24 ނޮވެމްބަރ 2016
ތެލް އަވީވް (ނޮވެމްބަރު 24) - އިޒްރޭލުގެ ޖަންގަލީގައި ރޯވެފައިވާ އަލިފާން ނިއްވުމަށް ގްރީސް އާއި ކްރޮއޭޝިއާ، ސައިޕްރަސް އަދި ތުރުކީގެ އެހީއަށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އެދިވަޑައިގެންފި އެވެ.
ތެލް އަވީވް (ނޮވެމްބަރު 24) - އިޒްރޭލުގެ ޖަންގަލީގައި ރޯވެފައިވާ އަލިފާން ނިއްވުމަށް ގްރީސް އާއި ކްރޮއޭޝިއާ، ސައިޕްރަސް އަދި ތުރުކީގެ އެހީއަށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އެދިވަޑައިގެންފި އެވެ.
މޫސުން ލަފާކުރާ ފަރާތްތަކުން ބުނެފައި ވަނީ ވައި ބާރުވުމުން އަލިފާންގަނޑު މިއަދު އިތުރަށް ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އިޒްރޭލް ފުލުހުންގެ މަތިންދާ ބޯޓުތަކުން އަލިފާން ނިންވަން އިއްޔެ މަސައްކަތް ކުރި ނަމަވެސް އަލިފާން ގަނޑު ވަނީ އިތުރަށް ފެތުރެން ފަށައިފަ އެވެ. ނަތަންޔާހޫގެ އިތުރުން ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ގިލަޑާޑް އެރްޑާން ވެސް ވަނީ އަވަށްޓެރި ގައުމުތަކުން އަލިފާން ނިއްވާ މަތިންދާ ބޯޓު ފޮނުވައި ދިނުމަށް އެދިފަ އެވެ. ސައިޕްރަސް އާއި ގްރީސް އިން ވަނީ އަލިފާން ނިއްވަން ހަތަރު މަތިންދާ ބޯޓާއި 49 ސްޓާފުން ފޮނުވައިފަ އެވެ.
އިޒްރޭލުގެ ޖަންގަލިތަކުގައި އަލިފާން ރޯވާން ފަށާފައި ވަނީ އަންގާރަ ދުވަހު އެވެ. އަލިފާން ގަނޑު ފެތުރެން ފެށުމުން އިޒްރޭލުގެ އިލެކްޓްރިކް ކޮމްޕެނީ ވަނީ ކުއްލި ހާލަތަކަށް ގެނެސްފަ އެވެ. އަލިފާނުގެ ސަބަބުން ކަރަންޓް ކޭބަލް އާއި ސަބްސްޓޭޝަންތައް ވަނީ އަނދައިފަ އެވެ. އަދި ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑެ އެވެ.
އިޒްރޭލް ފުލުހުންގެ ތަރުޖަމާނަކު ބުނީ ޖަންގަލީގައި އަލިފާން ރޯކޮށްލި ކަމަށް ތުހުމަތު ކުރެވުނު ހަތަރު މީހަކާ ސުވާލުކޮށްފައިވާ ކަމަށެވެ.
އަރަބި ވެރިންނާ އެކު އިޒްރޭލުން ސިއްރު މަޝްވަރާތަކެއް!
ނަތަންޔާހޫ އަކީ ސުލްހައިގެ ހަލާކު: ފަލަސްތީން
ނަތަންޔާހޫގެ ކެމްޕޭނުގައި ޓްރަމްޕުގެ ފޮޓޯ ބޭނުންކުރަނީ
ދެ ދައުލަތް އުފެއްދުމުގެ ޚިޔާލު ޓްރަމްޕް ދޫކޮށްލައްވައިފި
ބަންގީގެ އަޑު މަޑު ކުރަން ނަތަންޔާހޫ ތާއީދުކުރައްވައިފި
އިޒްރޭލުގެ އަމަލުތަކަށް އަދަބު ލިބެންޖެހޭނެ: ފަލަސްތީން
ނަތަންޔާހޫގެ ވާހަކަތައް ބާންކީ މޫން ކުށްވެރި ކޮށްފި
ހިޒްބުﷲގެ ޕޭޖަރުތައް ގޮއްވާލަން ހުއްދަ ދިނީ ނަތަންޔާހޫ
ޓްރަމްޕާއި ނަތަންޔާހޫގެ ކޯލެއް، އީރާންގެ ވާހަކަ ދެއްކި
ނަތަންޔާހޫ ޑިފެންސް މިނިސްޓަރު މަގާމުން ވަކިކޮށްފި