އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ރައީސް ޝެއިޚް ސަލްމާން ބިން އިބްރާހިމް އަލް ޚަލީފާ ރާއްޖޭގެ ކުޅިވަރު ދާއިރާގެ އިސް ފަރާތްތަކާ ބައްދަލުކޮށް ދިވެހި ފުޓްބޯޅަ ކުރިއެރުވޭނެ ގޮތްތަކާ މެދު މަޝްވަރާކޮށްފި އެވެ.
23 ނޮވެމްބަރ 2016
އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ރައީސް ޝެއިޚް ސަލްމާން ބިން އިބްރާހިމް އަލް ޚަލީފާ ރާއްޖޭގެ ކުޅިވަރު ދާއިރާގެ އިސް ފަރާތްތަކާ ބައްދަލުކޮށް ދިވެހި ފުޓްބޯޅަ ކުރިއެރުވޭނެ ގޮތްތަކާ މެދު މަޝްވަރާކޮށްފި އެވެ.
ރަސްމީ ދަތުރުފުޅެއްގައި އާދީއްތަ ދުވަހު ރާއްޖެ ވަޑައިގެންނެވި ޝެއިޚް ސަލްމާން ވަނީ އިއްޔެ ހަވީރު ކުޅިވަރާ ބެހޭ ވަޒީރު އައިޝަތު އިރުތިޝާމް އާއި ސްޕޯޓްސް ކޯޕަރޭޝަނުގެ އިސްވެރިންނާ އަދި ފުޓްބޯޅަ އެސޯސިއޭޝަނުގެ އިސްވެރިންނާ އެކު ރަސްމީ ބައްދަލުވުންތައް ބާއްވަވައިފަ އެވެ.
އޭއެފްސީގެ ރައީސް ޝެއިޚް ސަލްމާން ސްޕޯޓްސް ކޯޕަރޭޝަނުގެ ޗެއާމަން އިހުސާން (ވ) އާއި ސްޕޯޓްސް މިނިސްޓަރު އިރުތިޝާމްއާ އެކު. --ފޮޓޯ: ޔޫތު މިނިސްޓްރީ/ އަޝްހާދު އަބްދުﷲ
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގައި ބޭއްވި ބައްދަލުވުމުގައި ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމްގެ އިތުރުން ނައިބް އަބްދުލްމުހުސިން ހަމީދު (ޖޭފޯ) އާއި ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު (ޑޭވް) ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުވުމަށް ފަހު ޝެއިޚް ސަލްމާން ވަނީ ގަލޮޅު ރަސްމީ ދަނޑަށް ވަޑައިގެން ސްޕޯޓްސް ކޯޕަރޭޝަނުގެ ޗެއާމަން އަދި ފުޓްބޯޅަ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) އާ ބައްދަލުކުރައްވައި ފުޓްބޯޅަ ކުރިއެރުވިދާނެ ގޮތްގޮތާ މެދު މަޝްވަރާކުރައްވައިފަ އެވެ. އެއަށް ފަހު ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމުގައި ބައިވެރިވާ ޖޫނިއާ ކުޅުންތެރިންނާ ބައްދަލުކޮށް އެކުދިންނާ އެކު ފޮޓޯއެއް ނަންގަވައި އެ ކުދިންގެ ހުނަރުތައް ބައްލަވާލެއްވި އެވެ.
އޭއެފްސީގެ ރައީސް ޝެއިޚް ސަލްމާން ޔޫތު ޑިވެލޮޕްމަންޓުގައި ބައިވެރިވާ ޖޫނިއާ ކުޅުންތެރިންނާ އެކު. --ފޮޓޯ: ޔޫތު މިނިސްޓްރީ/ އަޝްހާދު އަބްދުﷲ
މީގެ އިތުރުން ޝެއިޚް ސަލްމާން ވަނީ އިއްޔެ އެފްއޭއެމް ހައުސް އަށް ޒިޔާރަތްކުރައްވައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާ ރަސްމީކޮށް ބައްދަލުކުރައްވައިފަ އެވެ. މި ބައްދަލުވުމުގައި އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ވެސް ބައިވެރިވަވަޑައިގަތެވެ. މި ބައްދަލުވުމުގައި ޝެއިޚް ސަލްމާން ވަނީ ފުޓްބޯޅަ އަށް އޭއެފްސީގެ ފަރާތުން ދެވޭނެ އެހީތަކާ ބެހޭގޮތުން ވާހަކަދައްކަވައިފަ އެވެ.
ރަސްމީ ބައްދަލުވުންތަކަށް ފަހު ޝެއިޚް ސަލްމާން އެމަނިކުފާނުގެ ޝަރަފުގައި، ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރޭގަނޑުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަތެވެ.
ރާއްޖެއަށް އެހީވާނެކަމުގެ ޔަގީންކަން އިންފަންޓީނޯ ދީފި
އުއްމީދީ ވާހަކަތަކަކާ އެކު އޭއެފްސީ ރައީސް ރާއްޖެ އަށް
އެފްއޭއެމް ގަވާއިދު އިސްލާހުކުރާ ކޮންގްރެސް އަންނަ މަހު
ރާއްޖެ، ކުރީގެ ކޯޗު ގެލާގެ ތަޖިކިސްތާނާ ދެކޮޅަށް
ރާއްޖޭގެ ޒުވާން ޓީމަށް ކޮލިފައިންގައި ނާކާމިޔާބު
ރާއްޖެ އަތުން އިންޑޮނޭޝީއާއަށް މޮޅެއް
ކޮމިޓީއަށް އެހީވާން ފީފާގެ ޓީމެއް ރާއްޖެ އަންނަނީ
އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަނަކަށް ޒުހޫރު
ފީފާ އިން ނޯމަލައިޒޭޝަން ކޮމިޓީ އެކުލަވާލައިފި
މި ބުރަތައް ނޯމަލައިޒޭޝަން ކޮމިޓީއަށް އުފުލިދާނެ ބާ؟