Roadha Mihaaru
ވީޑިއޯ ކޯލް މީޓިންތަކުން އުފެއްދުންތެރިކަން ދަށްވޭ

ވީޑިއޯ ކޯލް މީޓިންތަކުން އުފެއްދުންތެރިކަން ދަށްވޭ

06 ސެޕްޓެމްބަރ 2021

ވީޑިއޯ ކޯލް މީޓިންތަކުން އުންފެއްދުންތެރިކަން ދަށްވާ ކަމަށާއި އެހެންވެ އެކަން ދޫކޮށްލުން ވަރަށް މުހިއްމު ކަމަށް ދިރާސާއެެއްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ވީޑިއޯ ކޯލް މީޓިންތަކުން އުންފެއްދުންތެރިކަން ދަށްވާ ކަމަށާއި އެހެންވެ އެކަން ދޫކޮށްލުން ވަރަށް މުހިއްމު ކަމަށް ދިރާސާއެެއްގައި ބުނެފި އެވެ.

މިދިޔަ އަހަރު ކުރިމަތިލާން ޖެހުނު ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމާ އެކު، އައި އެންމެ ބޮޑު ބަދަލަކީ ކުރިން އެންމެން އެެއްތާކު ތިބެގެން މަސައްކަތްތްކުރުމާއި ޖަމާއަތް ހަދައިގެން ކުރަމުން ދިޔަ ގިނަ ކަންކަން، ހުއްޓާލައި ބަލިން ރައްކާތެރިވެ ތިބުމަށް ޒޫމް އާއި މައިކްރޮސޮފްޓް ޓީމްސް ފަދަ ވަސީލަތްތަކަށް ބަރޯސާވާން ޖެހުމެވެ. މީގެ ސަބަބުން ވަރަށް ގިނަ ބައްދަލުވުންތައް މިހާރު ބާއްވައި އުޅެނީ ވީޑިއޯލް މެދުވެރިކޮށެވެ.

އެމެރިކާގެ އަރިޒޯނާ ޔުނިވަސިޓީގެ އެލާ ކޮލެޖް އޮފް މެނޭޖްމަންޓުން ހަދާފައިވާ ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި ވީޑިއޯ ކޯލް މީޓިންތަކުގެ ސަބަބުން، މަސައްކަތަށް ދޭންވާ ސަމާލުކަން ކުޑަވެ، ވަރުބަލިވުމާއި އުފެއްދުންތެރިކަން ކުޑަވަ އެވެ. އެހެންވެ އޮންލައިންކޮށް މީޓިންތައް ބާއްވަން އެންމެ ބުއްދިވެރި ގޮތަކީ ކެމެރާ އޮފްކޮށްލައިގެން ހަމައެކަނި އޯޑިއޯ މެދުވެރިކޮށް މީޓިންތައް ބޭއްވުމެވެ.

މީހަކު އޮންލައިން މީޓިންއެއްގައި.

މީހަކު އޮންލައިން މީޓިންއެއްގައި.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ވީޑިއޯ ކޯލް މީޓިންތަކުން ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ ގިނަ ބަޔަކު ކެމެރާ އިން ބަލާކަން އެނގޭތީ އާއި ސިފައާ ދޭތެރޭ މާ ބޮޑަށް ވިސްނަންޖެހުމާއި މޫނު މައްޗަށް ގެނެވޭ އެކްސްޕްރެޝަން ފަދަ ކަންކަމަށް މާ ބޮޑަށް ސަމާލުކަން ދެވި، އުފެއްދުންތެރިކަމަށް ބުރޫއެރުމެވެ. އެގޮތުން އޮއްޓަރު ހުރި ވާހަކަތައް ދެއްކުމާއި ތަނަވަސް ހިޔާލު ހިއްސާކުރުން ފަދަ ކަންކަމަށް ކެމެރާއާ ހެދި ހުރަސް އަޅަ އެވެ.

އަރިޒޯނާގެ ޔުނިވަސިޓީގެ މެނޭޖްމަންޓް އެންޑް އޯގަނައިޒޭޝަންގެ ޕްރޮފެސަރު އަދި ޔުނިވަސިޓީގެ ޑިސްޓިންގްއިޝްޑް ސްކޮލާ އެލިސަން ގެބްރިއަލް ވިދާޅުވި ގޮތުގައި އޮންލައިން މީޓިންތައް ބާއްވާ އިރު، އެތަނަކުން އެ މީހަކަށް ކެމެރާ އޮންކުރުމާއި އޮފްކޮށްލައިގެން އުޅުމުގެ އިހުތިޔާރު ދިނުން ވެސް ވަރަށް މުހިއްމެވެ.

މީހަކު އޮންލައިން މީޓިންއެއްގައި.

މީހަކު އޮންލައިން މީޓިންއެއްގައި.

"ހަމައެއާ އެކު ވީޑިއޯ ކޯލް މީޓިންތައް ގިނައިން ބާއްވަން ޖެހޭ ކަމަށް ވަންޏާ މިިކަމުގެ ސަބަބުން ނުކުންނަ ނޭދެވޭ ނަތީޖާތައް ވެސް އިތުރުވޭ. އޭގެ ސަބަބުން ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ވެސް މީހާ ބަލިކަށިކުރުވާ،" ގެބްރިއަލް ވިދާޅުވި އެވެ. "އެހެންވީމަ މީގައި އެންމެ ބޮޑަށް ބަލަންވީ ކޮންމެހެން ހަމަ ވީޑިއޯ ކޯލް ކުރަން ޖެހޭ ފަދަ ހާލަތްތަކުގައި ނޫނީ ކެމެރާ ބޭނުންނުކުރުން. މިސާލަކަށް، ޓީޗަރަކަށް ވަރަށް މުހިއްމުވާނެ އޮންލައިން ކުލާހެއްގައި ކެމެރާ އިން ހުރިހާ ދަރިވަރުން ފެންނަން ތިބުން. މީގައި ބަލަންވީ އިސްތިސްނާ ހާލަތްތަކެއްގައި ނޫނީ ކެމެރާ ބޭނުން ކުރަން މަޖުބޫރު ކަމަކަށް ނެހެދުން."

މީހަކު އޮންލައިން މީޓިންއެއްގައި.

މީހަކު އޮންލައިން މީޓިންއެއްގައި.

އޭނާ ވިދާޅުވި ގޮތުގައި މިކަމަށް ވަކިން ބޮޑަށް އަންހެނުން ސަމާލުކަން ދޭން ޖެހޭނެ އެވެ. ސަބަބަކީ ވޯކް ފްރޮމް ހޯމް (ޑަބްލިއުއެފްއެޗް) ނުވަތަ ގޭގައި އިނދެގެން މަސައްކަތްކުރުން ފަދަ އާދަތަކަށް މިހާރު ހޭނެން ޖެހޭތީ ގޭގެ މަސައްކަތާއި ރަސްމީ މަސައްކަތް މަސްހުނިވި އަންހެނުންނަށް ދިމާވާ މައްސަލަތައް އިތުރުވުމެވެ.

"ހަމަމިއާ އެކު އަލަށް މަސައްކަތަށް ނުކުންނަ މުވައްޒަފުން އޮން ކެމެރާ މީޓިންތަކަށް ދާން ޖެހުމަކީ ވެސް އިތުރު ޕްރެޝަރުތަކެއް ކުރިމަތިވާނެ ކަމެއް. ސަބަބަކީ އެފަދަ ހާލަތެއްގައި އެ މީހަކާއި އެހެން މުވައްޒަފުންނާ އޮންނަ ގުޅުމުގައި ވެސް ބީރައްޓެހިކަން ހުންނާނެތީ." ގެބްރިއަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖުމްލަކޮށް މުޅި ދިރާސާ އިން ފާހަގަކުރެވުނު ކަމަކީ އޮން-ކެމެރާގައި އުފެއްދުންތެރި ކަމަށް ހުރަސް އަޅާކަމެކެވެ. އެހެންވެ މަސައްކަތުގެ ވައްޓަފާޅި އަށް އައި ބަދަލުތަކާ އެކު، މިފަދަ ކަންކަމަށް ވަކިން ބޮޑަށް ސަމާލުކަން ދިނުން މުހިއްމެވެ.