16 ނޮވެމްބަރ 2016
ނިއު ޔޯކް (ނޮވެމްބަރު 16) - ވެރިކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕުގެ ކެބިނެޓަށް މެންބަރުން ހަމަޖެއްސުމުގައި ޚިޔާލު ތަފާތުވުންތައް އުފެދިފައިވާ ކަމަށް އެމެރިކާގެ ބައެއް މީޑިއާތަކުން ބުނި ނަމަވެސް ޑޮނަލްޑް ޓްރަމްޕް އެކަން ދޮގު ކުރައްވައިފި އެވެ.
ނިއު ޔޯކް (ނޮވެމްބަރު 16) - ވެރިކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕުގެ ކެބިނެޓަށް މެންބަރުން ހަމަޖެއްސުމުގައި ޚިޔާލު ތަފާތުވުންތައް އުފެދިފައިވާ ކަމަށް އެމެރިކާގެ ބައެއް މީޑިއާތަކުން ބުނި ނަމަވެސް ޑޮނަލްޑް ޓްރަމްޕް އެކަން ދޮގު ކުރައްވައިފި އެވެ.
ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވަނީ އާ ކެބިނެޓަށް މެންބަރުން ހަމަޖެއްސުން ވަރަށް އޮގަނައިޒްކޮށް ކުރިއަށްދާ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އެމެރިކާގެ މީޑިއާތަކުން ބުނެފައި ވަނީ ވެރިކަން ބަދަލު ކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި އުޅޭ ޓްރަމްޕުގެ ޓީމުން ދެ މީހަކު ވަކިކޮށްފައިވާ ކަމަށެވެ. މި ޓީމުގެ އިސް މެންބަރެއްގެ ގޮތުގައި ހުންނެވި ނިއު ޔޯކުގެ ގަވަރުނަރު ކްރިސް ކްރިސްޓީގެ ބަދަލުގައި ޓްރަމްޕުގެ ނައިބް މައިކް ޕެންސް ވަނީ ހަމަޖައްސައިފަ އެވެ. ގައުމީ ސަލާމަތާ ބެހޭ ކަންކަން ބަދަލު ކުރުމުގައި އިސްކޮށް އުޅުއްވި ހައުސްގެ އިންޓަލިޖެންސް ކޮމިޓީގެ ކުރީގެ ޗެއާމަން މައިކް ރޮޖާސް އިސްތިއުފާ ދެއްވާނެ ކަމަށް އިއްޔެ ވަނީ ވިދާޅުވެފަ އެވެ. ނޭޝަނަލް ސެކިއުރިޓީ ޓީމުގައި ހިމެނޭ މެންބަރެއް ކަމަށްވާ މެތިއު ފްރީޑްމަން މަގާމުން ވަކިކޮށްފައިވާ ކަމަށް ނިއު ޔޯކް ޓައިމްސް އިން ވަނީ ބުނެފަ އެވެ. މި ދެބޭފުޅުންނަކީ ވެސް ކްރިސްޓީއާ ވަރަށް އަރިސް ބައެކެވެ.
ޓްރަމްޕް ވެރިކަމާ ހަވާލުވުމުގެ އިންތިޒާމްތައް ހަމަޖައްސާ ޓީމުގެ އިސްވެރިޔާގެ މަގާމުން ނިއު ޔޯކުގެ މޭޔަރު ކްރިސްޓީ ދުރުކުރުމުގެ ފަހަތުގައި ހުންނެވީ ޓްރަމްޕުގެ ދަނބިދަރިކަލުން ކުޗްނާ (މ) ކަމަށް ރިޕޯޓްތައް ބުނޭ.
މި ބަދަލު ގެނައުމުގެ ފަހަތުގައި ވަނީ ޓްރަމްޕުގެ ދަނބިދަރިކަލުން ޖަރެޑް ކުޝްނާ ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ. ޓެކްސް އަށް މަކަރު ހެދި މައްސަލައެއްގައި ކުޝްނާގެ ބައްޕަގެ މައްޗަށް ދައުވާކޮށް ޖަލަށްލީ އިރު ނިއު ޖާޒީގެ އެޓާނީ ޖެނެރަލަކަށް ހުންނެވީ ކްރިސްޓީ އެވެ.
ޓްރަމްޕް ވަނީ ވެރިކަމާ ހަވާލުވުމުގެ އިންތިޒާމްތައް ވަރަށް އޮމާންކަމާ އެކު ކުރިއަށް ދާ ކަމަށް ވިދާޅުވެފަ އެވެ. ވޭތުވެދިޔަ ހަފުތާއެއްހާ ދުވަހު ޓްރަމްޕް ގެންދަވަނީ އޭނާ ދިރިއުޅުއްވާ ޓްރަމްޕް ޓަވަރުގައި އާ ސަރުކާރު އެކުލަވާލުމާ ބެހޭ ގޮތުން އިސް ފަރާތްތަކާ ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވަމުންނެވެ.
ޓްރަމްޕުގެ ޗީފް އޮފް ސްޓާފުގެ މަގާމަށާއި އެޑްވައިޒަރުގެ މަގާމަށް މިހާރު ވަނީ މީހުން ހަމަޖައްސައިފަ އެވެ. ޚަބަރުތައް ބުނާ ގޮތުގައި ޚާރިޖީ ވަޒީރުކަމުގެ މަގާމަށް ހަމަޖެއްސުމަށް މަޝްވަރާ ކުރަމުންދަނީ ނިއު ޔޯކުގެ ކުރީގެ މޭޔަރު ރުޑޮލްފް ޖިއުލިއާނީ އެވެ.
ޓްރަމްޕްގެ އެފްބީ އިޔާދަކޮށްދިނުމާ މެދު މިއަދު ގޮތެއް ނިންމަނީ
ހައްދުފަހަނަޅައި ދިއުމާ ދެކޮޅު ހެދުމަކީ ދީނާ ދެކޮޅުވުމެއް ނޫން: ޓްރަމްޕް
އޮބާމާ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފި މައްސަލަ ބަލަނީ
ވައިޓްހައުސްގައި އެއްވެސް މައްސަލައެއް ނެތް: ޓްރަމްޕް
ބޭރުގެ ސަރުކާރުތަކުން ފައިސާ ނަގާތީ ޓްރަމްޕާ ދެކޮޅަށް ދައުވާކުރަނީ
ޓްރަމްޕާއެކު ރޭގަނޑުގެ ކެއުމަކަށް އެއް މިލިއަން ޑޮލަރު
ވެރިކަމަށް އިސްކަން ދޭން ވިޔަފާރިން ޓްރަމްޕް ދުރުވަނީ
ދެވަނަ ދައުރެއް ބޭނުންވާ ކަމަށް ޓްރަމްޕުގެ އިޝާރާތެއް
ވެރިކަމާއި ވިޔަފާރީގެ މަސްލަހަތު ފުށުނާރާނެ: ޓްރަމްޕް
ޑޮލަރަށް ބަރޯސާވުން ކުޑަކުރާތީ ޓްރަމްޕްގެ އިންޒާރެއް