Roadha Mihaaru
ސައުދީ-އެމެރިކާގެ ހަތިޔާރު އެއްބަސްވުން 110 ބިލިއަން ޑޮލަރަށް

ސައުދީ-އެމެރިކާގެ ހަތިޔާރު އެއްބަސްވުން 110 ބިލިއަން ޑޮލަރަށް

21 މެއި 2017

ރިޔާޒް (މެއި 21) - ހަތިޔާރު ވިއްކުމާ ބެހޭ ގޮތުން ސައުދީ އަރަބިއާ އާއި އެމެރިކާ އިން 110 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރިޔާޒް (މެއި 21) - ހަތިޔާރު ވިއްކުމާ ބެހޭ ގޮތުން ސައުދީ އަރަބިއާ އާއި އެމެރިކާ އިން 110 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.

"މިއީ އީރާނުގެ ނުރައްކާތަކުން ސައުދީ އަރަބިއާ އާއި ގަލްފު ސަރަހައްދު ސަލާމަތް ކުރުމަށް އެމެރިކާ އިން ފޯރުކޮށްދޭ ޑިފެންސް ޕެކޭޖެއް،" އޮފިޝަލް ވިދާޅުވި އެވެ. "އެމެރިކާ އިން ފޯރުކޮށްދޭ ހަތިޔާރުގެ ސަބަބުން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ސައުދީ އަށް އެހީތެރިކަން ލިބޭނެ. އަދި މެދުއިރުމަތީގައި އެމެރިކާގެ އޮޕަރޭޝަންތަކަށް ވެސް ލުއި ލިބިގެންދާނެ."

އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން ވެސް ވިދާޅުވީ ހަތިޔާރު އެއްބަސްވުމުގެ ސަބަބުން މެދުއިރުމަތީގައި އީރާނުގެ ނުފޫޒު ކުޑަ ކުރަން ސައުދީ އަށް ފަސޭހަވާނެ ކަމަށެވެ.

ސައުދީ އަރަބިއާގެ ޚާރިޖީ ވަޒީރު އާދިލް އަލް ޖުބައިރު ވިދާޅުވީ ހަތިޔާރު ވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރުމަކީ އެމެރިކާ އާއި ސައުދީގެ ގުޅުމުގައި ތާރީޚީ ދުވަހެއް ކަމަށެވެ. އޭނާ ވިދާޅުވީ 110 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކީ އެމެރިކާ އާއި ސައުދީގެ 380 ބިލިއަން ޑޮލަރުގެ ހަތިޔާރު އެއްބަސްވުމުގެ ބައެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގައި އެތައް ވަޒީފާއެއް އުފެދޭނެ ކަމަށް ޖުބެއިރު ވިދާޅުވި އެވެ.

ޓްރަމްޕުގެ ސައުދީ ދަތުރުފުޅުގައި މުސްލިމް ގައުމުތަކުގެ ލީޑަރުންނާ މިއަދު ބައްދަލު ކުރައްވާ ތަގުރީރެއް ދެއްވާނެ އެވެ. ޓްރަމްޕުގެ ތަގީރުގައި އަލި އަޅުވާލައްވާނީ އިސްލާމީ ބައެއް އުސޫލުތަކާ ބެހޭ ގޮތުންނެވެ. ރައީސް ބަރަކް އޮބާމާ ވެސް ވަނީ 2009 ވަނަ އަހަރު މިސްރުގެ ގާހިރާގައި އިސްލާމީ ދުނިޔެ އަށް ތަގްރީރެއް ދެއްވައިފަ އެވެ.