Roadha Mihaaru
ކޮވިޑްގެ ދެވެކްސިނުން ޑޯޒް ފުރިހަމަކުރުން ނުރައްކާ

ކޮވިޑްގެ ދެވެކްސިނުން ޑޯޒް ފުރިހަމަކުރުން ނުރައްކާ

15 ޖުލައި 2021

ކޮވިޑް-19 އިން ދިފާއުވުމަށް، ތަފާތު ކުންފުނިތަކުން ކޮވިޑް ވެކްސިން އުފައްދާފައިވާ އިރު، ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުގެ ގޮތުން، އަމިއްލަ އަށް ދެ ބާވަތުގެ ދެ ޑޯޒް ނުޖެހުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އިންޒާރު ކޮށްފި އެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް، ތަފާތު ކުންފުނިތަކުން ކޮވިޑް ވެކްސިން އުފައްދާފައިވާ އިރު، ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުގެ ގޮތުން، އަމިއްލަ އަށް ދެ ބާވަތުގެ ދެ ޑޯޒް ނުޖެހުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އިންޒާރު ކޮށްފި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިސް ސައެންސްވެރިޔާ ސޮއުމްޔާ ސްވާމިނަތަން ވިދާޅުވީ، މީހުން އަމިއްލަ އަށް، ކޮވިޑް ވެކްސިންގެ ދެ ބާވަތަކުން ދެ ޑޯޒް ފުރިހަމަކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ. އެހެންކަމުން އެފަދަ ކަމެއް ކުރަންވާނީ، އެ ގައުމެއްގެ އާންމު ސިއްހަތާ ބެހޭ އިދާރާއަކުން ނިންމައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ ކޮންމެވެސް ވަރެއްގެ ނުރައްކާތަކެއް އެކުލެވޭ ކަމެއް. މީސްމީހުން އަމިއްލަ އަށް އެމީހުންގެ ގަޔަށް ކޮވިޑް ވެކްސިންގެ ޑޯޒްތައް ޖަހާނީ ކޮން އިރަކުކަން، ނުވަތަ ދެ ވަނަ، ތިން ވަނަ އަދި ހަތަރު ވަނަ ޑޯޒެއް ޖަހަން ކަނޑައަޅަން ފަށައިފި ނަމަ، ގައުމުތަކުގައި ވަރަށް ނުރައްކާތެރި ހާލަތެއް މެދުވެރިދާނެ."

އޭނާ ވިދާޅުވީ ގައުމުތަކުގެ އާންމު ސިއްހަތާ ބެހޭ އިދާރާތަކުން ވެސް، އެފަދަ ކަމެއް ކުރަންވާނީ، ދެ ބާވަތެއްގެ ކޮވިޑް ވެކްސިނަކުން ދެ ޑޯޒް ފުރިހަމަކުރުމުން ނުކުމެދާނެ ސިއްހީ ނަތީޖާއާ ބެހޭ ފުރިހަމަ މައުލޫމާތު ލިބިފައިވާ ނަމަ އެވެ. ނަމަވެސް އެފަދަ އިތުބާރު ހުރި ދިރާސާތަކެއް މިހާތަނަށް ހެދިފައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސްޓްރެޓީޖިކް އެޑްވައިޒަރީ ގުރޫޕް އޮފް އެކްސްޕާޓް އޮން ވެކްސިންސް ގެ ފަރާތުން މިދިޔަ ޖޫން މަހު ބުނެފައިވަނީ، ކޮވިޑުން ދިފާއުވުމަށް ފުރަތަމަ ޑޯޒެއްގެ ގޮތުގައި އެސްޓްރާ ޒެނެކާ ވެކްސިން ޖަހާފައިވާ މީހަކު، ދެ ވަނަ ޑޯޒެއްގެ ގޮތުގައި ފައިޒާ ވެކްސިން ޖެހިދާނެ ކަމަށެވެ.

މި ދެ ބާވަތުގެ ކޮވިޑް ވެކްސިން ޖެހުމުން ހަށިގަނޑަށް ކުރާ އަސަރާ ބެހޭ ގޮތުން، އޮކްސްފޯޑް ޔުނިވަސިޓީން ހޯދި ހޯދުންތައް މިހާރުވެސް އަންނަނީ އިތުރަށް ދިރާސާ ކުރަމުންނެވެ. އޭގެ އިތުރުން މޮޑާނާ ވެކްސިން އާއި ނޮވަވެކްސް ވެކްސިން އެއްކުރުމުން ނުކުންނަ ނަތީޖާ ބެލުމުގެ ދިރާސާތަކެއް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.