ފުލުހުންނަށް ހުށަހެޅި އެކި މައްސަލަތަކުގައި ތުހުމަތުކުރެވޭ ކުޑަކުދިން އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
03 ޖުލައި 2021
ފުލުހުންނަށް ހުށަހެޅި އެކި މައްސަލަތަކުގައި ތުހުމަތުކުރެވޭ ކުޑަކުދިން އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިދިޔަ ދެ އަހަރާއި މި އަހަރުގެ ފާއިތުވި ހަ މަސް ދުވަހު ރާއްޖޭގައި ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ފުލުހުން މިއަދު ވަނީ ހިއްސާކޮށްފަ އެވެ. އެ މައުލޫމާތުން އެނގޭ ގޮތުގައި މާލެ އާއި އަތޮޅުތެރޭގައި ވެސް، ކުޑަކުދިން އެންމެ ގިނައިން ހިމެނެނީ މަސްތުވާތަކެތީގެ މައްސަލަތަކުގަ އެވެ.
މި އަހަރުގެ މިހާތަނަށް ކުޑަކުދިން ހިމެނޭ މަސްތުވާތަކެތީގެ 18 މައްސަލައެއް ހުށަހަޅާފައިވާއިރު، މިދިޔަ އަހަރު 77 މައްސަލައެއް އަދި 2019 ގައި 115 މައްސަލައެއް ހުށަހަޅާފައިވެ އެވެ.
މި ކޭސްތައް އެންމެ ގިނައީ މާލޭގަ އެވެ. ހަމައެކަނި މާލެ އިން މި އަހަރު ހަތް މައްސަލައެއް ހުށަހަޅާފައިވާއިރު، މިދިޔަ އަހަރު 37 މައްސަލައެއް އަދި 2019 ގައި 69 މައްސަލައެއް ހުށަހަޅާފައިވެ އެވެ. ރަށްރަށުން މިދިޔަ އަހަރު 40 މައްސަލައެއް ހުށަހަޅާފައިވާއިރު، 2019 ގައި އެ އަދަދު ހުރީ 46 ގަ އެވެ. އަދި އަތޮޅުތެރޭގައި މަސްތުވާތަކެތީގެ މައްސަލަތައް އެންމެ ގިނައީ ކ އާއި ތ އަދި ރ އަތޮޅުގަ އެވެ.
މި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ފާއިތުވި ދެ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާއި މި އަހަރުގެ އެހާތަނަށް ހުށަހެޅި ކުޑަކުދިން ހިމެނޭ މަސްތުވާތަކެތީގެ މައްސަލަތައް، ކުރިއަށް ވުރެ މަދެވެ.
ކުޑަކުދިން ހިމެނޭ ކުށްތަކުގެ ތެރޭގައި ދެން އެންމެ ގިނައީ ވައްކަމާއި އަނިޔާ އަދި އެކްސިޓެންޓުތަކުގެ މައްސަލަތަކެވެ.
ގިނައިން ހުށަހެޅީ ސްކޫލަށް ނުދާ ކުދިންގެ މައްސަލަ!
ބޯޓުގައި ޑްރަގްއެތެރެކުރި މީހުންގެ ވަނަވަރު އާންމުކޮށްފި
ފުވައްމުލަކު ޑްރަގް ނެޓްވޯކް: ދެ މީހުންނަށް ދައުވާ
ޑްރަގް އެތެރެކުރި ބަންގުލަދޭޝްގެ ދެ މީހަކު ބަންދުކޮށްފި
ޑްރަގާ އެކު ތިން މީހަކު ވިލިމާލެއިން ހައްޔަރުކޮށްފި
ޑްރަގް މައްސަލައެއްގައި ހަނިމާދޫން ދެމައިން ހައްޔަރަށް
ފުލުހަކާއި ކުއްޖަކާ ދެމެދު ހިނގި ހަމަނުޖެހުމެއް ބަލަނީ
ފުވައްމުލަކު ޑްރަގު ނެޓްވޯކް އެއްކޮށްހެން ނައްތާލައިފި
ކިލޯއެއްގެ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި
ފުވައްމުލަކަށް ޑްރަގް އެތެރެކުރަންއުޅުނު މީހަކު ހައްޔަރު