Roadha Mihaaru
ހަނިމާދޫ މަގުތަކުގައި ތާރުއަޅައިފި

ހަނިމާދޫ މަގުތަކުގައި ތާރުއަޅައިފި

03 އޯގަސްޓް 2022

ހދ. ހަނިމާދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ނިންމައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ހދ. ހަނިމާދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ނިންމައިފި އެވެ.

އެ މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީން މިއަދު ބުނީ 46،466 އަކަ މީޓަރު ސަރަހައްދުގައި ތާރު އަޅާ ނިމިފައިވާ ކަމަށެވެ.

މަގުތަކުގައި ތާރު އެޅުމުގެ އިތުރުން، 16،518 އަކަ މީޓަރުގެ ހިނގާ ސަރަހައްދަކާއި 38،916 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމްކުރުމާއި 19،679.7 އަކަ މީޓަރު ސަރަހައްދުގައި މަގުމަތީ ނިޝާން ހަރުކުރުން އެ މަޝްރޫއުގައި ހިމެނޭ ކަމަށެވެ.

ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއު: ތާރުއެޅި ނަމަވެސް، ބައެއް މަސައްކަތްތައް އަދި ނުނިމޭ ---ފޮޓޯ: އެމްޓީސީސީ

ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއު: ތާރުއެޅި ނަމަވެސް، ބައެއް މަސައްކަތްތައް އަދި ނުނިމޭ ---ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީން ބުނިގޮތުގައި، ތާރު އެޅުމުގެ މަސައްކަތް ނިމުނު ނަމަވެސް، އެ މަޝްރޫއު އެއްކޮށް އަދި ނުނިމެ އެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއަކީ 76 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.