28 ޖޫން 2021
ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިން ސާފުކޮށް އެ ދެ ތަން ހުޅުވާލައިދޭން މާލޭ ސިޓީ ކައުންސިލުން އެދިއްޖެ އެވެ.
ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިން ސާފުކޮށް އެ ދެ ތަން ހުޅުވާލައިދޭން މާލޭ ސިޓީ ކައުންސިލުން އެދިއްޖެ އެވެ.
އެ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ ފްލެޓު އަޅަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އިންޑިއާގެ ޓާޓާ ކުންފުންޏާ ހަވާލުކުރި އޯޑިއޯން އަދި ނާދީ ހުރި ބިމުން ކުންޏާއި މަދިރީގެ އުނދަގޫ ދިމާވާ ކަމުގެ ޝަކުވާތައް އާއްމުންގެ ފަރާތުން ލިބޭ ކަމަށެވެ. އެއާއެކު، އެ ތަންތަނުގައި ނޭދެވޭ އަމަލުތައް ހިންގަމުންދާތީ ބަންދުކުރަން ޖަހާފައިވާ ބިއްގަނޑު ނަގައި ސާފުކޮށް ހުޅުވާލައިދިނުމަށް މިދިޔަ ބުދަ ދުވަހު ޕްލޭނިން މިނިސްޓްރީގައި އެދިފައިވެ އެވެ.
ނަމަވެސް އެ ސިޓީއަށް އަދި ޖަވާބު ދީފައި ނުވާ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ
"އޮޑިއޯން" އަދި "ނާދި" ބަންދުކޮށް ގިނަ ދުވަސްވެ، ކުންޏާ މަދިރީގެ އުނދަގުލާއި ނޭދެވޭ އަމަލުތައް އެތަންތަނުގައި ހިންގަމުންދާތީ، އެ ދެތަނުގެ ބިއްގަނޑު ނަގައި، ބިން ސާފުކޮށް، ހުޅުވާލަދިނުމަށް އެދި ޕްލޭނިން މިނިސްޓްރީއަށް ވަނީ ދަންނަވާފަ އެވެ. pic.twitter.com/cEKMPMzRAc
— Male' City Council (@MaleCitymv) June 28, 2021
އެމްޑީޕީގެ ސަރުކާރުން ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުމުގެ ދަށުން ކުރީގެ ގާކޮއްޓާއި އަރަބިއްޔާގައި ސޯޝަލް ހައުސިންގެ 280 ފްލެޓު އަޅަން ޖެހެ އެވެ. އޯޑިއޯން އާއި ނާދީ ހުރި ބިން ދިނީ އޭގެ ބަދަލެއްގެ ގޮތުން މަތީ ފެންވަރުގެ ފްލެޓް އަޅައި ވިއްކުމަށެވެ. ނަމަވެސް މިހާތަނަށް އައިއިރު ވެސް ފްލެޓުގެ ބިންގާ އެޅުން ފިޔަވައި އިތުރު އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.
އެއްބަސްވުމުގެ ދަށުން، ރިސޯޓް ހަދަން ޅ. ޅޮއްސަލަފުށި ވެސް ޓާޓާ އަށް ދިނެވެ. އެކަމަކު މަސައްކަތް ފަށަން ދިން މުއްދަތުގައި ނުފެށި ކަމަށް ބުނެ އެއްބަސްވުން ބާތިލުކުރަން އޭޕްރީލް، 2017 ގައި ނިންމި އެވެ.
ސިޓީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ 10 ދުވަސްތެރޭގައި އޯޑިއޯން އާއި ނާދީ ބިން ސާފުކޮށް އެ ތަން ހުޅުވައިދޭން އެދިފައިވާ ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި ޕްލޭނިން މިނިސްޓްރީން އެކަން ނުކޮށްފި ނަމަ، ސިޓީ ކައުންސިލުން އިސްވެ އެ އެ ދެ ބިން ސާފުކުރުމަށް ފަހު ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިމާރާތްކުރަން ޖެހޭ ފްލެޓްތަކުގެ މަސައްކަތް، ކަނޑައަޅާފައިވާ މުއްދަތުގައި ނުފެށުމުން ދިވެހި ސަރުކާރުން އެ އެއްބަސްވުން ބާތިލްކުރި އެވެ. އެހެންވެ، ގެއްލުމުގެ ބަދަލުގެ ގޮތުގައި 200 މިލިއަން ޑޮލަރު ހޯދަން އިންޑިއާގެ މުމްބާއީގެ އާބިޓްރޭޝަން ސެންޓަރަށް ޓާޓާ ކުންފުނިން ހުށަހެޅި އެވެ. އެކަމަކު އެ ބޮޑު ބަދަލު ދޭން ޖެހިދާނެތީ ސަރުކާރުން އަލުން އެއްބަސްވުން ހެދުމަށް ފަހު މަސައްކަތް ހަވާލުކުރި އެވެ.
ގުދަން ދިން ކަމުގެ ލިޔެކިޔުމެއް ނެތް: ސިޓީ ކައުންސިލް
މާލޭގެ މަގު ހެދުމުގެ މައްސަލަ އޭސީސީއަށް ހުށަހަޅަނީ
މަޝްރޫއު އަތުލީ ސަރުކާރުން ބުނިގޮތަށް އެއްބަސްނުވެގެން
މަޝްރޫއު އަތުލުމާ އެމްޑީޕީގެ ކައުންސިލަރުން ވެސް ދެކޮޅު
ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި އަމީނީ މަގު އާރުޑީސީއަށް
އިސްލާހުތަކާ އެކު ލޭންޑް ޔޫސް ޕްލޭން ފޮނުވި
މުއިއްޒު އުޅެނީ ބްރިޖަށް ހުރަސްއަޅަން: އަކްރަމް
ނިއު ޕޯޓް ހުރީ ސިޓީ ކައުންސިލްގެ ބިމެއްގައި: ނަރީޝް
ވެހިކަލް ނުނެގުނީ ޕްލޭނިން މިނިސްޓްރީން އެހީ ނުވުމުން
ބުޅަލުގެ ކާނާ ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަނީ