20 މެއި 2017
ރިޔާޒްް (މެއި 20) - އިސްލާމީ ގައުމުތަކުގެ ވެރިންނާ އެކު ބާއްވަވާ ސަމިޓުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވުމަށް ތައްޔާރު ކުރި ތަގްރީރު، އެމެރިކާ އިން ސައުދީ އަށް ކުރި 14 ގަޑިއިރުގެ ދަތުރުގައި، ޓްރަމްޕް ވަނީ އެޑިޓް ކުރައްވާފައި ކަމަށް ތަރުޖަމާން ޝޯން ސްޕައިސާ ވިދާޅުވެއްޖެ އެވެ.
ރިޔާޒްް (މެއި 20) - އިސްލާމީ ގައުމުތަކުގެ ވެރިންނާ އެކު ބާއްވަވާ ސަމިޓުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވުމަށް ތައްޔާރު ކުރި ތަގްރީރު، އެމެރިކާ އިން ސައުދީ އަށް ކުރި 14 ގަޑިއިރުގެ ދަތުރުގައި، ޓްރަމްޕް ވަނީ އެޑިޓް ކުރައްވާފައި ކަމަށް ތަރުޖަމާން ޝޯން ސްޕައިސާ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ އެއާ ފޯސް ވަންގައި ކުރި ދިގު ދަތުރުގައި ތަގުރީރު އެޑިޓް ކުރެއްވުމުގެ މަސައްކަތުގެ އިތުރުން ޓްރަމްޕް ވަނީ ބައެއް ނޫސްތައް ވިދާޅުވެފައި ކަމަށެވެ. އަދި އަވަހާރަފުޅު ލެއްޕެވީ ވަރަށް ކުޑަ ވަގުތު ކޮޅެއްގައި ކަމަށް ސްޕައިސާ ވިދާޅުވި އެވެ.
މުސްލިމް 50 ވަރަކަށް ލީޑަރުންނާ އެކު ރިޔާޒުގައި ބާއްވާ އަރަބި އިސްލާމިކް ސަމިޓުގައި ޓްރަމްޕް ދެއްވާ ތަގްރީރު ލިޔުއްވީ ސީނިއާ އެޑްވައިޒަރު ސްޓެފަން މިލާ އެވެ. އޭނާ އަކީ މުސްލިމް ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރި ސިޔާސަތު އެކުލަވާލުމުގެ އެންމެ އިސް މޭސްތިރިޔާ އެވެ.
ފަސް ގައުމަށް ކުރައްވާ އަށް ދުވަހުގެ ދަތުރުފުޅުގައި ޓަރްމްޕް ސައުދީ އަށް މިއަދު ވަޑައިގަތުމުން ރިޔާޒުގެ ކިންގް ޚާލިދު އެއާޕޯޓުން މަރުހަބާ ވިދާޅުވީ ރަސްގެފާން ސަލްމާން ބިލް އަބްދުލް އަޒީޒެވެ. ޓްރަމްޕާއި 81 އަހަރުގެ ސަލްމާން ރޯޔަލް ޓާމިނަލްގައި މަޝްވަރާ ކޮށްލެއްވުމަށް ފަހު ދެން ވަޑައިގެންނެވީ ރިޔާޒުގައި ޓްރަމްޕް ހުންނެވުމަށް ހަމަޖެހިފައިވާ ހޮޓަލަށެވެ. އެ ހޮޓަލުގައި ވަނީ ޓްރަމްޕުގެ ވަރަށް ބޮޑު ފޮޓޯއެއް ބަހައްޓައިފަ އެވެ. މިއަދުގެ ބޮޑު ބައި ޓްރަމްޕް ހޭދަކުރައްވާނީ ސައުދީ އޮފިޝަލުންނާ ބައްދަލު ކުރެއްވުމުގަ އެވެ. މި ދަތުރުގައި ސައުދީއާ އެކު ވަރަށް ގިނަ އެއްބަސްވުންތައް ގާއިމް ކުރާނެ އެވެ. އޭގެ ތެރޭގައި ސައުދީ އަށް ހަތިޔާރު ވިއްކުމުގެ 100 ބިލިއަން ޑޮލަރުގެ އެއްބަސްވުން ވެސް ހިމެނެ އެވެ.
އެހެން ބައެއް އަންހެން ބޭކަނބަލުންނާ ޚިލާފަށް ޓްރަމްޕުގެ އަނބިކަނބަލުން މެލަނިއާ ސައުދީ އަށް ވަޑައިގެންނެވި އިރު ހުންނެވީ ބޯ ނިވާ ނުކޮށެވެ. އަދި ސަލްމާން ރަސްގެފާނާ މެލަނިއާ ވަނީ ސަލާމް ވެސް ކުރައްވައިފަ އެވެ.
ޓްރަމްޕަކީ ވެރިކަމުގައި ހުންނަވާ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގައުމަކަށް އެންމެ ފުރަތަމަ ދަތުރުފުޅު ކުރެއްވި އެމެރިކާގެ ފުރަތަމަ ރައީސް އެވެ.
ހައްދުފަހަނަޅައި ދިއުމާ ދެކޮޅު ހެދުމަކީ ދީނާ ދެކޮޅުވުމެއް ނޫން: ޓްރަމްޕް
ޓްރަމްޕުގެ ތަގްރީރު ލިޔުއްވީ މުސްލިމުން މަނާކުރި ބޭފުޅާ
އިސްލާމީ އުސޫލްތަކާ ބެހޭ ތަގުރީރެއް ޓްރަމްޕް ދެއްވަނީ
ޣައްޒާ ހަނގުރާމަ ވަގުތުން ހުއްޓާލަން ގޮވާލައިފި
ދެ ހަރަމްފުޅުގެ ކަންކަމަށް އާ އިދާރާއެއް އުފައްދައިފި
ގުރުއާން އެންދުމުގެ ކަންބޮޑުވުން ޑެންމާކް ސަރުކާރަށް
މިއަހަރުގެ ހައްޖުގައި ސަލާމަތީ މައްސަލައެއް ނެތް
ޤުރްއާން އެންދުން ހުއްޓުވުމަށް ސައޫދީން ގޮވާލައިފި
ދެ މިލިއަނަށްވުރެ ގިނަ ހައްޖުވެރިން އަރަފާތު ބިމުގައި
ތިން މަސް ކުރިން ފާދިރީއެއް، މިއަދު ހައްޖުވަނީ