21 މެއި 2017
ރިޔާޒް (މެއި 21) - ހައްދުފަހަނަޅާ ދިއުމާ ދެކޮޅަށް ހަނގުރާމަ ކުރުމަކީ އެއްވެސް ދީނަކާ ނުވަތަ އެއްވެސް ބައެއްގެ އަގީދާއާ ދެކޮޅަށް ހަނގުރާމަ ކުރުން ނޫން ކަމަށާއި އެއީ "ރަނގަޅާއި ނުބަޔާ ދެމެދު" ކުރާ ހަނގުރާމައެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ރިޔާޒް (މެއި 21) - ހައްދުފަހަނަޅާ ދިއުމާ ދެކޮޅަށް ހަނގުރާމަ ކުރުމަކީ އެއްވެސް ދީނަކާ ނުވަތަ އެއްވެސް ބައެއްގެ އަގީދާއާ ދެކޮޅަށް ހަނގުރާމަ ކުރުން ނޫން ކަމަށާއި އެއީ "ރަނގަޅާއި ނުބަޔާ ދެމެދު" ކުރާ ހަނގުރާމައެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ސައުދީ އަރަބިއާގެ ވެރިރަށް ރިޔާޒުގައި އިސްލާމީ ގައުމުތަކުގެ ވެރިންނާ އެކު މިއަދު ބޭއްވި އަރަބި އިސްލާމިކް އެމެރިކަން ސަމިޓުގައި ޓްރަމްޕް ވަނީ މުސްލިމް ގައުމުތަކުން ޓެރަރިޒަމަށާއި ހައްދުފަހަނަޅައި ދިއުމަށް ޖާގަ ނުދިނުމަށް އެދިވަޑައިގެންފަ އެވެ. ޓްރަމްޕް ވިދާޅުވީ އެމަނިކުފާން ވަޑައިގެންނެވީ ލޯތްބާއި ރަހުމަތްތެރިކަމާއި އުއްމީދުގެ މެސެޖް ހިއްޕަވައިގެން ކަމަށެވެ.
އަރަބް އިސްލާމިކް އެމެރިކަން ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ ލީޑަރުންނާ އެކު ރައީސް ޑޮނަލްޑް ޓްރަމްޕް ފޮޓޯއަކަށް ހުއްޓިވަޑައިގެން. --ފޮޓޯ:އޭއެފްޕީ
"ޓެރަރިޒަމާއި ހައްދުފަހަނަޅައި ދިއުމާ ދެކޮޅަށް ކުރާ ހަނގުރާމަ އަކީ ނާތަހުޒީބު މުޖްރިމުންނާ ދެކޮޅަށް ކުރާ ހަނގުރާމައެއް. ޓެރިޒަމްގެ މަގު ޚިޔާރުކޮށްފި ނަމަ ދިރިއުޅުމަށް ހުސްކަން ކުރިމަތިވެ، ހަޔާތަށް ނިމުން އަންނަލެއް އަވަސްވާނެ،" ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ ތަގްރީރުގައި ޓްރަމްޕް ވިދާޅުވި އެވެ. "އަޅުގަނޑުމެން މިތަނަށް އައިސް މިތިބީ އެހެން މީހުން އުޅެންވީ ގޮތް، އެހެން މީހުން އަޅުކަން ކުރަންވީ ގޮތް ކިޔައިދޭކަށް ނޫން. އެކަމަކު އަޅުގަނޑުމެން އެއްވެ މިތިބީ އެންމެން ހިއްސާކުރާ ހަމަތަކާއި އުސޫލުތަކުގެ މަތިން ގުޅުންތައް ބަދަހި ކުރަން."
ޓްރަމްޕުގެ ބައިގަޑިއިރުގެ ތަގްރީރުގައި ވަނީ ގައުމުތަކަށް އުޖާލާ ކުރިމަގެއް ފެންނަން އޮތީ ޓެރަރިޒަމް ނައްތާލައިގެން ކަމަށް ވިދާޅުވެފަ އެވެ. އަދި ޓެރަރިސްޓުންގެ ގަބޫލް ކުރުމަކީ މަރު ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ހައްދުހަނަޅައި ދިއުމާއި ޓެރަރިޒަމްގެ ޝިކާރައަކަށް އަރަބި އަދި މުސްލިމް ގައުމުތައްވެ ކުށެއް ނެތް ލޭ އެ ގައުމުތަކުގެ މާތް ބިމަށް އޮހޮރެމުންދާ ކަމަށް އެމަނިކުފާން ވިދާޅުވި އެވެ.
ރިޔާޒުގެ ކިންގް އަބްދުލް އަޒީޒް ކޮންފަރެންސް ސެންޓަރުގައި ކުރިއަށް ދިޔަ އަރަބް އިސްލާމިކް އެމެރިކަން ސަމިޓުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ
ޓްރަމްޕް ވަނީ ޓެރަރިޒަމަށް ވާގިވެރިވާ އީރާން އެކަހެރި ކުރުމަށް ހުރިހާ ގައުމުތައް އެކަތިގަނޑަކަށްވުމަށް އެދިވަޑައިގެންފަ އެވެ. އަދި ސީރިއާ، ޔަމަން އަދި އިރާގުގައި ޓެރަރިސްޓް ޖަމާއަތްތައް ތަމްރީނު ކުރުމުގެ ޒިންމާ އުފުލަން ޖެހޭނީ އީރާނުން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އަދި ހިޒްބުﷲ ފަދަ ޖަމާއަތްތަކަށް ފައިސާ ފޯރުކޮށްދޭ ޗެނަލްތައް ބަންދު ކުރުމަށް އަރަބް އަދި މުސްލިމް ގައުމުތަކުގެ ކިބައިން އެދިވަޑައިގެންފަ އެވެ.
އެމަނިކުފާނުގެ ތަގްރީރު ނިންމަވާލައްވަމުން ވަނީ އެމެރިކާގެ ގޮތް އެހެން ގައުމުތަކުގެ މައްޗަށް ފަތުރަން ނޫޅުއްވާނެ ކަމަށާއި އެކަމަކު އެމެރިކާގެ އަތް އޮންނާނީ ހުޅުވިފައި ކަމަށް ވިދާޅުވެފަ އެވެ.
ޓްރަމްޕްގެ އެފްބީ އިޔާދަކޮށްދިނުމާ މެދު މިއަދު ގޮތެއް ނިންމަނީ
ކޮންގްރެސްގެ ހުއްދަ ނެތި ސައުދީއަށް ހަތިޔާރު ވިއްކަނީ
ޓްރަމްޕުގެ ދައުވަތު ޚާޝުގްޖީގެ ލޯބިވެރިޔާ ގަބޫލެއްނުކުރި
ފިޔަވަޅު އަޅައިފިނަމަ ގެއްލުންވާނީ އެމެރިކާއަށް: ޓްރަމްޕް
ނޫސްވެރިޔާ މައްސަލާގައި ޓްރަމްޕުގެ ވާހަކަ ބަދަލުވެއްޖެ
އެމެރިކާގެ އެހީއާ ނުލައި ސަލްމާނަށް ރަސްކަން ނުކުރެވޭނެ
ސައުދީ-އެމެރިކާގެ ހަތިޔާރު އެއްބަސްވުން 110 ބިލިއަން ޑޮލަރަށް
14 ގަޑިއިރުގެ ދަތުރުގައި ޓްރަމްޕް ވަނީ ތަގުރީރު އެޑިޓް ކުރައްވާފައި
ޓްރަމްޕުގެ ތަގްރީރު ލިޔުއްވީ މުސްލިމުން މަނާކުރި ބޭފުޅާ
އިސްލާމީ އުސޫލްތަކާ ބެހޭ ތަގުރީރެއް ޓްރަމްޕް ދެއްވަނީ