24 ނޮވެމްބަރ 2016
ނިއު ޔޯކް (ނޮވެމްބަރު 24) - އެމެރިކާގެ ރައީސް ކަމުގެ ހުވާ ޖެނުއަރީ 20 ވަނަ ދުވަހު ކުރެއްވި ނަމަވެސް ވިޔަފާރި ހިންގުމާ ކޮންމެހެން ދުރުވާން ނުޖެހޭ ކަމަށް ބިލިއަނަރު ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ނިއު ޔޯކް (ނޮވެމްބަރު 24) - އެމެރިކާގެ ރައީސް ކަމުގެ ހުވާ ޖެނުއަރީ 20 ވަނަ ދުވަހު ކުރެއްވި ނަމަވެސް ވިޔަފާރި ހިންގުމާ ކޮންމެހެން ދުރުވާން ނުޖެހޭ ކަމަށް ބިލިއަނަރު ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ނަމަވެސް ބައެއް ފަރާތްތަކުން ދަނީ އެމެރިކާގެ އެންމެ ބޮޑު އެއް މަހުޖަނުގެ ގޮތުގައި ހުންނަވައިގެން ވިޔަފާރި ހިންގަވަމުން ގައުމުގެ ވެރިކަން ކުރައްވާ ނަމަ މަސްލަހަތު ފުށުއަރާނެ ކަމަށް ބުނަމުންނެވެ. އެހެންވެ ޑިމޮކްރެޓިކް ސެނެޓަރެއް ކަމަށްވާ ބެން ކާޑިން ވަނީ ޓްރަމްޕް ކުރައްވާ ހުރިހާ ވިޔަފާރިއަކާ އޭނާ ދުރުވުން މަޖްބޫރު ކުރުމަށް ގަރާރެއް އަންނަ ހަފުތާގައި ހުށަހެޅުމަށް ނިންމައިފަ އެވެ. އެކަމަކު ޓްރަމްޕް ކުރައްވާ ވިޔަފާރިން ދުރުވާން މަޖްބޫރު ކުރާ ގާނޫނެއް އެމެރިކާގައި ނެތެވެ. އެހެން ނަމަވެސް މީގެ ކުރިން އެެމެރިކާގެ ވެރިކަމަށް ވަަޑައިގެންނެވި ބޭފުޅުން ވަނީ ވިޔަފާރި ކުރުމުން އެއް ފަރާތްވެފަ އެވެ.
ޑޮނަލްޑް ޓްރަމްޕް (މ) އާއިލާގެ ބައެއް މެންބަރުންނާ އެކު.
"އޫސުލެއްގެ ގޮތުން އަޅުގަނޑުގެ ވިޔަފާރި ރަނގަޅަށް ހިންގާ އަދި ގައުމު ވެސް ރަނގަޅަށް ހިންގުމަށް ހުރަސް އަޅާ ކަމެއް ނެތް. އެކަން ކުރެވިދާނެ. އަޅުގަނޑު ހީކުރަން އެ ކަމުގައި ކޮންމެވެސް ވަރެއްގެ އިތުބާރެއް ކުރާނެ ކަމަށް،" ނިއު ޔޯކް ޓައިމްސްއާ ބައްދަލު ކުރައްވާ ޓްރަމްޕް ވިދާޅުވި އެވެ.
ނަމަވެސް ޓްރަމްޕް ވަނީ އޭނާގެ ދެ އޭރިޔާ އާއި ޒިންމާތައް ވަކި ކުރަން ކޮންމެވެސް ކަމެއް ކުރައްވާނެ ކަމަށެވެ.
ޓްރަމްޕް ކުރިން ވިދާޅުވަމުން ގެންދެވީ ވެރިކަމާ ހަވާލުވުމަށް ފަހު ވިޔަފާރި ކުރިއަށް ގެންދާނީ އޭނާގެ ދޮށީ ދަރިން ކަމަށް ވިދާޅުވެފަ އެވެ. އެމެރިކާގެ ރިއަލް އެސްޓޭޓް ވިޔަފާރިވެރިޔާގެ މިލްކުގައި 3.7 ބިލިއަން ޑޮލަރު ހުރި ކަމަށް ފޯބްސް މަޖައްލާ އިން އަންދާޒާ ކޮށްފައިވެ އެވެ.
ޓްރަމްޕްގެ އެފްބީ އިޔާދަކޮށްދިނުމާ މެދު މިއަދު ގޮތެއް ނިންމަނީ
ހައްދުފަހަނަޅައި ދިއުމާ ދެކޮޅު ހެދުމަކީ ދީނާ ދެކޮޅުވުމެއް ނޫން: ޓްރަމްޕް
އޮބާމާ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފި މައްސަލަ ބަލަނީ
ވައިޓްހައުސްގައި އެއްވެސް މައްސަލައެއް ނެތް: ޓްރަމްޕް
ބޭރުގެ ސަރުކާރުތަކުން ފައިސާ ނަގާތީ ޓްރަމްޕާ ދެކޮޅަށް ދައުވާކުރަނީ
ޓްރަމްޕާއެކު ރޭގަނޑުގެ ކެއުމަކަށް އެއް މިލިއަން ޑޮލަރު
ވެރިކަމަށް އިސްކަން ދޭން ވިޔަފާރިން ޓްރަމްޕް ދުރުވަނީ
ދެވަނަ ދައުރެއް ބޭނުންވާ ކަމަށް ޓްރަމްޕުގެ އިޝާރާތެއް
ކެބިނެޓް އެކުލަވާލުމުގައި މައްސަލައެއް ނޫޅޭ: ޓްރަމްޕް
ޑޮލަރަށް ބަރޯސާވުން ކުޑަކުރާތީ ޓްރަމްޕްގެ އިންޒާރެއް