24 ނޮވެމްބަރ 2016
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ރާއްޖެ އިން ބޭރަށް ފުރާ ދިވެހިންގެ އަތުން އެއާޕޯޓު ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ)ގެ ގޮތުގައި 12 ޑޮލަރާއި ބިދޭސީން އަތުން 25 ޑޮލަރު ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މިރޭ ފާސްކޮށްފި އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ރާއްޖެ އިން ބޭރަށް ފުރާ ދިވެހިންގެ އަތުން އެއާޕޯޓު ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ)ގެ ގޮތުގައި 12 ޑޮލަރާއި ބިދޭސީން އަތުން 25 ޑޮލަރު ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މިރޭ ފާސްކޮށްފި އެވެ.
ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ބިލުގެ ނަމުގައި ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި ބިލު މަޖިލީހުން ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެމްބަރުންގެ ތެރެއިން 48 މެމްބަރުން ވޯޓުންނެވެ. މި ބިލާ ދެކޮޅަށް 20 މެމްބަރުން ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ މެމްބަރަކު އިންނެވި އެވެ.
އޭޑީސީގެ ގޮތުގައި ދިވެހިންގެ އަތުން 25 ޑޮލަރު ނެގުމަށް މަޖިލީހުން ފާސް ކުރަން އުޅުނު ބިލާއެކު ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕް (ޕީޖީ) ގެ މެމްބަރުންގެ މެދުގައި ހޫނު ޒުވާބުތަކެއް ހިނގި އެވެ. މެމްބަރުންގެ މެދުގައި ޒުވާބު ހިނގީ އިގްތިސާދީ ކޮމެޓީން ބިލަށް ބަދަލު ނުގެނެސް ފާސް ކުރުމާ ގުޅިގެންނެވެ.
އެހެންވެ، ޕީޕީއެމްގެ އިސް ބައެއް މެމްބަރުން ވަނީ ކޮމެޓީގެ މުގައްރިރު އަދި ދަނގެތި ދާއިރާގެ ޕީޕީއެމް މެމްބަރު އިލްހާމް އަހުމަދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އޭޑީސީ ދިވެހިންގެ އަތުން ނަގައިގެން ނުވާނެ ކަމަށް ބައެއް މެމްބަރުން ވިދާޅުވާ އިރު އަނެއް ބައި މެމްބަރުން ތިއްބެވީ ސަރުކާރުގެ ކޮންމެ އެންގުމަކަށް އަބަދުވެސް ތައްޔާރަށް ތިއްބަވާ ގޮތަށް "ޔެސް" ވޯޓަށް އާއެނކޭ ވިދާޅުވާ ގޮތަށެވެ.
އެނގިފައިވާ ގޮތުގައި ޕީޕީއެމްގެ ގިނަ މެމްބަރުން ތިއްބެވީ އޭޑީސީގެ ގޮތުގައި ދިވެހިން އަތުން 12 ޑޮލަރު ނެގުމަށެވެ. މިއީ ސަރުކާރުން ހުށަހެޅި ބިލަކަށްވާތީ ބައެއް މެމްބަރުން ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާ ވަރަށް ބޮޑަށް މަޝްވަރާ ކުރެއްވި ކަން އެނގިފައިވެ އެވެ.
އޭޑީސީ ނެގުމާ ބެހޭ ބިލު ފާސް ކުރީ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ހުށަހެޅުއްވި އިސްލާހާއެކު އެވެ. އެ ގޮތުން އޭޑީސީގެ ގޮތުގައި ދިވެހިން އަތުން 25 ޑޮލަރު ނަގަން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވާތީ އެ އަދަދު 12 ޑޮލަރަށް ކުޑަ ކުރުމަށް އޭނާ ހުށަހެޅުއްވި އެވެ.
މި ހުށަހެޅުމަށް ވިލިމާލެ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ނިހާނު ތާއީދު ކުރެއްވިއިރު، އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 48 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މި އިސްލާހާ ދެކޮޅަށް 18 މެމްބަރަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރަކު އިންނެވި އެވެ.
މި ބިލު ދިރާސާ ކުރި އިގްތިސާދީ ކޮމެޓީގައި ވަނީ އަސްމާ ވަނީ ބިލަށް އިތުރު ބަދަލެއް ނުގެނެސް، ބިލު ފާސް ކުރަން ވެސް ހުށަހަޅުއްވައިފަ އެވެ. ހޯރަފުށި ދާއިރާގެ އެމްޑީއޭ މެމްބަރު މުހައްމަދު އިސްމާއިލްގެ ތާއީދާ އެކު އެ ހުށަހެޅުމަށް ވޯޓަށް އެހުމުން، އެ ގޮތަށް ފާސްވީ ކޮމިޓީއަށް ހާޒިރުވީ 10 މެންބަރުގެ ތެރެއިން ހަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
"މިހާރު"އާ ވާހަކަ ދައްކަވަމުން އަސްމާ މިރޭ ވިދާޅުވީ އޭޑީސީގެ ގޮތުގައި ދިވެހިން އަތުން ނަގާ އަދަދު ކުޑަކުރަން ނިންމީ ޕީޕީއެމް މެމްބަރުންގެ ކަންބޮޑުވުންތައް ރައީސް އަބްދުﷲ ޔާމީނާ ހިއްސާ ކުރެއްވުމުން ކަމަށެވެ. މިއީ ރައީސް ޔާމީންގެ ނިންމެވުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ އެއްވެސް މެމްބަރެއްގެ މަސައްކަތެއް ނޫން، މެމްބަރުންގެ އެދިވަޑައިގަތުމަށް ރައީސް ޔާމީން ލުޔެއް ނުދެއްވިނަމަ، އެކަމެއް ނުވާނެ،" އަސްމާ ވިދާޅުވި އެވެ.
އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ މެމްބަރުން ވަނީ ބަހުސް މަރުހަލާގައި ބިލާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. އަދި ކުއްލިއަކަށް ދިވެހިންގެ އަތުން ފައިސާ ނެގުމަކީ ރައްޔިތުން އިތުރަށް ނިކަމެތި ކުރަން ވެގެން ކުރަން އުޅޭ ކަމެއްގެ ގޮތުގައި އިދިކޮޅު މެމްބަރުން ސިފަ ކުރެއްވި އެވެ.
އެހެންވެ އޭޑީސީގެ ގޮތުގައި ނަގާ އަދަދު ކުޑަ ކުރުމަށާއި ދިވެހިން އަތުން އޭޑީސީ ނުނެގޭ ގޮތަށް އެމްޑީޕީން އިސްލާހު ހުށަހެޅި އެވެ. އަދި ގާނޫނަށް އަމަލު ކުރުން ހަ މަހަށް ފަސް ކުރުމަށާއި ޑޮލަރުގެ ބަދަލުގައި ރުފިޔާ އިން އޭޑީސީ ނަގަން އެމްޑީޕީން ހުށަހެޅި އެވެ. ނަމަވެސް ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންގެ ވޯޓާއެކު އިސްލާހުތައް ވަނީ ބޭރުކޮށްލާފަ އެވެ.
މި ބިލުގައިވާ ގޮތުން ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުން އެއާޕޯޓު ޑިވެލޮޕްމަންޓް ފީ ނެގުމުން އިސްތިސްނާ ވާނެ އެވެ. އެއާޕޯޓު ސާވިސް ޗާޖު އިސްތިސްނާ ވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުންނާއި ޓްރާންސިޓް ފަސިންޖަރުންނާއި އުމުރުން ދެ އަހަރު ނުވާ ކުދިންނަށެވެ.
އައިއެންއައިއޭ އިން ފުރާ ފަސޖިންޖަރުން އަތުން މި ފީ ނަގާނީ ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން ހަތަރު މަސް ހަމަވުމުންނެވެ.
ބިލުގައިވާ ގޮތުން އެއާޕޯޓު ސާވިސް ޗާޖާއި އޭޑީސީ ނެގުމުގެ ހުރިހާ ޒިންމާއެއް ނަގަން ޖެހޭނީ ފަސިންޖަރަކު ބޭރަށް ފުރާ އެއާލައިނަކުންނެވެ. އަދި އެ ފީތައް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނުދައްކައިފި ނަމަ، ޓެކްސް ނެގުމާ ބެހޭ ގާނޫނުގެ ދަށުން އެ އެއާލައިނެއް ޖޫރިމަނާ ކުރެވޭނެ އެވެ.
އޭޑީސީގެ ގޮތުގައި ދިވެހިން އަތުން 12 ޑޮލަރާއި ބިދޭސީން އަތުން 25 ޑޮލަރު ނަގަން ނިންމިއިރު، މިހާރު ވެސް ބޭރުގެ ފަސިންޖަރުން އަތުން 25 ޑޮލަރުގެ އެއާޕޯޓް ސާވިސް ޗާޖެއް ނަގަ އެވެ. އަދި ދިވެހިންގެ އަތުން 12 ޑޮލަރު ނަގަ އެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ދިވެހިން އަތުން 24 ޑޮލަރާއި ބޭރުގެ ފަސިންޖަރުން އަތުން 50 ޑޮލަރު ނަގާނެ އެވެ.
އޭޑީސީގެ ގޮތުގައި އަންނަ އަހަރުން ފެށިގެން 25 ޑޮލަރު ދިވެހިންގެ އަތުން ވެސް ނަގަން ސަރުކާރުން ނިންމިއިރު، އިންޑިއާގެ ޖީއެމްއާރު ކުންފުނިން އޭޑީސީގެ ގޮތުގައި 25 ޑޮލަރު ނަގަން އުޅުމުން ސިވިލް ކޯޓުން ކުރިން ވަނީ އެކަން ހުއްޓުވައިފަ އެވެ. އޭރު ގިނަ ބަޔަކު އެކަމާ ދެކޮޅު ހެދީ އެއާޕޯޓް ތަރައްގީކޮށް ނުނިމެނީސް އޭޑީސީއެއް ނަގަން ނިންމުމުންނެވެ. ހަމަ އެހެންމެ، އެ ޗާޖް ވެގެން ދިވެހިންގެ ތެރޭގައި ބޮޑު މައްސަލަގަނޑަކަށް ވި އެވެ.
12 ޑޮލަރަށް ބަދަލުކުރީ ރައީސަށް އެނގިވަޑައިނުގެން!
ފުރާ ދިވެހިން އަތުން 25 ޑޮލަރު ނަގަން ހުށަހަޅައިފި
25 ޑޮލަރު ނެގުމުގެ ބިލް މަޖިލިހަށް ފޮނުވައިފި
އޭޑީސީގެ ބިލް ތަސްދީގު ކުރައްވައިފި
ގާނޫނުތައް ފާސްކުރީ ސަރުކާރު އެދޭގޮތަށް: އަބްދުއްރަހީމް
12 ޑޮލަރަށް ބަދަލުކުރީ ނިހާނަށް ލިބުނު މައުލޫމާތަކަށް
އޭޑީސީގެ ގޮތުގައި ދިވެހިން އަތުން 12 ޑޮލަރު ނަގަން ފާސްކޮށްފި
ސަރުކާރުން ބޭނުންވަނީ ދިވެހިންގެ އަތުން އޭޑީސީ ނަގަން
މިއަދުން ފެށިގެން ޑިޕާޗާ ޓެކްސް އާއި އޭޑީއެފް ބޮޑުވާނެ
ޓީޖީއެސްޓީ އާއި އޭޑީސީ ޓެކްސް ބޮޑުކުރަން ފާސްކޮށްފި