07 ޑިސެމްބަރ 2022
ދޯހާ (ޑިސެމްބަރު 7) - ސްޕެއިންގެ ކޯޗުކަމުގައި މުޅި އުމުރަށް ވެސް ހުންނަން ބޭނުންވާ ކަމަށް، ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.
ދޯހާ (ޑިސެމްބަރު 7) - ސްޕެއިންގެ ކޯޗުކަމުގައި މުޅި އުމުރަށް ވެސް ހުންނަން ބޭނުންވާ ކަމަށް، ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.
ވޯލްޑް ކަޕުގެ ދެވަނަ ބުރުގައި މޮރޮކޯ އަތުން ބަލިވެ ސްޕެއިން ވަނީ މުބާރާތުން ކަޓައިފަ އެވެ. އެއާއެކު ސްޕެއިން އާއެކު އެންރީކޭގެ ކުރިމަގާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އޭނާ އާއެކު ސްޕެއިންގެ އެފްއޭ އިން ހަދައިފައިވާ އެއްބަސްވުމުން މި މަހު ހަމަވާނެ އެވެ.
"އަހަންނަށް ކުރިމަގާ ބެހޭގޮތުން އެއްޗެއް ނުބުނެވޭނެ،" ރޭ މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު މީޑީއާ އާ ވާހަކަ ދައްކަމުން އެންރީކޭ އެންރީކޭ ބުންޏެވެ.
"ސްޕެއިންގެ އެފްއޭއާ މެދު އަހަރެން ވަރަށް ހިތްހަމަޖެހޭ. އެފްއޭގެ ރައީސް [ލުއިސް ރުބިއަލެސް] އާ އަހަންނާ ދެމެދު ރަނގަޅު ގުޅުމެއް އެބައޮތް. އެކަމަކު އެކަމަކީ އަހަންނަށް އެކަނި ނިންމެއް އޮތް ކަމެއްނަމަ މުޅި އުމުރަށް މި ޓީމުގެ ކޯޗުކަމުގައި އަހަރެން ހުންނާނަން."
އޭނާ ބުނީ އޭނާ އަށާއި ސްޕެއިންގެ ގައުމީ ޓީމަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބަލައި އެގޮތަކަށް އޭނާ އަމަލުކުރާނެ ކަމަށެވެ. ް
ސްޕެއިންގެ ކޯޗު ކަމާ އެންރީކޭ ފުރަތަމަ ހަވާލުވީ 2018 ގެ ވޯލްޑް ކަޕަށް ފަހު އެވެ. އެކަމަކު ޖެހިގެން އައި އަހަރު އޭނާގެ އަންހެން ދަރިފުޅަށް ކަށީގެ ކެންސަރު ޖެހުމުން ދަރިފުޅުގެ ފަރުވާ އަށް ވަގުތު ހުސްކުރުމުގެ ގޮތުން އެންރީކޭ ސްޕެއިންގެ ކޯޗު ކަމުން ދުރަށް ދިޔަ އެވެ.
ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް އޭނާގެ ދަރިފުޅު މަރުވުމުން އެންރީކޭ އަލުން ސްޕެއިންގެ ކޯޗު ކަމާ ހަވާލުވީ 2020 ގަ އެވެ.
ރޭގެ މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުން ޕެނަލްޓީ ޝޫޓްއައުޓްގައި ސްޕެއިން އަށް އެއްވެސް ޕެނަލްޓީއެއް ކާމިޔާބު ނުކުރެވުނެވެ. އެންރީކޭ ބުނީ އެކަމުގެ ޒިންމާ ނަގާނީ އޭނާ ކަމަށެވެ.
"ޕެނަލްޓީ ޖަހާނެ ކުޅުންތެރިން ނަގީ އަހަރެން."
އެންރީކޭ ބުނީ އޭނާގެ އާއިލާ އާއެކު ޗުއްޓި ހޭދަކުރުމަށް ފަހު ސްޕެއިންގެ އެފްއޭ އާއެކު އިތުރަށް މަޝްވަރާ ކުރުމަށް އިށީންނާނެ ކަމަށެވެ.
ސްޕެއިންގެ ކޮންމެ ކުޅުންތެރިޔަކަށް 1،000 ޕެނަލްޓީ
ސްޕެއިން މާ ތަފާތު، ހަތްލަނޑުން ކޮސްޓަރިކާ ބަލިކޮށްފި
ސްޕެއިންގެ ފޯވާޑުންގެ ފެންވަރާމެދު ސުވާލުތަކެއް
ސްޕޭނުގެ ކޯޗަކަށް އެންރީކޭ ހަމަޖައްސައިފި
އޮލިމްޕިކްސްގެ ފައިނަލަށް ފްރާންސާއި ސްޕެއިން
ޔޫރަޕްގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފި
ސްޕެއިން އަބަދު މޮޅުވާނެކަމަށް ބަލައިގެން ނުވާނެ: ކޯޗު
ފްރާންސްގެ ހާ ކަތިލުމަށް ފަހު ސްޕެއިން ފައިނަލަށް
ފޫހިކޮށް ކުޅެގެންވެސް ފްރާންސް އެބަ މޮޅުވޭ: ސްޕެއިން
ޖަރުމަނުގެ ހިތް ހަލާކުކޮށްލުމަށް ފަހު ސްްްޕެއިން ސެމީއަށް