Roadha Mihaaru
ހަނިމާދޫ މަގުތަކުގެ ބޮޑު ބައެއް ނިންމާލައިފި

ހަނިމާދޫ މަގުތަކުގެ ބޮޑު ބައެއް ނިންމާލައިފި

06 ޖުލައި 2021

ހދ. ހަނިމާދޫގެ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމާލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހދ. ހަނިމާދޫގެ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމާލައިފި އެވެ.

އެމްޓީސީސީން ކުރަމުން އަންނަ މި މަސައްކަތުގެ ދަށުން 80 ޕަސެންޓް މަގުތައް ވަނީ ނިމިފަ އެވެ. އަދި ޕޭވްމެންޓުގެ 90 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ އެވެ.

މި މަސައްކަތަށް 46 މިލިއަަން ރުފިޔާ ހަރަދުވާނެ އެވެ. މި މަޝްރޫއުގައި ހަނިމާދޫގެ 18 މަގެއްގައި ތާރު އަޅާނެ އެވެ.

މި މަޝްރޫއުގެ ދަށުން، ޕޭމަންޓުގެ ގޮތުގައި 16،518 އަކަ މީޓަރުގެ ސަރަޙައްދެއް ހަދާނެ އެވެ. މަގުގައި ދުއްވާ އެއްޗެހި ދުއްވާ ގޮތަށް 38،916 އަކަ މީޓަރުގެ ސަރަޙައްދެއް ހެދުމާއި ފެންހިންދާ ނިޒާމް ގާއިމުކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ. މި ޕްރޮޖެކްޓުގެ ދަށުން 19,679.7 އަކަ މީޓަރުގެ ސަރަހައްދެއްގައި މަގުމަތީގެ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފެށީ ޖޫން 2019 ގަ އެވެ.