02 ޖުލައި 2021
ރާއްޖޭގެ ތިމާވެށިން ދިވެހިން ހޯދަމުން އަންނަ އިގްތިސާދީ ނަފާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ކުނި މެނޭޖު ކުރުމުގެ ރަނގަޅު ނިޒާމެއް ގާއިމުވެފައި އޮތުން މުހިއްމު ކަމަށް އެންވަޔަރްމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ތިމާވެށިން ދިވެހިން ހޯދަމުން އަންނަ އިގްތިސާދީ ނަފާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ކުނި މެނޭޖު ކުރުމުގެ ރަނގަޅު ނިޒާމެއް ގާއިމުވެފައި އޮތުން މުހިއްމު ކަމަށް އެންވަޔަރްމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ރޭ ވިދާޅުވެއްޖެ އެވެ.
ކ، އއ، އދ. އަދި ވ. އަތޮޅުގެ ރަށްތަކުގެ ކުނި މެނޭޖު ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ކައުންސިލްތަކާއެކު އެމްއޯޔޫތަކުގައި ސޮއިކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން ޝައުނާ ވިދާޅުވީ، ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ ތިމާވެށީގެ އެންމެ ބޮޑު ކަމަކީ ކުނީގެ މައްސަލަ ކަމަށެވެ. އެ މައްސަލައަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެކަމުގެ ނޭދެވޭ އަސަރު އާއްމު ސިއްހަތަށާއި ރަށުގެ ސާފުތާހިރުކަމަށާއި ރަށުގެ އިގުތިސާދަށް ވެސް ކުރޭ. ދިވެހިރާއްޖޭގެ ތިމާވެށްޓާއި އެތިމާވެށި ބޭނުންކޮށްގެން ދިވެހިން ހޯދަމުންދާ އިގުތިސާދީ ނަފާވެރިކަން، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް، ރަނގަޅު ކުނި މެނޭޖު ކުރުމުގެ ނިޒާމެއް ގާއިިމުވެފައި އޮތުމަކީ ވަރަށް މުހިއްމު ކަމެއް،" ޝައުނާ ވިދާޅުވި އެވެ.
އޭނާ ވިިދާޅުވިގޮތުގައި ކ. އަތޮޅާއި އއ. އަދި އދ. އަތޮޅާއި ވ. އަތޮޅުގެ 32 ރަށެއްގެ ކައުންސިލާ އެކު އެމްއޯޔޫއެއްގައި ސޮއިކުރީ އެ ރަށްތަަކަށް އަމާޒުކޮށްގެން، ހިންގާ ކުނި މެނޭޖު ކުުރުމުގެ ނިޒާމު ގާއިމްކުރުމުގެ ބިޔަ މަޝްރޫއެއްގައި ކަމަށެވެ. އެ މަޝްރޫއުން އެ ސަރަަހައްދުގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ވެސް ޝައުނާ ވިދާޅުވި އެވެ.
We have signed contracts to strengthen waste management systems in 32 islands in K, Aa, Adh, Vaavu atoll.
— Shauna Aminath ?❓ (@anuahsa) July 2, 2021
Safe disposal of waste and our “waste as a resource” policies will improve the quality of life in these islands. The role of local councils to implement this is critical https://t.co/5kmlS9Jj63
"އަދި ޒަމާނީ ޓެކްނޮލޮޖީއާ އެކު ކުނި ނައްތައިލެވޭ ނިޒާމެއް ތިލަފުށީގައި ގާއިމު ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
އެ އަތޮޅުތަކުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް އެ މަޝްރޫއުގެ ތެެރެއިން ކުނިމެނޭޖު ކުރުމުގެ ނިޒާމުތައް ގާއިމު ކުރާނެ ކަަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެ މަސައްކަތް ކުރާނީ ރަށްތަކުގައި ކުނި މެނޭޖު ކުރުމުގެ ނިޒާމު ގާއިމު ކުރުމަށް އެންވަަޔަރްމެންޓް މިނިސްޓްރީން ކޮށްފައިވާ ސާވޭގެ އަލީގައި ކަމަށް ޝައުނާ ވިދާޅުވި އެވެ.
ތިިލަފުށީގެ ދުމުގެ އަސަރު މި ދުވަސްވަރު ބޮޑުވެދާނެ
100 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ހަދަނީ
"ސިޓީއަކަށް މުހިންމުވާ އަސާސީ ހިދުމަތްތައް ހަމަވެެއްޖެ"
ސޯލާ ހަކަތަ ރައްކާކުރާ ސިސްޓަމް ގާއިމްކުރަން ޗައިނާއަށް
ތިމާވެށީގެ ޖޫރިމަނާ އަބަދު ގަލުއަޅާފައި!
ޕްލާސްޓިކް ކޮތަޅުގެ އަގުހެޔޮކުރަން ނަޝީދު ބޭނުމެއް ނޫން
ވިލިމާލެ ފަރު ފޫއަޅުވައިލިތާ 8 މަސް: އަޅައެއް ނުލި!
ވޭސްޓް ޓްރާންސްފާ ސްޓޭޝަން ޖުލައި މަހަށް ނިންމަނީ
ކުނި މަނޭޖުކުރާ ގާނޫނަކީ ގިނަ މައްސަލަތަކެއްގެ ހައްލު
ވިލިމާލެ ފަރަށް ގެއްލުންވި މައްސަލަ އިސްތިއުނާފުކޮށްފި