ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅެއް ހަމަޖައްސަން ޖެހޭ ގޮތަށް ގާނޫނުތަކަށް ގެނައި އިސްލާހު މިއަދު ތަސްދީގުކުރައްވާފައި ވާއިރު، އަދި އެކަން ހަމަޖެހިފައި ނުވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
30 ޖޫން 2021
ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅެއް ހަމަޖައްސަން ޖެހޭ ގޮތަށް ގާނޫނުތަކަށް ގެނައި އިސްލާހު މިއަދު ތަސްދީގުކުރައްވާފައި ވާއިރު، އަދި އެކަން ހަމަޖެހިފައި ނުވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ދެބާރުގެ ވެރިންނަށް ރަސްމީ ގެކޮޅެއް ހަމަޖައްސައި ދޭންޖެހޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ތަސްދީގު ކުރައްވައިފަ އެވެ.
މި ގާނޫނު ތަސްދީގުކުރެއްވުމާ އެކު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް ރަސްމީ ގެކޮޅެއް ހަމަޖައްސައިދޭން ދައުލަތުގެ މައްޗަށް ލާޒިމުވާނެ އެވެ.
ރައީސްގެ ތަރުޖަމާން މަބްރޫކް އަޒީޒް "މިހާރު" އަށް ވިދާޅުވީ މި ގާނޫނަށް ތަސްދީގުކުރެވުމާ އެކު ދެބާރުގެ ވެރިންނަށް ގެކޮޅު ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އޭގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.
އެ ދެ ބިލުގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ އާއިލާ އަށް ގެކޮޅެއް ހަމަޖައްސައިދިނުމުގެ އިތުރުން ދައުލަތުން އެ ދެ ބޭފުޅުންނަށް މުވައްޒަފުން ވެސް ހަމަޖައްސައިދޭން ޖެހެ އެވެ.
ގާނޫނުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ހަމަޖައްސައިދޭ ރަސްމީ ތަންތަނަކީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ ތަނަކަށް ވާން ޖެހޭނެ އެވެ. އެ ތަންތަނުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން ޖެހޭނީ ސިފައިން ކަމަށާއި މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދޭންޖެހޭ ރައްކާތެރިކަން ސިފައިން ހަމަޖައްސައިދޭން ޖެހޭ ކަމަށް ވެސް ގާނޫނުގައިވެ އެވެ.
މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރާއި އެ ބޭފުޅުންގެ އާއިލާ ދިރިއުޅުއްވުމަށް ކަނޑައަޅާ ރަސްމީ ގެކޮޅަށް ބޭނުންވާ މުވައްޒަފުންނާއި ތަނުގެ ހަރަދު ވެސް ބަލަހައްޓަން ޖެހެނީ ދައުލަތުން ކަމަށް މި ގާނޫނުގައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އާއިލާ ދިރިއުޅުއްވާ ގެކޮޅަށް ބޭނުންވާ މުވައްޒަފުން ހޯދަން ޖެހެނީ ގާނޫނުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުންނެވެ. އަދި އުއްތަމަ ފަނޑިޔާރާއި އާއިލާ ތިއްބަވާ ގެކޮޅަށް މުވައްޒަފުން ހޯދައިދިނުމުގެ ކަންކަން ނިންމަން ޖެހެނީ ގާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓުންނެވެ.
ދައުލަތުގެ ދެ ބާރަށް ރަސްމީ ގެކޮޅެއް ހަމަޖައްސައިދޭން ނިންމީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލައާ ގުޅިގެންނެވެ. އެ ހަމަލާ ދިންއިރު އެ މަނިކުފާނު ދިރިއުޅުއްވަނީ އާއިލީ ގެކޮޅު ގ. ކެނެރީގޭގަ އެވެ.
އުއްތަމަ ފަނޑިޔާރު ވެސް ދިރިއުޅުއްވަނީ އަމިއްލަ ގެކޮޅުގަ އެވެ.
ރައީސާއި ނައިބު ރައީސަށް ދައުލަތުން އަބަދު ވެސް ރަސްމީ ގެކޮޅަކާއި މުވައްޒަފުން ހަމަޖައްސައިދެ އެވެ. މިހާރުގެ ރައީސާއި އާއިލާ މުލީއާ ގޭގައި ދިރިއުޅުއްވާއިރު، ނައިބު ރައީސް ފައިސަލް ނަސީމާއި އާއިލާގެ ރަސްމީ ގެކޮޅަކީ ހިލާލީގެ އެވެ.
ދެބާރުގެ ވެރިންނަށް ވަގުތީ ގެކޮޅު ހަމަޖައްސައިފި
ދެ ބާރުގެ ވެރިންގެ ރަސްމީ ގެކޮޅު ހަރަދަށް 12މިލިއަން
ދެ ބާރުގެ ވެރިން ދިރިއުޅުއްވާނެ ތަނެއްދޭން ފާސްކޮށްފި
ދެބާރުގެ ވެރިންނަށް ގެ ހަމަޖައްސަން ކޮމިޓީން ފާސްކޮށްްފި
ދެ ބާރުގެ ވެރިންނަށް ގެކޮޅު ހަމަޖައްސާ ބިލް މަޖިލީހަށް
ތަހުގީގުގެ މައުލޫމާތު ފުލުހުން މަޖިލީހަށް ދޭ: މަބްރޫކް
ރަސްމީ ގެކޮޅު ހަމަޖައްސާ ބިލް ރައީސް އޮފީހަށް
ރުހުން ނުލިބޭ ވަޒީރުން އަލުން މަގާމަށް: ބޮޑުުު ސުވާލެއް
ނަޝީދު ވަކިކުރަން ރައީސާ ވެސް މަޝްވަރާކުރި: މިއުވާން
މުއުތަސިމްގެ ސެކިއުރިޓީ ބްރީޗްވި ގޮތް މަޖިލީހުން ބަލަނީ