27 ސެޕްޓެމްބަރ 2024
ޔަމަން އަތުން ވެސް ބަލިވެ، އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ޒުވާން ޓީމަށް ނާކާމިޔާބުވެއްޖެ އެވެ.
ޔަމަން އަތުން ވެސް ބަލިވެ، އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ޒުވާން ޓީމަށް ނާކާމިޔާބުވެއްޖެ އެވެ.
ޔަމަނާ ދެކޮޅަށް މިއަދު މެންދުރު ކުޅުނު މެޗުގައި ރާއްޖެ ބަލިވީ 3-0 އިންނެވެ. ޔަމަނުން މެޗުގައި ޖެހި ފުރަތަމަ ދެ ގޯލު ކާމިޔާބުކުރީ ފުރަތަމަ ހާފުގަ އެވެ. އަދި ތިން ވަނަ ލަނޑު ޖެހީ 90 ވަނަ މިނިޓުގަ އެވެ.
އިންޑޮނޭޝިއާގައި ކުރިއަށް ގެންދާ ކޮލިފައިން ގުރޫޕް އެފްގައި ރާއްޖެ ކުޅުނު ފުރަތަމަ ދެ މެޗުން މިވަނީ ބަލިވެފަ އެވެ. ފުރަތަމަ މެޗުގައި އިންޑޮނޭޝިއާ އަތުން ބަލިވީ 4-0 އިންނެވެ.
ޔަމަނުން ވަނީ ފުރަތަމަ މެޗުގައި އީސްޓް ޓިމޯ ބަލިކޮށްފަ އެވެ. އީސްޓް ޓިމޯއާ ދެކޮޅަށް އިންޑޮނޭޝިއާ މިއަދު ބައްދަލުކުރާނެ އެވެ.
އަންނަ އަހަރު އޮންނަ މުބާރާތަށް ކޮލިފައި ވާނީ، ގުރޫޕްތަކުގެ އެއް ވަނަ އަށް ދާ ޓީމުތަކުގެ އިތުރުން، ގުރޫޕްތަކުގެ ދެ ވަނައަށްދާ ޓީމުތަކުން އެންމެ ނަތީޖާ ރަނގަޅު ފަސް ޓީމެވެ.
ގުރޫޕްގެ ފަހު މެޗުގައި އާދިއްތަ ދުވަހު ރާއްޖެ ނުކުންނާނީ އީސްޓް ޓިމޯއާ ދެކޮޅަށެވެ.
އޭ ލެވެލްގެ އިމްތިހާނު ދުވަސްވަރާ، ކޮލިފައި ދުވަސްވަރާ ދިމާވާތީ ރާއްޖޭގެ ޓީމަށް ވަނީ ކުޅުންތެރިންގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ. އެގޮތުން ކޮލިފައިން އަށް ރާއްޖެ ތައްޔާރުވީ، މިދިޔަ މަހު ނޭޕާލްގައި އޮތް 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި ސްކޮޑުގައި ހިމެނުނު މުހިއްމު ގިނަ ކުޅުންތެރިން ނުހިމަނަ އެވެ. އޭގެ ތެރޭގައި ފުރަތަމަ 11 ގައި ކުޅުނު ގިނަ ކުޅުންތެރިންތަކެއް ވެސް ހިމެނެ އެވެ.
ރާއްޖެ އަތުން އިންޑޮނޭޝީއާއަށް މޮޅެއް
މެޗުގެ ޕްރޮމޯޝަނެއް ނެތް، އެފްއޭއެމް އަތްއުރާލައިގެން
ރާއްޖެއަށް އެހީވާނެކަމުގެ ޔަގީންކަން އިންފަންޓީނޯ ދީފި
އިލާން އާއި އަޔާން އަށް އަނިޔާވެ ކޮލިފައިން ނިމިއްޖެ
އިލާންގެ ދެ ގޯލާއެކު ރާއްޖޭން ބޫޓާނާ އެއްވަރުކޮށްފި
ދިވެހި ފުޓްބޯޅަ މިހިފަހައްޓަނީ އެކަޑަމީތަކުން: އަސްލަމް
ކޮމިޓީއަށް އެހީވާން ފީފާގެ ޓީމެއް ރާއްޖެ އަންނަނީ
ޔޫތު ޓީމުގެ ކޯޗުކަން މުހައްމަދަށް ދިނުމުން ސުވާލުތަކެއް
އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަނަކަށް ޒުހޫރު
ފީފާ އިން ނޯމަލައިޒޭޝަން ކޮމިޓީ އެކުލަވާލައިފި