Roadha Mihaaru
ދެކުނު އޭޝިއާ ޓޫރިސްޓުންނަށް ދެވޭނީ ރިސޯޓްތަކަށް

ދެކުނު އޭޝިއާ ޓޫރިސްޓުންނަށް ގެސްޓް ހައުސްތަކަށް ދެވޭނީ އަންނަ މަހު

07 ޖުލައި 2021

ދެކުނު އޭޝިއާ ޓޫރިސްޓުން ރާއްޖެ އައުން މަނާކޮށްފައި އޮތް އޮތުން އުވާލާއިރު މި އެ މީހުންނަށް ރަށްރަށުގެ ގެސްޓް ހައުސްތަކަށް ދެވޭނީ މި މަސް ނިމުމުން ކަމަށާއި އެހާ ހިސާބަށް ދެވޭނީ ރިސޯޓްތަކަށް އެކަނި ކަމަށް ހަމަޖައްސައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދެކުނު އޭޝިއާ ޓޫރިސްޓުން ރާއްޖެ އައުން މަނާކޮށްފައި އޮތް އޮތުން އުވާލާއިރު މި އެ މީހުންނަށް ރަށްރަށުގެ ގެސްޓް ހައުސްތަކަށް ދެވޭނީ މި މަސް ނިމުމުން ކަމަށާއި އެހާ ހިސާބަށް ދެވޭނީ ރިސޯޓްތަކަށް އެކަނި ކަމަށް ހަމަޖައްސައިފި އެވެ.

ކޮވިޑް ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ދޭ ލުއިތައް މިއަދު އިއުލާނުކުރާއިރު މި ނިންމުން ހާމަކުރާނެ ކަމަށް "މިހާރު" އަށް ވަނީ އެނގިފަ އެވެ.

ދެކުނު އޭޝިއާ ޓޫރިސްޓުންނަށް ރާއްޖެ ހުޅުވާލަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. އެހެންކަމުން އެ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް އެ ސަރަހައްދުން އަންނަ ހުރިހާ ޓޫރިސްޓުން ވެސް ތިބެން ޖެހޭނީ ރިސޯޓުތަކުގަ އެވެ.

މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން މި ނިންމުމަށް ބަދަލު ގެނެސް ދެކުނު އޭޝިއާ ޓޫރިސްޓުންނަށް ވެސް ގެސްޓް ހައުސްތަކަށް ދެވޭ ގޮތް ހަދާނެ އެެވެ. އެކަމަކު އޭގެ ކުރިން، ގެސްޓް ހައުސް ހުރި ރަށްރަށުގެ އާބާދީގެ 60 ޕަސެންޓު އަދި ގެސްޓުހައުސްތަކުގެ 95 ޕަސެންޓު މުވައްޒަފުން ވެކްސިން ފުރިހަމަކުރަން ސަރުކާރުން ވަނީ އަމާޒު ހިފައިފަ އެވެ.

ޓޫރިސްޓުންނަށް ދޭ ލުއިތަކާ އެކު ދާއިމީ ގޮތެއްގައި ރިސޯޓުތަކުން ކޮވިޑް-19އަށް ޓެސްޓު ކުރެވޭ އިންތިޒާމް ހަމަޖެއްސުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ. މިކަން ކުރަން ޖެހޭނީ ރިސޯޓުން އަމިއްލައަށް ނުވަތަ އެހެން ބަޔަކާ ގުޅިގެންނެވެ. މި އިންތިޒާމުތައް ހަމަޖެއްސުމަށް ވަކި މުއްދަތެއް ވެސް ސަރުކާރުން ކަނޑައަޅާނެ އެވެ.