްގެފާނުގެ ވާހަކަފުޅުގައި، މެދުއިރުމަތީގައި ސުލްހަ ދެމެހެއްޓުމަށް ކުރާ މަސައްކަތުގައި، ޖޯޑްން އަށް ދިމާވެފައިވާ ގޮންޖެހުންތައް ބައިޑެންއާ ހިއްސާ ކުރެއްވި އެވެ. އަދި އެކަމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަން، ޖޯޑްން އާއި ބައިވެރިން ތައްޔާރަށް ތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބައިޑެންއާ އެކު ކުރެއްވި މަޝްވަރާތަކަށް ފަހު، ރަސްގެފާނު އަބްދުﷲ، އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސްއާ ވެސް އިއްޔެ ވޮޝިންޓަންގައި ބައްދަލުކުރެއްވި އެވެ. ދެ ބޭފުޅުންގެ ބައްދަލުވުން ކުރިއަށް ދިޔައީ ހެނދުނުގެ ނާސްތާގެ ތެރެއިންނެވެ.
ދެ ބޭފުޅުންގެ މަޝްވަރާތަކުގައި، ކޮވިޑް-19ގެ ވަބާއިން ރައްކާތެރިވުމުގައި ދެ ގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވި އެވެ. އޭގެ އިތުރުން ކޮވިޑާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތް ވެސް ދެ ބޭފުޅުން ހިއްސާ ކުރެއްވި އެވެ.
އަބްދުﷲ ރަސްގެފާނުގެ މިދަތުރުފުޅުގައި، އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން އާއި ކޮންގްރެސްގެ ބައެއް މެމްބަރުންނާ ވެސް އިއްޔެ ބައްދަލުކުރެއްވި އެވެ. ރަސްގެފާނުގެ މި ދަތުރުފުޅުގައި އަނބިކަނބަލުން ރާނީ ރާނިޔާ އާއި ދަރިކަލުން އަދި ވަލީ އަހުދު ހުސައިން ބިން އަބްދުﷲ ވެސް ބައިވެރިވެވަޑައިގަތެވެ.
ބައިޑެންއާ ބައްދަލުނުކުރަން މިސްރާއި ޖޯޑަން ނިންމައިފި
"އިންތިހާބުން ވަކިވީ ޒުވާން ޖީލަށް ފުރުސަތު ދޭން"
އެމެރިކާގެ ދިފާއީ ވަޒީރު މެދުއިރުމައްޗަށް
އެމެރިކާގެ ތާރީހުގައި އެންމެ ތަފާތީ ބައިޑެން ސަރުކާރު
ޔޫކްރޭން ދުވަހަކު ވެސް އެކަންޏެއް ނުވާނެ: ބައިޑެން
ބައިޑެންގެ ދެކަނބަކުން ބުޅަލެއް އެޑޮޕްޓްކުރައްވަނީ
ސުލްހަ ގެނެވޭނެ ހަމައެކަނި ގޮތަކީ ފަލަސްތީންގެ ދައުލަތް
ބައިޑެންގެ ވެރިކަމުގެ ފަހު ވަގުތު ދަރިފުޅަށް މާފު ދީފި
ބަދަލުހިފުމެއް ނެތި ޓްރަމްޕަށް ބައިޑެން ދެއްކެވީ ނަމޫނާ
ތަފާތު ބޮޑުކޮށް ޓްރަމްޕް އަލުން ވެރިކަމަށް