17 ޖުލައި 2021
ސްމާޓް ޑިވައިސްތަކާ އެކު އޮންލައިންކޮށް މުއާމަލާތްކުރަން ނުވަތަ ޝުއޫރު ފާޅުކުރަން މިހާރު ބޭނުންކުރާ އިމޯޖީތަކުގެ ތެރެއިން އެންމެ މަގުބޫލީ ލާފް އައުޓް ލައުޑް (ލޮލް) ކަމަށް ސާވޭއަކުން ދައްކައިފި އެވެ.
ސްމާޓް ޑިވައިސްތަކާ އެކު އޮންލައިންކޮށް މުއާމަލާތްކުރަން ނުވަތަ ޝުއޫރު ފާޅުކުރަން މިހާރު ބޭނުންކުރާ އިމޯޖީތަކުގެ ތެރެއިން އެންމެ މަގުބޫލީ ލާފް އައުޓް ލައުޑް (ލޮލް) ކަމަށް ސާވޭއަކުން ދައްކައިފި އެވެ.
ދުނިޔޭގެ ބޮޑެތި މަޝްހޫރު ބައެއް ގައުމުތަކުގެ 7،000 ވުރެ ގިނަ މީހުންނާ ސުވާލުކޮށްގެން އަޑޯބީގެ ރިސާޒަރުންގެ ޓީމަކުން ހެދި ސާވޭގެ ނަތީޖާތަކުން ދައްކާ ގޮތުން އެންމެ ގިނަ ބަޔަކު، އެންމެ އާންމުކޮށް ބޭނުންކުރާ އިމޯޖި އަކީ ބާރަށް ހީހީ ލޮލުން ކަރުނަ އަންނަ ގޮތް ސިފަކުރާ "ލޮލް" އިމޯޖީ އެވެ.
އޭގެ ފަހަތުން ދެވަނަ އަށް އެންމެ ގިނައިން ބޭނުންކުރަނީ ބަރާބަރު ކަމަށް އިޝާރާތްކޮށްދޭ "ތަމްބްސް އަޕް" އެވެ. ގަދަ ތިނެއްގެ ތިން ވަނައިގައި އޮތީ "ރެޑް ހާޓް" އިމޯޖީ އެވެ.
ގަދަ ފަހަކަަށް ބަލާއިރު ހަތަރު ވަނައިގައި އޮތީ "ވިންކް އެންޑް ކިސް" އިމޯޖީ އެވެ. ފަސް ވަނައިގައި އޮތީ ހިތާމަ ސިފަކޮށްދޭ "ސޭޑް ފޭސް ވިތު ޓިއާ" އެވެ.
އެންމެ ގިނައިން ބޭނުންކުރާ އިމޯޖީތަކާ ގުޅޭ ސާވޭއެއް "2021 ގްލޯބަލް އިމޯޖީ ޓްރެންޑް ރިޕޯޓް" ނަމުގައި ހަދައި އޭގެ ނަތީޖާ އަޑޯބީން އާންމުކޮށްފައި މި ވަނީ މިއަދު ފާހަގަކުރާ ވޯލްޑް އިމޯޖޭ ޑޭއާ ވެސް ގުޅުވައިގެން ބުރާސްފަތި ދުވަހު އެވެ.
ވޯލްޑް އިމޯޖީ ޑޭ ޖުލައި މަހުގެ 17 ގައި ފާހަގަކުރަން ފަށާފައި ވަނީ 2014 އިން ފެށިގެންނެވެ. އެ ދުވަސް ފާހަގަކުރަނީ އިމޯޖީގެ މޭސްތިރިޔާ އިނގިރޭސިވިލާތުގެ ޖެރެމީ ބާޖްއާ ވެސް ގުޅުވައިގެންނެވެ. އޭނާ އިމޯޖީ ތައާރަފުކުރީ 2014 ގަ އެވެ.
އޭގެ ފަހުން އިމޯޖީވެފައި ވަނީ އިންސާނުންގެ މުއާމަލާތަށް ބޭނުންކުރެވޭ ވަރަށް ތަފާތު އަދި ޝައުގުވެރި "ބަހުރުވައަކަށެވެ."
ފޯނުން އިމޯޖީ ބޭނުން ކުރަނީ.
ވޯލްޑް އިމޯޖީ ޑޭ އަކީ މިހާރު 2017 އިން ފެށިގެން އެޕަލް ކުންފުނިން ވެސް އާ އިމޯޖީތަކެއް ނެރެން ހާއްސަ ދުވަހެއްގެ ގޮތުގައި ބޭނުންކުރާ ދުވަހެކެވެ.
އަޑޯބީގެ ސާވޭ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި އިމޯޖީތަކުގެ ތެރެއިން އާންމުންމެ މެދުގައި އެންމެ އޮޅުންބޮޅުން ބޮޑު ދެ އިމޯޖީ ސަކީ ދަނބު ކުލައިގެ ބައްޓެއް ސިފަކޮށްދޭ "އެގްޕްލާންޓް" އިމޯޖީ އާއި "ޕީޗް" އަދި "ކްލައުން" އިމޯޖީ އެވެ.
ސާވޭގައި ބުނެފައިވާ ގޮތުގައި 90 ޕަސެންޓް މީހުން މުއާމަލާތްތަކަށް އިމޯޖީ ބޭނުން ކުރަނީ ޝުއޫރުތައް ފާޅުކުރަން ވަރަށް ބޮޑު ފަސޭހައަކަށްވާތީ އެވެ. އަދި 89 ޕަސެންޓް މީހުން ބުނެފައިވާ ގޮތުގައި އިމޯޖީތަކުގެ ސަބަބުން ތަފާތު ބަހުރުވަ ބޭނުންކުރާ މީހުންނާ މުއާމަލާތްކުރުމުގައި ދިމާވާ ހުރަސްތައް ނައްތައިލަދެ އެވެ. މީގެ އިތުރުން ސާވޭގައި ބައިވެރިވި 67 ޕަސަންޓް މީހުން ގަބޫލުކުރާ ގޮތުގައި މުއާމަލާތްތަކުގައި އިމޯޖީ ބޭނުންކުރާ މީހުންނަކީ "މީހުންނާ ގުޅޭ، މަޖާ އަދި ސަކަ" ބައެކެވެ.
ފަންސާސް ފަސް ޕަސެންޓް މީހުން ބުނެފައިވާ ގޮތުގައި މުއާމަލާތްކުގައި އިމޯޖީ ބޭނުންކުރުމުން ނަފުސާނީ ގޮތުން ކުރާ އަސަރުތަކަށް ހެޔޮ ބަދަލުތައް ވެސް ގެނުވަ އެވެ. މީގެ އިތުރުން ސާވޭގައި ބައިވެރިވި 76 ޕަސަންޓް މީހުން ބުނެފައިވާ ގޮތުގައި އިމޯޖީ އަކީ މި ޒަމާނަށް ބަލާ އިރު މުއާމަލާތަކަށް ވަރަށް ވެސް ބޭނުންތެރި އަދި ދޭދޭ މީހުންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކޮށްދީ އެއްބައިވަންތަކަމަށް ވެސް ބާރުދޭ އެއްޗެކެވެ.
ދިރާސާގައި 88 ޕަސެންޓް މީހުން ބުނެފައި ވަނީ އިމޯޖީ ބޭނުންކުރާ މީހުންނަކީ އެހެން މީހުންގެ އިހުސާސްތައް ވެސް ދަންނަ އިހުސާސްތައް ހިއްސާކުރަން ދަންނަ ބައެއް ކަމަށެވެ.
"އިމޯޖީތަކަށް ބައެއް ފަހަރު ބޮޑެތި ފާޑުކިޔުންތައް ވެސް އަމާޒުވޭ. އެކަމަކު މިއީ އޮންލައިންކޮށް ކުރެވޭ މުއާމަލާތްތަކުގައި ކުރުކޮށް ފޮނިކޮށް އިހުސާސްތައް ހިއްސާކޮށްލެވޭ ވަރަށް ފަސޭހަ އަދި އެހާމެ ބޭނުންތެރި ވަސީލަތެއް،" އަޑޯބީގެ ޓައިޕްފޭސް ޑިޒައިނަރު އަދި ފޮންޓް ޑިވެލޮޕަރު ޕޯލް ޑީ ހަންޓް ވިދާޅުވި އެވެ. "ސާވޭގެ ނަތީޖާ އިން ވެސް ހިތްވަރު ދެނީ އިމޯޖީ ބޭނުންކުރަން ޖެހޭކަމާއި އޭގެ މުހިއްމުކަން."
ޓިކްޓޮކުން ޔޫރަޕަށް 300 މިލިއަން ޑޮލަރުގެ ފަންޑެއް
އެކްސެންޓް ފަސޭހަކޮށްދޭން ނުކުތް ތިން ޒުވާނުން
ރެޑިޓް ހިއްސާގެ ބާޒާރަށް ނުކުންނަނީ
އިންސްޓަގްރާމް ބޭނުންކުރާ މީހުންގެ އަދަދު ދެ ބިލިއަނަށް
ޓެކް ކުންފުނިތަކާ ދެކޮޅަށް ހަރުކަށި ބިލެއް
ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު ބިލިއަނަކަށް
ކްލަބްހައުސްގެ "ވޭވް" އެންމެންނަށް މިހާރު ލިބޭނެ
ކްލަބްހައުސްގައި އިންވައިޓްކުރެވޭ އާ ގޮތެއް
ވީޑިއޯ ކޯލް މީޓިންތަކުން އުފެއްދުންތެރިކަން ދަށްވޭ
ޔޫޓިއުބް ޕާޓްނަ ޕްރޮގްރާމްގައި ދެ މިލިއަން މެމްބަރުން