Roadha Mihaaru
މުއުތަސިމްގެ ސެކިއުރިޓީ ބްރީޗްވި ގޮތް މަޖިލީހުން ބަލަނީ

އުއްތަމަ ފަނޑިޔާރުގެ ގެކޮޅުގެ ސެކިއުރިޓީ ބްރީޗްވި މައްސަލަ މަޖިލީހަށް

05 އޮކްޓޯބަރ 2021

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނުގެ ގެކޮޅުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން ރައްޔިތުންގެ މަޖިލީހަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނުގެ ގެކޮޅުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން ރައްޔިތުންގެ މަޖިލީހަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.

މަޖިލީހުގައި މިހާރު ކުރިއަށްދާ ޖަލްސާއަށް ފޮނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މޫސާ ސިރާާޖު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ ދަައުލަތުގެ ތިންބާރުގެ ތެރެއިން ދެބާރުގެ ވެރިންގެ ސެކިއުރިޓީ ބްރީޗްވުމުން ރައްޔިތުންގެ ސެކިއުރިޓީއާ މެދު ސުވާލުއުފެދޭ ކަމެއް ކަމަށާއި އެއީ ބިރުވެރި މައްސަލައެއް ކަމަށެވެ. އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަންނަން މަސައްކަތްކުރީ މަސްތުވާތަކެތީގެ ޝިކާރަައަކަށް ވެފައިވާ މީހެއް ކަމަށް ބުނެ، ނިންމައިލެވޭ ވަަރަށް ވުރެ އެކަން ސީރިއަސް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންވެ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އެކަން ހިނގާފައިވާ ގޮތް މަޖިލީހުން ބަލަން ސިރާޖް ހުށަހެޅުއްވި މައްސަލައިގައި ގޮވައިލެއްވި އެވެ.

އެ މައްސަލަަ މަޖިލީހަށް ބަލައިގަންނަން ފާސްކުރީ ވޯޓްގައި ބައިވެރިވަޑައިގެންނެވި 28 މެމްބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް މަޖިލީހުގެ މީޑިއާ ބްރީފިން އެއްގައި ވާހަކަ ދައްކަވަނީ. އުއްތަމަ ފަނޑިޔާރުގެ ގެކޮޅުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން އޭނާ މިއަދު މަޖިލީހަށް ހުށަހެޅުއްވި. ފޮޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް މަޖިލީހުގެ މީޑިއާ ބްރީފިން އެއްގައި ވާހަކަ ދައްކަވަނީ. އުއްތަމަ ފަނޑިޔާރުގެ ގެކޮޅުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން އޭނާ މިއަދު މަޖިލީހަށް ހުށަހެޅުއްވި. ފޮޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

މައްސަލަ ބަލައިގަތުމަށް ފަހު ކުރިއަށް ގެންދިޔަ ބަަހުސްގެ ފުރަތަމަ ފުރުސަތުގައި ސިރާޖް ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްްމަަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މޭމަހުގެ ހަވަނަ ދުވަހު ދިން ހަމަލާ ވެސް ދެވުނީ އޭގެ ކުރިން ހިނގައި ދިޔަ ކަަންތައްތައް ވަރަށް ލުއިކޮށް ނެގުމުގެ ސަބަބުން ކަމަށެވެ. ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ހެދި އިންކްއަރީގެ ހޯދުންތަކާ ހަވާލާދެއްވައި އޭނާ ވިދާޅުވީ އެމަނިކުފާނަށް ކުރިން ދިން އިންޒާރުތައް ވެސް ވަރަށް ލުއިކޮށް ނަގާފައިވާ ކަަމަށެވެ.

ސިރާޖް ވިދާޅުވީ ސުޕްރީމްކޯޓްގައި ވަރަށް ހައްސާސް މައްސަލަތަކެއް ހިނގަމުންދާ މިވަގުތަކީ އުއްތަަމަ ފަނޑިޔާރުގެ ސެކިއުރިޓީ ވަރަށް ރަނގަޅަަށް ބަލަހައްޓަން ޖެހޭ ވަގުތެއް ކަމަށެވެ.

"މިދިޔަ ފަސްމަސްތެރޭގައި ދައުލަތުގެ ދެބާރުގެ ސެކިއުރިޓީ މިއޮތީ ހަަމަ ރަނގަޅަށް ބްރީޗްވެފައި، ދެން އޮތީ އެންމެ ބާރެއް،" އޭނާ ވިދާޅުވި އެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ސެކިއުރިޓީ ބްރީޗްވާ ހިސާބަށް ކަންތައްތައް ދާން އެެދިވަޑައިނުގަންނަވާ ކަމަށާއި ދައުލަތުން ރަނގަޅަށް އިންޓެލިޖެންސް އެއްކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސަލާމަތީ ކަންތައްތައް ރަނގަޅުނުކުރާ ނަމަ އެންމެެންނަށް ވެސް ނުރައްކާވާނެ ކަަމަށް ވިދާޅުވެ، އެކަމަށް ހާއްސަ ސަމާލުކަމެއްދޭން ސިރާޖް ގޮވައިލެއްވި އެވެ.