Roadha Mihaaru
ދެވަނަ ދައުރެއް ބޭނުންވާ ކަމަށް ޓްރަމްޕުގެ އިޝާރާތެއް

ހުވާ ނުކުރައްވަނީސް ދެ ވަނަ ދައުރެއް ބޭނުންވާ ކަމުގެ އިޝާރާތެއް ޓްރަމްޕް ދެއްވައިފި

24 ނޮވެމްބަރ 2016

ނިއު ޔޯކް (ނޮވެމްބަރު 24) - އެމެރިކާގެ ރައީސް ކަމުގެ ހުވާ އަދި ނުކުރައްވަނީ ވެސް ދެ ވަނަ ދައުރެއް ބޭނުންވާ ކަމުގެ އިޝާރާތެއް ޑޮނަލްޑް ޓްރަމްޕް ކުރައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ޔޯކް (ނޮވެމްބަރު 24) - އެމެރިކާގެ ރައީސް ކަމުގެ ހުވާ އަދި ނުކުރައްވަނީ ވެސް ދެ ވަނަ ދައުރެއް ބޭނުންވާ ކަމުގެ އިޝާރާތެއް ޑޮނަލްޑް ޓްރަމްޕް ކުރައްވައިފި އެވެ.

"ކުރިއަށް އޮތް އަށް އަހަރު ގައުމު ހިންގާނެ ރަނގަޅު ޓީމެއް އެކުލަވާލުމާ ބެހޭ ގޮތުން ޓްރަމްޕް ޓަވަރުގައި ދަނީ ކާމިޔާބު ބައްދަލުވުންތަކެއް ބާއްވަމުން،" ޓްރަމްޕް ޓްވީޓް ކުރައްވާފައިވެ އެވެ.

ރިޔާސީ ދައުރަކީ ހަތަރު އަހަރު ކަމުން އަށް އަހަރުގެ ވާހަކަ ޓްރަމްޕް ވިދާޅުވުމަކީ، ތަޖްރިބާކާރުން ބުނާ ގޮތުގައި، ފުރަތަމަ ދައުރު އަދި ނުފެށެނީސް ދެ ވަނަ ދައުރަކަށް ކުރިމަތިލުމަށް ޓްރަމްޕް ޝައުގުވެރިވުމެވެ.

ނޮވެމްބަރު 8 ވަނަ ދުވަހު ބޭއްވި އިންތިޚާބު ކާމިޔާބު ކުރެއްވި ފަހުން ޓްރަމްޕް ގެންދަވަނީ ކެބިނެޓް އެކުލަވާލުމާއި ސަރުކާރުގެ އިސް މަގާމުތަކަށް މީހުން ހަމަޖެއްސުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުންނެވެ. ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރާނެ ކަންތައްތަކުގެ ޕްލޭން ވެސް ޓްރަމްޕް މި ހަފުތާގައި ވަނީ އާއްމު ކުރައްވައިފަ އެވެ.