Roadha Mihaaru
މޮރާޓާއާ ދިމާކުރި މައްސަލައަކީ "ބޮޑު ކުށެއް"

މޮރާޓާއާ ދިމާކުރި މައްސަލައަކީ "ބޮޑު ކުށެއް"

28 ޖޫން 2021

ކޯޕެންހޭގަން (ޖޫން 28) - ސްޕެއިންގެ ފޯވަޑް އަލްވާރޯ މޮރާޓޯ އަށް އޮންލައިންކޮށް ދިމާކޮށް އިންތިޒާރު ދިން މައްސަލައަކީ "ސީރިއަސް ކްރައިމް" އެއްެ ގޮތުގައި ބަލަން ޖެހޭނެ ކަމަށް، ސްޕެއިންގެ ކޯޗް ލުއިސް އެންރީކޭ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކޯޕެންހޭގަން (ޖޫން 28) - ސްޕެއިންގެ ފޯވަޑް އަލްވާރޯ މޮރާޓޯ އަށް އޮންލައިންކޮށް ދިމާކޮށް އިންތިޒާރު ދިން މައްސަލައަކީ "ސީރިއަސް ކްރައިމް" އެއްެ ގޮތުގައި ބަލަން ޖެހޭނެ ކަމަށް، ސްޕެއިންގެ ކޯޗް ލުއިސް އެންރީކޭ ބުނެފި އެވެ.

ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގައި މޮރާޓާ އަށް ލަނޑު ނުޖެހޭ މައްސަލައިގައި އޭނާ އަށް ސަޕޯޓަރުންގެ ފާޑު ކިޔުން އަމާޒުވި އެވެ، ގުރޫޕް ސްޓޭޖުގައި ސްވިޑެންއާ ދެކޮޅަށް ސްޕޭން ކުޅުނު މެޗުގައި ވެސް ސަޕޯޓަރުން ވަނީ މޮރާޓާ އަށް މަލާމަތް ކުރުމުގެ ގޮތުން އޭނާގެ ނަމުން ގޮވައި ތުނބުން ފުމެ ހަދައިފަ އެވެ.

ގުރޫޕުގެ ފަހު މެޗުގައި ސްލޮވޭކިއާއާ ދެކޮޅަށް ސްޕެއިން ކުޅުނު މެޗުގައި، މޮރާޓާ އަށް ޕެނަލްޓީ ނާކާމިޔާބު ވުމުން ވެސް ސަޕޯޓަރުންގެ ފަރާތުން އެކަން ފެނުނެވެ. އެ މެޗު ނިންމާފައި މޮރާޓާ ދަނޑު މަތީގައި އިންޓަވިއު ދޭން މަޑުކޮށްގެން ހުއްޓައި ވެސް ސަޕޯޓަރުންގެ ބަޔަކު ވަނީ އޭނާގެ އަންހެނުންނާއި ދަރިންނަށް ނިސްބަތްކޮށް އަޑު އުފުލައިފަ އެވެ. އޭގެ ފަހުން އޮންލައިންކޮށް ވެސް މޮރާޓާ އާ ދިމާކުރި އެވެ.

މޮރާޓާ ބުނީ އޭނާ އަށް ކުރިމަތިވި ފުރައްސާރައާ ގުޅިގެން ސްލޮވޭކިއާ މެޗަށް ފަހު އޭނާ އަށް ނުނިދި ނުވަ ގަޑިރު ހޭދަވި ކަމަށެވެ.

ދެ ވަނަ ބުރުގައި މިރޭ ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ޕްރީ މެޗު ޕްރެސްގައި އެންރީކޭ ބުނީ، މޮރާޓާގެ މައްސަލަ "ސީރިއަސް ކްރައިމް" އެއްގެ ގޮތުގައި ދެކި ފުލުހުން ބަލަން ޖެހޭ ކަމަށެވެ.

ސްޕެއިން އާއި ކްރޮއޭޝިއާ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 9 ޖަހާއިރު އެވެ.