04 ފެބުރުއަރީ 2019
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ދައުރުކަށް އިންތިހާބު ކާމިޔާބުކުރުމުގެ ކެމްޕޭނުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ފޮޓޯއެއް ބޭނުންކުރަން ފަށައިފި އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ދައުރުކަށް އިންތިހާބު ކާމިޔާބުކުރުމުގެ ކެމްޕޭނުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ފޮޓޯއެއް ބޭނުންކުރަން ފަށައިފި އެވެ.
ލިކޫޑް ޕާޓީން ތެލް އަވީވް މައި ދޮރާށީގައި ބަހައްޓާފައި ވަނީ ނަތަންޔާހޫ އާއި ޓްރަމްޕް އަތާއިއަތް ޖޯޑުކޮށް ހިނިތުންވެފައި ތިބޭ ފޮޓޯއެއް ހިމެނޭ ބިޔަ ބިލްބޯޑެކެވެ.
އިޒްރޭލުގައި ޓްރަމްޕުގެ މަގުބޫލުކަން ބޮޑުވެފައި ވަނީ ތެލް އަވީވްގައި ހުރި އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލުކުރުމުންނެވެ. އެއީ ގުދުސް އަކީ އިޒްރޭލުގެ ވެރި ރަށުގެ ގޮތުގައި ރަސްމީކޮށް ބަލައިނުގަނެ އެމެރިކާ އިން ދަމަހައްޓަމުން އައި ސިޔާސަތު ދޫކޮށްލައި އިޒްރޭލުން އެދޭ ގޮތަށް ޓްރަމްޕު އިއުލާނުކުރެއްވުމުންނެވެ.
ނަތަންޔާހޫ އަކީ ޓްރަމްޕުގެ ތާއީދު އޮތް ލީޑަރެއްކަން ދެއްކުމަށް ބެހެއްޓި ބިލްބޯޑުގައި ހިބްރޫ ބަހުން ލިޔެފައިވަނީ "ނަތަންޔާހޫ. އެހެން ލީގެއްގައި" ކަމަށެވެ.
ނަތަންޔާހޫގެ ލިކޫޑް ޕާޓީގެ ލޯގޯއާ އެކު ބެހެއްޓި ބިލްބޯޑުގައި ޓްރަމްޕުގެ ފޮޓޯ ބޭނުންކޮށްފައި ވަނީ ވައިޓް ހައުސްގެ ހުއްދަ ހޯދައިގެން ކަމެއް ކަށަވަރެއް ނުވެ އެވެ. ރޮއިޓާސް އިން ބުނީ މިކަމާ ބެހޭ ގޮތުން ލިކޫޑް ޕާޓީގެ ތަރުޖަމާނުގެ ބަހެއް ނުލިބުނު ކަމަށެވެ.
އޭޕްރީލް ނުވައެއްގައި އޮންނަ އާންމު އިންތިހާބު ނަތަންޔާހޫ އަށް ކާމިޔާބު ވާނެ ކަމަށް ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކަ އެވެ. ނަމަވެސް އޭނާގެ މައްޗަށް ޚިޔާނާތުގެ ތަހުގީގުތަކެއް ވެސް އަންނަނީ ހިންގަމުންނެވެ.
ދެ ދައުލަތް އުފެއްދުމުގެ ޚިޔާލު ޓްރަމްޕް ދޫކޮށްލައްވައިފި
ޓްރަމްޕާއި ނަތަންޔާހޫގެ ކޯލެއް، އީރާންގެ ވާހަކަ ދެއްކި
އަރަބި ވެރިންނާ އެކު އިޒްރޭލުން ސިއްރު މަޝްވަރާތަކެއް!
މެދުއިރުމަތީގެ ސުލްހައިގެ ޕްލޭން ޓްރަމްޕް އާއްމުކޮށްފި
ނަތަންޔާހޫ އަކީ ސުލްހައިގެ ހަލާކު: ފަލަސްތީން
ޓްރަމްޕާއި ނަތަންޔާހޫގެ އަނިޔާ ސިއްރެއް ނުކުރެވޭނެ
ސުލްހަ އަށް ހުރިހާ ކަމެއްވެސް ކޮށްދޭނަން: ޓްރަމްޕް
އަރަބި ވެރިން ބޭނުމީ ފަލަސްތީނުގެ މިނިވަން ދައުލަތެއް
ނަތަންޔާހޫއާ ބައްދަލު ކުރުމަށް ޓްރަމްޕް ދައުވަތު ދީފި
ބޮޑެތި ބާރުތަކުގެ އިންޒާރެއް ޓްރަމްޕަށް