12 ޖުލައި 2021
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅޭގޮތުން ފުލުހުން ހިންގާ ތަހުގީގު ވަރަށް ފުރިހަމަ ކަމަށާއި އެ މައްސަލައިގައި ވަރުގަދަ ދައުވާއެއް ކުރެވޭނެ ކަމަށް ބެލެވޭ ކަމަށް، އެ ތަހުގީގު ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންދޫބެއްގެ ގޮތުން ހަރަކާތްތެރިވެވަޑައިގަންނަވާ އައްބާސް ފާއިޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅޭގޮތުން ފުލުހުން ހިންގާ ތަހުގީގު ވަރަށް ފުރިހަމަ ކަމަށާއި އެ މައްސަލައިގައި ވަރުގަދަ ދައުވާއެއް ކުރެވޭނެ ކަމަށް ބެލެވޭ ކަމަށް، އެ ތަހުގީގު ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންދޫބެއްގެ ގޮތުން ހަރަކާތްތެރިވެވަޑައިގަންނަވާ އައްބާސް ފާއިޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ މެއި 6 ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގުގެ އެސެސްމަންޓާ ގުޅޭގޮތުން ރައީސަށް މައުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވެވި ފުރަތަމަ ބައްދަލުވުމަށް ފަހު އައްބާސް ކުރެއްވި ޓްވީޓުގައި ވިދާޅުވި ގޮތުގައި، ފުލުހުންގެ ތަހުގީގު މިހާތަނަށް ގެންގޮސްފައިވަނީ ވަރަށް ފަރުވާތެރިކަމާ އެކު، ހުރިހާ ދިމާލަކަށް ނަޒަރު ހިންގައި ވަރަށް ފުރިހަމަކޮށެވެ.
"މިހާތަނަށް ބަލާއިރު ފުލުހުން ތަހުގީގުކޮށްފައިވަނީ ވަރަށް ފަރުވާތެރިކަމާ އެކު [މައްސަލައިގެ] ހުރިހާ ދިމާލަކުން ވެސް ބަލައިގެން. އެއާ އެކު، ޕްރޮސިކިއުޓާ ޖެނެރަލްގެ ފުރިހަމަ މަސައްކަތަށް ބަލާއިރު ކޯޓުގައި ވަރުގަދަ ދައުވާއެއް އުފުލޭނެ ކަމަށް ބެލެވޭ،" އެމްނެސްޓީ އިންޓަނޭޝަނަލްގައި މަސައްކަތްކުރެއްވި އައްބާސް ވިދާޅުވެފައިވެ އެވެ.
ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާގެ ތަހުގީގާއި ކޯޓުގެ ހުރިހާ މަރުހަލާއެއް ވީހާ ވެސް އިންސާފުވެރިކޮށް ދެފުށް ފެންނަގޮތަށް ކުރިޔަށްގެންދަން މިއަދުގެ ބައްދަލުވުމުގައި ރައީސް އެދިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
Briefed President @ibusolih on my assessment of investigation of May6 attack against Majlis Speaker&frmrPres @MohamedNasheed. Police investigation so far thorough and rigorous. That & the commendable strength of the Prosecution Office likely to send a strong case for trial.
— Abbas Faiz (@tweetafaiz) July 12, 2021
ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މެއި 19، 2021 ގައި އައްޔަންކުރެއްވި އައްބާސް ވަނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އަދި އެމްޑީޕީގެ މެއި 6 ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވައި މައުލޫމާތު ހިއްސާކުރައްވައިފަ އެވެ.
ތަހުގީގުތަކުގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ކަނޑައަޅުއްވާ ހުދޫދުގެ ތެރެއިން އައްބާސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އޭގެ އިތުރުން މައްސަލައިގައި އިންސާފު ގާއިމުކުރެވެންދެން ބޭނުންވާ ހާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި ރިޕޯޓެއް ތައްޔާރުކުރަން ޖެހިއްޖެނަމަ އެ ކަން ވެސް އޭނާ ކުރައްވާނެ އެވެ.
ނަޝީދަށް ދިން ހަމަލާގެ ތަހުގީގާ ސީދާ ގުޅުންހުރި އަށް މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން ފުލުހުން ހާމަކޮށްފައިވަނީ ފަސް މީހެއްގެ ވަނަވަރެވެ. އެތަނުން، ހަތަރު މީހެއްގެ މައްސަލަ ނިންމުމަށްފަހު ވަރަށް އަވަހަށް ދައުވާކުރަން ފޮނުވާނެ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށް ރައީސް މީގެ ކުރިން ވިދާޅުވި އެވެ.
ރައީސްގެ މަންދޫބު އައްބާސް ރާއްޖެ ވަޑައިގެންފި
ނަޝީދަށް ދިން ހަމަލައާ ސިޔާސީ ގުޅުމެއް ނެތް: އައްބާސް
މޭ 6 ގެ ހަމަލަށް ދެ އަހަރު، އިންސާފު ނުލިބުނު!
ހަމަލާގެ ޝަރީއަތް ލަސްވާ ސަބަބު ބަލައެއް ނުގަނެވޭ
ހަމަލާއަށް ފަންޑުކުރިތޯ ބަލަން ތަހުގީގުކުރީ ރަނގަޅަށް
"ހަމަލާއަށް އިންސާފު ހޯދައިދިނުމުގެ އަޒުމް އެބައޮތް"
ނަޝީދަށް ދިން ހަމަލާއިން "ހޭވެރިކަން ގެނުވި": ރައީސް
ނަޝީދު ރާއްޖެ ވަޑައިގެން ރައީސްއާ ބައްދަލުވި ވަގުތުކޮޅު
ދެން އޮތީ ފައިސާ ހަރަދުކުރި ގޮތް ބެލުން: އައްބާސް
ނަޝީދުގެ ގަރާރާ އާޒިމް ދެކޮޅު، ވޯޓު ވެސް ނުދެއްވި